ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ފޮޓޯގްރަފީގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

  1. 2019 ސެޕްޓެމްބަރ ގައި ބޭއްވުމަށް ހަމަޖެހިފައިވާ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ފޮޓޯގްރަފީގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު MNU-CA-PAMD/2019/52 އިއުލާނަށް އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅަން ހާޒިރުވެފައިނުވާތީ މި މަސައްކަތަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

  2. މަސައްކަތުގެ ތަފްސީލް:

  • ރަސްމިއްޔާތު ފެށޭނީ: 21 ސެޕްޓެމްބަރ 2019 ވާ ބުރާސްފަތި ދުވަހުގެ ރޭ 20:30 ގައި
  • ހާޒިރުވާންޖެހޭ ގަޑި: 20:00 (ލަސްވެގެން 20:15)
  • ދަރިވަރުންގެ ޢަދަދު: ގާތްގަނޑަކަށް 300 ދަރިވަރުން
  • ރަސްމިއްޔާތުގެ ދިގުމިން: 4 ގަޑިއިރު (ރޭގަނޑު 8 ން 12 އަށް)
  • ޔުނިވަރސިޓީގެ ބޭނުމަށް ނަގާނީ: 60 ފޮޓޯ (ކޮންމެ ކޯހަކުން 1 ވަނަ ހޯދާ ދަރިވަރު ގެ ފޮޓޯ އާއިއެކު)
  • ކޮންމެ ދަރިވަރަކު ސެޓްފިކެޓް ލިބިގަންނަތަން ފޮޓޯނަގަންވާނެއެވެ.
  • ވަކި ވަކި ދަރިވަރުން ފޮޓޯ ނެގުމަށް ދަރުބާރުގޭގެ 4 ތަނެއްގައި 4 ފޮޓޯ ބެކްޑްރޮޕް ބަހައްޓައިދޭން ވާނެއެވެ.

 

  • ފޮޓޯ ނަގާފަރާތްތަކުން ކުރަންޖެހޭ ކަންތައްތައް:

 

# މުހިންމު 60 ފޮޓޯ ނަގަންވާނެއެވެ. (މިސާލަކަށް ސްޓޭޖްމަތީ ތިއްބަވާ ބޭފުޅުން،ޖަލްސާއަށް ހާޒިރުވާ ދަރިވަރުންނާއި،މެހެމާނުންނާއި، ބެލެނިވެރިން އަދި ވާހަކަ ދައްކަވާ ބޭފުޅުން މިފަދަ ފޮޓޯތައް) މި ފޮޓޯތަކުގެ ތެރެއިން މުޅި ރަސްމިއްޔާތު ކަވަރު ކުރެވެންވާނެއެވެ.

# ކޮންމެ ދަރިވަރަކު ސެޓްފިކެޓް ލިބިގަންނަތަން ފޮޓޯނަގަން ވާނެއެވެ. މިފޮޓޯތައް ގަންނާނީ ދަރިވަރުންނެވެ. މިފޮޓޯތައް ޔުނިވަރސިޓީއަކުން ނުގަންނާނެއެވެ. އެކަމަކު ކޮންމެ ކޯހަކުން 1 ވަނަ ހޯދާ ދަރިވަރު ގެ ފޮޓޯ ޔުނިވަރސިޓީއިން ގަންނާނެއެވެ. (ޔުނިވަރސިޓީގެ ބޭނުމަށް ނަގާ 60 ފޮޓޯގެ ތެރޭގައި މި ފޮޓޯތައް ހިމެނޭނެވެ.)

# ދަސްވެނިވުމުގައި ޔުނިވަރސިޓީގެ ބޭނުމަށް ނަގާ ފޮޓޯތައް ސޯޓްއައުޓްކޮށް، ކަމުނުދާ ފޮޓޯތައް ނުލާ (ޕްރިންޓްކުރެވޭ ފެންވަރުގައި) 15 ސެޓް (ކޮންމެ ފެކަލްޓީ، ސެންޓަރ އަކަށް ސެޓެއް) ސީޑީ/ޑީވީޑީ އަށް އެޅުމަށް ފަހު ރަސްމިއްޔާތު ނިމޭތާ ލަސްވެގެން 07 ދުވަހުގެ ތެރޭގައި ޔުނިވަރސިޓީގެ އިދާރީ މަރުކަޒާ ޙަވާލުކުރަންވާނެއެވެ.

