މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

                                                   ނަންބަރ: MTCC-HRAD/IU/2019/144 

އިޢުލާން

މުވައްޒަފުން ބޭނުންވެއްޖެ:

                މިކުންފުނީގެ ތިރީގައި މިދަންނަވާ މަޤާމްތަކަށް ހީވާގި، މަސައްކަތަށް ޝައުޤުވެރިކަން ހުންނަ ދިވެހި މުވައްޒަފުން ބޭނުންވެއެވެ.

ޓްރާންސްޕޯރޓް ސަރވިސަސް ޑިޕާރޓްމަންޓަށް ބޭނުންވާ މަގާމުތައް

މަޤާމް:

އެސިސްޓެންޓް އޮޕަރޭޝަންސް އޮފިސަރ (ޙުލުމާލެ)

ބޭނުންވާ އަދަދު:           

02

ވަޒީފާގެ ބާވަތް:

ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)

މުސާރަ:        

  • -/7600ރ (މަހަކު)
    • އިތުރު ގަޑީގައި މަސައްކަތް ކޮށްފިނަމަ ކުންފުނީގެ އިތުރުގަޑީގެ ޕޮލިސީގައި ބަޔާންކުރާ ފަދައިން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
    • ސްޓާފް މެޑިކަލް އިންޝުއަރެންސްގައި ބައިވެރި ކުރެވޭނެއެވެ.
    • ހަމަޖެހިފައިވާ އުޞޫލުގެ މަތީން ރިޓަޔަރމަންޓް ޕެންޝަން ސްކީމް ލިބިދެވޭނެއެވެ.

ވަޒިފާ އަދާކުރަންޖެހޭ ތަން:

ޙުޅުމާާލެ

ޝަރުޠު                 

  • ޖީ.ސީ.އީ އޯ.ލެވެލް 03 މާއްދާއިން ފާސްވެފައިވުން.
  • މައިކްރޮސޮފްޓް އޮފީސް ޕެކޭޖަށް ފަރިތަވުން.
  • މި މަޤާމުގެ މަސްޢޫލިއްޔަތު އުފުލުމަށް ބޭނުންވާ ފަދަ ދާއިރާއަކުން ތަޖުރިބާލިބިފައިވާ  ފަރާތްތަކަށް އިސްކަންދެވޭނެ.
  • ޚިދުމަތްހޯދާފަރާތްތަކަށް އިޚްތިރާމާއިއެކު މުޢާމަލާތު ކުރުމުގެ ހުނަރުލިބުމާއި އެކު އެކަމުގެ ޤާބިލުކަންހުރުން.
  • ޝިފްޓް ޑިއުޓީގައި މަސައްކަތް ކުރެވޭނެ ފަރާތެއްކަމުގައިވުން.
  • ރަށުން ބޭރުގައި މަސައްކަތް ކުރެވޭނެ ފަރާތެއްކަމުގައިވުން.
  • މަސައްކަތަށް ޝައުގުވެރިކަން ހުރުމާއެކު ހީވާގި ކަމާއެކު މަސައްކަތްކުރެވޭނެ ސިއްޚަތު ރަގަޅު މީހަކު ކަމުގައިވުން.  

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް

  • އޮޕަރޭޝަނުން އަންގާ ގޮތުގެ މަތިން އޮޕަރޭޝަންސްގެ އެންމެހާ މަސައްކަތްކުރުން އަދި މިކަމާއި ބެހޭ ލިޔެކިޔުން ބެލެހެއްޓުން.
  • ބަސް އަދި ފެރީ އޮޕަރޭޝަންގެ  ފިޔުލް ރިޕޯޓްސް، ލޮގް ޝީޓް، ޑިއުޓީ ޝެޑިއުލް، ފަދަ އޮޕަރޭޝަނަށް ބޭނުންވާ ރިޕޯޓްތައް ބެލެހެއްޓުން.
  • ފެރީއާއި ބަހުގެ ޓިކެޓް ސްޓޮކް ބެލެހެއްޓުމާއި ޓިކެޓް ސޭލްސް ބެލެހެއްޓުން.
  • ޑިޕާރްޓްމަންޓް ގެ ދަތުރުތައް ޓްރާންސްޕޮރޓް މިނިސްޓްރީގެ ގަވާއިދާއި އެއްގޮތައް ގެންދިއުމަށް އެހީތެރިވެދިނުން.

 

މަޤާމް:

ކަސްޓަމަރ ސަރވިސް އެސިސްޓެންޓް

ބޭނުންވާ އަދަދު:           

   01

ވަޒީފާގެ ބާވަތް:

ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރާއި ނަތީޖާއަށް ބެލުމަށްފަހު

މުސާރަ:        

  • -/6640ރ (މަހަކު)
    • އިތުރު ގަޑީގައި މަސައްކަތް ކޮށްފިނަމަ ކުންފުނީގެ އިތުރުގަޑީގައި ޕޮލިސީގައި ބަޔާންކުރާ ފަދައިން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
    • ސްޓާފް މެޑިކަލް އިންޝުއަރެންސްގައި ބައިވެރި ކުރެވޭނެއެވެ.
    • ހަމަޖެހިފައިވާ އުޞޫލުގެ މަތީން ރިޓަޔަރމަންޓް ޕެންޝަން ސްކީމް ލިބިދެވޭނެއެވެ.

