ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއަށް ޕީބީއެކްސް ސިސްޓަމަކާއި ސިޕް ފޯން ގަތުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

  1. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއަށް ޕީބީއެކްސް ސިސްޓަމަކާއި ސިޕް ފޯން ގަންނަން ބޭނުންވެއްޖެއެވެ. ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ހުރިހާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.

 

  1. މި މަސައްކަތާ ގުޅޭ މައުލޫމާތު ކަރުދާސް މި އިއުލާނާ އެޓޭޗް ކުރެވިފައިވާނެއެވެ.
  2. މި ބީލަމަކީ އެއް އައިޓަމްއަށްވުރެ ގިނަ އައިޓަމް ހިމެނޭ ބީލަމެކެވެ. މި ބީލަން އިވެލުއޭޓް  ކުރާއިރު ބަލާނީ ކޮންމެ އައިޓަމަކަށް ހުށަހަޅާފައިވާ އަގު ވަކިންނެވެ.
  3. މި ބީލަމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ބީލަން ތައްޔާރުކުރުމާއި ހުށަހެޅުމުގައި ޢަމަލުކުރަންޖެހޭނެގޮތާއި ބީލަން ވަޒަންކުރާނެގޮތުގައި ބަޔާން ކޮށްފައިވާނެއެވެ. (އިއުލާނާއި އެޓޭޗް ކުރެވިފައި)ލިޔެކިޔުންތައް ހަމަނުވާ ބީލަންތަކާއި މަޢުލޫމާތު ފުރިހަމަ ނޫން ބީލަންތަކާއި މިމަޢުލޫމާތު ޝީޓްގައި ދީފައިވާ އިރުޝާދާ ޚިލާފަށް ހުށަހަޅާ ބީލަންތައް އަދި މަޢުލޫމާތު ޞައްޙަނޫން ބީލަންތައް ބާޠިލުވާނެއެވެ.
  4. ކޯޓޭޝަން ވެލިޑިޓީއަށް މަދުވެގެން 60 ދުވަސް ދޭންވާނެއެވެ.
  5. އެވޯޑްކުރާތާ 40 ދުވަސް ތެރޭގައި ސަޕްލައިކޮށްދޭ ފަރާތަކަށް ވާންވާނެއެވެ. މި މުއްދަތުގެ ތެރޭގައި ސަޕްލައިކޮށް ނުދެވޭ ފަރާތް ތަކުގެ ބީލަން ބާޠިލް ވާނެއެވެ.
  6. ވިމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒު (ރަށްދެބައިހިނގުން، މާލެ) އަށް 2019 ސެޕްޓެމްބަރ 05 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގާ ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، އިއުލާނު ނަންބަރު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
  7. އިސްވެދެންނެވިފައިވާ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެވާހަކަ ދަންނަވަމެވެ.

 

 

 

  1. ޕޮއިންޓް ދެވޭ އުސޫލް

ހުށަހަޅާ އަގަށް: %90

ތަޖުރިބާ:     

 

ސްޕެސިފިކޭޝަނާ ގުޅޭ މައުލޫމާތު ނަމަ؛

އިންފޮމޭޝަން އެންޑް ޓެކްނޯލޮޖީ ޑިޕާރޓްމަންޓް

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ

ރަށްދެބައިހިނގުން، މާލެ، ދިވެހިރާއްޖެ

ފޯން: 3345174، 3345173

އީ-މެއިލް: [email protected]

ބީލަމާ ގުޅޭ މައުލޫމާތު ނަމަ؛

ޕްރޮކިޔުމަންޓް އެންޑް އެސެޓް މެނޭޖްމަންޓް ޑިޕާރޓްމަންޓް

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ

ރަށްދެބައިހިނގުން، މާލެ، ދިވެހިރާއްޖެ

ފޯން: 3345109، 3345111

އީ-މެއިލް: [email protected]

01 ސެޕްޓެންބަރު 2019
ހޯދާ