# މިފޮޓޯ ތަކުގެ ތެރެއިން އެމް.އެން.ޔޫ އިން ޕްރިންޓް ކުރުމަށް ބޭނުންވެއްޖެނަމަ އެމް.އެން.ޔޫ އިން ކަނޑައަޅާ 25 ފޮޓޯ 4R ސައިޒަށް ޕްރިންޓްކޮށް އަލްބަމަކަށް ލުމަށްފަހު، ފޮޓޯ ސިލެކްޓް ކުރެވޭތާ 05 ދުވަހުގެ ތެރޭގައި ޔުނިވަރސިޓީގެ އިދާރީ މަރުކަޒާ ޙަވާލުކުރަންވާނެއެވެ. (އެމް.އެން.ޔޫ އަށް ސީޑީ ލިބޭތާ ލަސްވެގެން 20 ދުވަސްތެރޭގައި މި ފޮޓޯ ސިލެކްޓް ކޮށް ޕްރިންޓް ކުރުމަށް ފޮނުވަންވާނެއެވެ.)

# ހޯލު އެކި ތަންތަނުގައި ވަކި ދަރިވަރުން ފޮޓޯނެގުމަށް ބެހެއްޓޭ 4 ސެޓަޕް (4 ބެކްގްރައުންޑް) ބަހައްޓަންވާނީ ފޮޓޯ ނަގަން ޙަވާލުވާ ފަރާތުންނެވެ. މި ބެކްގްރައުންޑް މިފަދަ ކަމަކަށް އެކަށީގެންވާފަދަ ބެކްގްރައުންޑަކަށް ވާންވާނެއެވެ. އަދި ބެކްގްރައުންޑް ބެހެއްޓުމުގެ ކުރިން އެމް.އެން.ޔޫ އަށް ދައްކާ ފާސްކުރަންވާނެއެވެ. މިތަނުން 2 ބެކްގްރައުންޑް ހުނަންވާނީ ރަސްމިއްޔާތު އޮންނަ މާލަމުގެ ބިއްދޮށުގެ ދެފަރާތުގައެވެ. އަނެއް 2 ބެކްރައުންޑް ހުންނަންވާނީ ރެފްރެޝްމަންޓް އޮންނަ 2 މާލަމުގައި މާލަމެއްގައި އެކައްޗެވެ.

# ދަސްވެނިވުމުގެ ރަސްމިއްޔާތު ކުރިޔަށް ދާއިރު ސްޓޭޖްމަތިން ސެޓްފިކެޓްއާއި އިނާމްތައް ލިބޭ ދަރިވަރުންގެ ޕޮޓޯއާއި ސްޓޭޖްމަތީގައި ތިއްބަވާބޭފުޅުންގެ ޕޮޓޯތައް ނަގަންވާނެއެވެ.

# ދަސްވެނިވުމުގައި ނަގާ ފޮޓޯތަކުގެ ތެރެއިން ދަރިވަރުން ބޭނުންވާ ފޮޓޯ ޕްރިންޓްކޮށް ވިއްކި ދާނެއެވެ. މިކަމުގެ ހުރިހާ ކަމެއް ކުރަންވާނީ ފޮޓޯ ނެގުމަށް ޙަވާލުވާ ފަރާތުންނެވެ.

# ދަރިވަރުން ނަގާ ފޮޓޯ ތަކަށް ފައިސާ ދައްކަނީ އެ ފޮޓޯ ނެގުމަށް އެދޭ ދަރިވަރެއް ނުވަތަ އެދޭ ފަރާތުންނެވެ. މިގޮތުން ނެގޭ ފޮޓޯ ތަކުގެ އަގު ޢާންމު ރޭޓަށްވުރެ ބޮޑުވެގެންނުވާނެއެވެ.

# ހަމަޖައްސާ ފޮޓޯގްރާފަރުންނަށް ފިޔަވާ އެހެން ބަޔަކަށް ނުދެވޭނެ ސަރަހައްދު ހޯލުތެރެއިން ކަޑައެޅުމަށް އިންތިޒާމް ކުރާ ފެކަލްޓީއާއެކު ވާހަކަ ދައްކާ މިކަން ނިންމަން ވާނެއެވެ. މިގޮތަށް ކަނޑައެޅިފައިވާ ތަންތަން އޯޑިއެންސަށް އެމް.އެން.ޔޫގެ ފަރާތުން އަންގާނެއެވެ.

# މިމަސައްކަތް ހަވާލުކުރާ ފަރާތަށް އެޑްވާންސް ފައިސާ ނުދެވޭނެއެވެ. އަދި ބައިބަޔަށް ނިންމި ކަމުގައިވިޔަސް ފައިސާ އެއްނުދެވޭނެއެވެ. ފައިސާ ދެވޭނީ އެބަޔަކާއި ޙަވާލުކުރާ މަސައްކަތެއް އެއްކޮށް ނިންމާ މަސައްކަތް އެމް.އެން.ޔޫ އަށް ބަލައިގަނެ، މަސައްކަތުގެ އިންވޮއިސް ޔުނިވަރސިޓީއަށް ހުށައެޅުމުންނެވެ.