ވަޒިފާ އަދާކުރަންޖެހޭ ތަން:

  • ޕްރޮވިންސް

ޝަރުޠު                 

  • ގްރޭޑް 07 ނިންމާފައިވުން  
  • ކޯސްޓަލް ނެވިގޭޝަންގެ ކުރޫ ސެޓިފިކެޓް ފުރިހަމަކޮށްފައިވުން.
  • ފަތަންދަތުމާއިއެކު ކަނޑުމަތީގައި ގިނަވަގުތު މަސައްކަތުގައި އުޅެވޭ މީހަކު ކަމުގައިވުން.
  • ޚިދުމަތްހޯދާފަރާތްތަކަށް އިޙުތިރާމާއިއެކު މުޢާމަލާތު ކުރުމުގެ ހުނަރު ލިބިފައިވުން.
  • ޑިއުޓީ ޝިފްޓްތަކުގައި މަސައްކަތްކުރެވޭނެ މީހަކު ކަމުގައިވުން.

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް

  • ކަނޑުގައި ދުއްވާ އުޅަދުފަހަރަށް ހެދިފައިވާ ޤަވައިދާއި އުސޫލުތަކުގެ މަތިން ކުންފުނީގެ އުޅަދުފަހަރު ދުއްވުމުގައި އެއުޅަދެއްގެ އޮޕަރޭޓަރާއި ޕެސެންޖަރުންނަށް އެހީތެރިވުމާއި އެއްބާރުލުން ދިނުން އަދި އުޅަދު ސާފުތާހިރުކޮށް ބެލެހެއްޓުން މީގެ އިތުރުން ފެރީ ތަކުގައި ޕެސެންޖަރުންނަށް ދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދިނުން.

ޓްރޭޑިންގ ޑިޕާރޓްމަންޓަށް ބޭނުންވާ މަގާމުތައް

މަޤާމް:

ޕްރޮޑަކްޓްސް އޮފިސަރ

ބޭނުންވާ އަދަދު:           

01

ވަޒީފާގެ ބާވަތް:

ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)

މުސާރަ:        

  • -/7600ރ (މަހަކު)
    • އިތުރު ގަޑީގައި މަސައްކަތް ކޮށްފިނަމަ ކުންފުނީގެ އިތުރުގަޑީގެ ޕޮލިސީގައި ބަޔާންކުރާ ފަދައިން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
    • ސްޓާފް މެޑިކަލް އިންޝުއަރެންސްގައި ބައިވެރި ކުރެވޭނެއެވެ.
    • ހަމަޖެހިފައިވާ އުޞޫލުގެ މަތީން ރިޓަޔަރމަންޓް ޕެންޝަން ސްކީމް ލިބިދެވޭނެއެވެ.

ވަޒިފާ އަދާކުރަންޖެހޭ ތަން:

  • އެމްޓީސީ ކަށަވަރު ޝޯރޫމް

ޝަރުޠު                 

  • މި މަޤާމުގެ މަސްޢޫލިއްޔަތު އުފުލުމަށް ބޭނުންވާ ފަދަ ދާއިރާއަކުން ޑިޕްލޮމާ ޙާސިލްކޮށްފައިވުމާއިއެކު މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ހާސިލް ކޮށްފައިވުން
  • ކަސްޓަމަރުންނަށް ޕްރޮޑަކްޓްތަކުގެ މަޢުލޫމާތު ފޯރޮކޮށްދިނުމުގެ ހުނަރު ލިބިފައިވުން އަދި ޓެކްނިކަލް ޕްރޮޑަކްޓްސް ތަކުގެ މަޢުލޫމާތު ދެނެގަތުމަށް ޝައުގުވެރިކަން ހުރުން.
  • ކަސްޓަމަރުންނަށް އިހުތިރާމާއިއެކުމުއާމަލާތުކުރުމުގެ ހުނަރު ލިބިފައިވުން.
  • މި ދާއިރާއިން މަސައްކަތު ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް

  • ޑިޕާރޓްމަންޓްގެ ސޭލްސް މަސައްކަތުގައި އަމަލީގޮތުން ބައިވެރިވެ ކަސްޓަމަރުންނާއި ސަޕްލަޔަރުންނަށް ފޯރުކޮށްދޭންޖެހޭ މަޢުލޫމާތު ފުރިހަމައަށް ފޯރުކޮށްދިނުން އަދި ޕްރޮޑަކްޓްސް ތަކުގެ އިންވެންޓްރީ އަދި ޕްރޮމޯޓްކުރުމުގެ މަސައްކަތުގައި އެހީތެރިވުން.

