ކޮޅުމަޑުލު ވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ލައިސެންސް ދޫކުރުން

އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ލައިސެންސްދޫކުރުމުގެ ޙިދުމަތް 1 ސެޕްޓަމްބަރ 2019 އިން ފެށިގެން މިއިދާރާއިން ލިބިގެންދާނެއެވެ. މިޙިދުމަތް ބޭނުންވެލައްވާ ފަރާތްތަކުން ރަސްމީ ގަޑީގައި މިއިދާރާއަށް ވަޑައިގެން ފޯމް ހުށަހެޅުން އެދެމެވެ.ލައިސެންސްއަށް އެދި ހުށައަޅާ ފޯމް ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ.

 

ޙިދުމަތް ދިނުމަށް ހަމަޖެހިފައިވާ އުސޫލުތައް:

-          ފޯމް ބަލައިގަތުން ހަފްތާގެ ކޮންމެ ދުވަހަކު 09:00 އިން 13:00 އަށް

-          ތިއަރީ ޓެސްޓް ހެދުން ކޮންމެ ހަފްތާއެއްގެ ހޯމަ އަދި ބުދަ ދުވަހު  11:00 އިން 12:00 އަށް

-          ދުއްވުމުގެ ޓެސްޓް ހެދުން ކޮންމެ ހަފްތާއެއްގެ އާދިއްތަ އަދި އަންގާރަ ދުވަހު 13:00 އިން 14:00 އަށް

-          ޓްރާންސްޕޯޓް އޮތޯރިޓީން ލައިސަންސް ދޫކުރުމަށް ނަގާ ފީ ގެ އިތުރުން ޙިދުމަތުގެ ފީ -/100ރ (ސަތޭކަ ރުފިޔާ)

 

                 މިއިޢުލާނާ ގުޅިގެން އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ ރަސްމީގަޑީގައި ކައުންސިލް އިދާރާއަށް ވަޑައިގެން ނުވަތަ 7980047 ނަންބަރު ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

21 އޮގަސްޓް 2019
ހޯދާ