# ފޮޓޯ ސީޑީ ތައް ނިންމާ ހުށަހަޅަން އޮތް މުއްދަތުގައި ހުށަހަޅާއިރު ބިލް ހުށަހެޅުމުން، ފައިސާ ދޫކުރެވޭނެއެވެ. ނަމަވެސް ޕްރިންޓް ކުރަން ބޭނުންވާ 4R ފޮޓޯތައް ސެލެކްޓް ކުރުމަށްފަހު، ހުށަހެޅުމުން ޕްރިންޓް ކޮށްދޭންވާނެއެވެ.

# މަސައްކަތް ކުރުމުގައި މީހުންނަށާއި ތަނަށާއި ތަކެތީގެ ރައްކާތެރިކަމަށް އިސްކަންދޭންޖެހޭނެއެވެ.

 

  •  ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވަނީ ތީރީގައިވާ ގޮތުގެ މަތިންނެވެ.

 

# މާލީ ޤާބިލްކަން ހުރިވަރު ބަލަން ބޭނުންވެއްޖެ ހިނދެއްގައި އެކަން ސާބިތުކޮށްދިނުމަށް ބޭނުންވާ މަޢުލޫމާތުތައް ހުށަހަޅަން ވާނެއެވެ.

# ހުށަހަޅާފައިވާ އަގުތަކަކީ އެ މަސައްކަތް ކުރުމަށް އެކަށީގެންވާ އަގެއްކަން ޔުނިވަރސިޓީން ސާބިތުކުރަން ބޭނުންވެއްޖެ ހިނދެއްގައި އެކަމަށް ބޭނުންވާ މަޢުލޫމާތު ނުވަތަ ކޮޓޭޝަން ހެދިގޮތުގެ ތަފްސީލް ހުށަހަޅަންވާނެއެވެ.

# ހުށަހަޅާ އަގާއި މުއްދަތަކީ އެސްޓިމޭޓް ހުށަހަޅާތާ 45 ދުވަސްތެރޭގައި މަސައްކަތް ހަވާލުކުރި ކަމުގައިވިޔަސް ކުރެވޭނެ އަގަކާއި މުއްދަތުކަމުގައި ވާންވާނެއެވެ.

# ތަޖުރިބާއާއި ޤާބިލްކަން ދެނެގަތުމަށް ބޭނުންވާ ލިޔެކިޔުންތައް ކޮޓޭޝަނާއެކު ހުށަހަޅަންވާނެއެވެ.

# ޖީއެސްޓީ ހިމަނާނަމަ ޖީއެސްޓީ ކަން އެގޭގޮތަށް ބިޑު ޑޮކިޔުމަންޓުގައި ހިމަނަންވާނެއެވެ. ހުށަހަޅާ ބިޑު ޑޮކިޔުމަންޓުގައި ޖީއެސްޓީ ނުހިމަނާ ބިލުގައި ޖީއެސްޓީ ހިމަނުއްވާފަ ހުށަހެޅުއްވިއަސް ޖީއެސްޓީގެ ގޮތުގައި ހުށަޅާބައި ނުދެވޭނެކަމުގައި ދެންނެވީމެވެ. ވީމާ، ބިޑު ޑޮކިޔުމަންޓް ހުށަހަޅުއްވާއިރު މިކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ދެންނެވީމެވެ.

# އިތުރު މަޢުލޫމާތު ހޯދުމަށް ރަސްމީގަޑީގައި 3345102 އަށް ނުވަތަ 7913023 އަށް 04 ސެޕްޓެމްބަރ 2019 ވަނަ ދުވަހުގެ 14:00ގެ ކުރިން ގުޅުއްވައި މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

 

3. މި ބީލަމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ބީލަން ތައްޔާރުކުރުމާއި ހުށަހެޅުމުގައި ޢަމަލުކުރަންޖެހޭނެގޮތާއި ބީލަން ވަޒަންކުރާނެގޮތުގައި ބަޔާން ކޮށްފައިވާނެއެވެ. ލިޔެކިޔުންތައް ހަމަނުވާ ބީލަންތަކާއި މަޢުލޫމާތު ފުރިހަމަ ނޫން ބީލަންތަކާއި މިމަޢުލޫމާތު ޝީޓްގައި ދީފައިވާ އިރުޝާދާ ޚިލާފަށް ހުށަހަޅާ ބީލަންތައް އަދި މަޢުލޫމާތު ޞައްޙަނޫން ބީލަންތައް ބާޠިލުވާނެއެވެ.

 

4. މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒަށް 2019 ސެޕްޓެމްބަރ 05 ވާ ބުރާސްފަތި ދުވަހުގެ 10:30 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގާ ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، އިއުލާނު ނަންބަރު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.

5. އިސްވެދެންނެވިފައިވާ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެވާހަކަ ދަންނަވަމެވެ.

 

6. ޕޮއިންޓް ދެވޭ އުސޫލް

  ހުށަހަޅާ އަގަށް: %80

  ތަޖުރިބާ:    %20

03 މުހައްރަމް     1441

                                               02 ސެޕްޓެމްބަރ   2019

02 ސެޕްޓެންބަރު 2019
ހޯދާ