ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ މަޖިލީސް އެކުލަވައިލުން

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ މަޖިލީސް އެކުލަވައިލުން

ޤާނޫނު ނަންބަރ 11/2015 (ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޤާނޫނު) އަށް ގެނެވުނު 2 ވަނަ އިސްލާޙުގެ ދަށުން ޔުނިވަރސިޓީގެ މަޖިލިސް އަލުން އެކުލަވާލުމަށްޓަކައި ތިރީގައި ބަޔާންކުރެވިފައިވާ ދާއިރާތަކުން މެމްބަރުކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، ކުރިމަތިލެއްވުން އެދެމެވެ.

1-      ދީނީ ތަޢުލީމު

2-      ވިޔަފާރި / އެކައުންޓިންގ / އިޤްތިޞާދު / މެނޭޖްމަންޓް

3-      ތަޢުލީމު ދިނުމާއި އުނގަންނައިދިނުން/އިޖްތިމާޢީ ޢިލްމު

4-      ޝަރީޢަތާއި ޤާނޫނު

5-      ޞިއްޙަތު

6-      ސައިންސް / ޓެކްނޮލޮޖީ / އެންޖިނިއަރިންގ

7-      ޤައުމީ ސަލާމަތްތެރިކަން / ޑިޒާސްޓަރމެނޭޖްމަންޓް

8-      އާރޓްސް / ކަލްޗަރ / ތާރީޚް / ސްޕޯޓްސް / ޓްއަރިޒަމް

ވީމާ، މެމްބަރުކަމަށް ޝައުޤުވެރިވާ ބޭފުޅުން 08 ސެޕްޓެމްބަރ 2019 ވާ އާދިއްތަ ދުވަހުގެ މެންދުރު ފަހު 2:00 ގެ ކުރިން ވަނަވަރާއެކު ސިޓީ ހުށަހެޅުން އެދެމެވެ. އީމެއިލްނަމަ ފޮނުއްވާނީ 08 ސެޕްޓެމްބަރ 2019 ވާ އާދިއްތަ ދުވަހުގެ މެންދުރު ފަހު 2:00 ގެ ކުރިން [email protected] މި އެޑްރެހަށެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3022112 ގުޅުންވުން އެދެމެވެ.

ނޯޓް: ޔުނިވަރސިޓީގެ މަޖިލިސް އަލުން އެކުލަވާލުމަށްޓަކައި މަތީގައި ބަޔާންކުރެވިފައިވާ ދާއިރާތަކުން މެމްބަރުކަމަށް ޝައުޤުވެރިވާ ފަރާތްތަކުން،ކުރިމަތިލުމަށް ހުޅުވާލެވުނު މުއްދަތު، ޢިއުލާނު ނަންބަރ (IUL)170-CB/170/2019/62  ގެ ދަށުން އިތުރުކުރެވުނު ނަމަވެސް، އިއުލާނު ނަންބަރ (IUL)170-CB/170/2019/59 އަދި (IUL)170-CB/170/2019/60 ގެ ދަށުން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ މަޖިލިސް މެމްބަރަކަށް ވުމަށްޓަކައި ޝައުޤުވެރިކަން ފާޅުކޮށް ސިޓީ ފޮނުވާފައިވާ ފަރާތްތަކުގެ ސިޓީތަށްވެސް ބަލައިގަނެވޭނެ ކަމުގައި ދަންނަވަމެވެ.

03 ސެޕްޓެންބަރު 2019
ހޯދާ