ލޮޖިސްޓިކްސް ޑިޕާރޓްމަންޓަށް ބޭނުންވާ މަޤާމްތައް:

މަޤާމް:

 ކުރޫ (ޑޮމެސްޓިކް ޓަގް)

ބޭނުންވާ އަދަދު:           

02

ވަޒީފާގެ ބާވަތް:

ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)

މުސާރައާއި ޢިނާޔަތްތައް:

  •  9000-10000/-އާއި ދެމެދު.
  • ހުރުމާއި ކެއުން ޓަގުގައި ހަމަޖެހިގެން ދާނެއެވެ.
  • ސްޓާފް މެޑިކަލް އިންޝުއަރެންސްގައި ބައިވެރި ކުރެވޭނެއެވެ.
  • ހަމަޖެހިފައިވާ އުޞޫލުގެ މަތީން ރިޓަޔަރމަންޓް ޕެންޝަން ސްކީމް ލިބިދެވޭނެއެވެ.

ވަޒިފާ އަދާކުރަންޖެހޭ ތަން:

ޑޮމެސްޓިކް ޓަގުގައި

ޝަރުޠު                 

  • އަސާސީ ތައުލީމު ފެންވަރު
  • މި މަސއްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތްކަށް އިސްކަންދެވޭނެ.  މަސައްކަތުގައި ގިނަވަގުތު އުޅެވޭ ފަތަންދަންނަ މީހަކު ކަމުގައިވުން.
  • މަސައްކަތަށް ޝައުގުވެރިކަން ހުރުމާއެކު ހީވާގި ކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަގަޅު މީހަކު ކަމުގައިވުން.    

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް

  • ޑޮމެސްޓިކް ޓަގުގައި ފަޅުވެރިއެއްގެ ގޮތުގައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ޓަގް އޮޕަރޭޓަރ އަންގާ ގޮތުގެމަތިން ކުރުން

 

އިންޓަރވިއު:

  • މަގާމުތަކަށް ޝޯޓްލިސްޓް ކުރެވޭ ފަރާއިތަކާއި އިންޓަރވިއު ކުރުން 05 ސެޕްޓެމްބަރ 2019 އިން 12 ސެޕްޓެމްބަރ 2019 އާއި ދެމެދު ކުރިއަށް ގެންދެވޭނެއެވެ

 

ވީމާ, މިމަޤާމްތަކަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 04 ސެޕްޓެމްބަރ 2019 ވަނަ ދުވަހުގެ 16:00 ގެ ކުރިން އެމް.ޓީ.ސީ.ސީ ހެޑް އޮފީހަށް "ޖޮބް އެޕްލިކޭޝަން ފޯރމް" ފުރިހަމަކުރެއްވުމަށްފަހު، ފޯރމާއިއެކު ލިބިވަޑައިގެންފައިވާ ތަޢުލީމީ ސަނަދުތަކުގެ އަސްލާއި އެއްގޮތް ކޮޕީ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ޕާސްޕޯރޓް ސައިޒްގެ ފޮޓޯއެއް ހުށައެޅުއްވުން އެދެމެވެ. މިތަކެތި އީމެއިލް އިންވެސް ޤަބޫލު ކުރެވޭނެއެވެ. މި ފޯރމް ކުންފުނީގެ ހިއުމަން ރިސޯރސަސް އެންޑް އެޑްމިނިސްޓްރޭޝަން ޑިޕާރޓްމަންޓުން ލިބެން ހުންނާނެއެވެ. އަދި ކުންފުނީގެ ވެބްސައިޓްއިން މި ފޯރމް ޑައުންލޯޑް ކުރެވޭނެއެވެ.

ވެބްސައިޓް:  http://mtcc.com.mv/job-opening

ފޯން: 3001100/ 3001149 / 3001139 

އީމެއިލް: [email protected]         

ނޯޓް:

  • ލިބިފައިވާ ތަޢުލީމީ ސަނަދުތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓްފިކެޓް ހުށައަޅާފައިވާނަމަ، އިންޓަވިއުއަށް ހާޟިރުވާންވާނީ ސެޓްފިކެޓްތަކުގެ އަސްލާ އެކުގައެވެ.)
  • މި މަޤާމަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓްފިކެޓުތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއު އަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކަށެވެ.
  • އިންޓަވިއު އަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
  •  އަދި މައުލޫމާތު ފުރިހަމަ ނުވާ ފޯމުތައް ބަލައި ނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.
  •  ވަޒީފާ ހަމަޖެއްސުމުގައި ކުށުގެ ރިކޯޑަށް ބަލާނެއެވެ.

01 ސެޕްޓެމްބަރ 2019

01 ސެޕްޓެންބަރު 2019
ހޯދާ