ކޮޅުމަޑުލު ބުރުނީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިސްކިތްތަކުގައި ކުރަންހުރި މަރާމާތުތައްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ

ބުރުނީގައި ނަމާދު ކުރާ ( މަސްޖިދުލް އިޚްލާސް، މަސްޖިދުލް ފަލާޙް އަދި މަސްޖިދު ބުރުނީ ) 3 މިސްކިތަށް  ބޭނުންވާ ބައެއްތަކެތި ގަނެ ކުރަންޖެހޭ މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިއިދާރާއިން ކޮށްފައިވާ ނަންބަރު (IUL)382/382/2019/46 ( 08 ޖުލައި 2019 ) އިޢުލާންއަށް އެއްވެސް ފަރާތަކުން އިޖާބަދެއްވާފައިނުވާތީ އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާންކުރީމެވެ.

މިމަސައްކަތުގެ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 12 ސެޕްޓެންބަރު 2019 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މިއިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.

                  އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ 17 ސެޕްޓެންބަރު 2019 ވާ އަންގާރަ ދުވަހުގެ 13:00 ގައި މިއިދާރާގެ ޖަލްސާ ކުރާ މާލަމުގައެވެ.

                   މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިނުވާ ފަރާތްތަކަށްވެސް، މިމަސައްކަތަށް ޝައުގުވެރިވެލައްވާނަމަ އަންދާސީ ހުށަހެޅުމުގެ ފުރުޝަތު އޮތް ވާހަކަ ދަންނަވަމެވެ. އަދި މަޢުލޫމާތު ސާފްކުރުމާއި އަންދާސީ ހިސާބު ހުށަހެޅުމަށް އެހެން ފަރާތެއްގެ ބަދަލުގައި ޙާޟިރުވާނަމަ އެފަރާތެއް އައްޔަންކޮށްފައިވާކަން އެނގޭނެ ރަސްމީ ލިޔުމެއް، އައިޑީކާޑުގެ ކޮޕީއާއެކު ހުށަހަޅަންވާނެއެވެ.

                            މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރަމެވެ.

                   03 މުޙައްރަމް   1440

                   02 ސެޕްޓެންބަރު 2019

02 ސެޕްޓެންބަރު 2019
ހޯދާ