އަރިއަތޮޅު ދެކުނުބުރީ މާމިގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އދ.މާމިގިލީ ކުޑަކުދިންގެ ޕާރކްތަރައްޤީކުރުން

އދ.މާމިގިލީ ކުޑަކުދިންގެ ޕާކުގެ ތިރީގައިމިދަންނަވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ އެވެ.                                                                                 1- ކުލަޔާއި ދަވާދުލުން                  3- ކަރަންޓާއި،ފެންވައިރުކުރުން                             2- ޕާރކަށް ވެލިއެޅުން                                                                      ވީމާ، މަތީގައި ދެންނެވިފައިވާ މަސައްކަތްތައް ކޮށްދެއްވުމަށް ޝައުޤުވެރިވެ ލައްވާފަރާތް ތަކުން 2019 ސެޕްޓެމްބަރ 5 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފު ކުރެއްވުމަށް ފަހު 2019 ސެޕްޓެމްބަރ 09 ވާ ހޯމަ ދުވަހުގެ 13:00 ށް އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. އަދި މަޢުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވާ ކޮންމެ ބޭފުޅަކަށްވެސް ނޯޓުކުރެއްވޭނީ އެއްބޭފުޅެއްގެ ނަމެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ނޯޓުކޮށްފައިވާ ފަރާތްތަކުގެ އިތުރުން އެއްވެސް ބޭފުޅަކަށް އަންދާސީހިސާބު ހުށައެޅުމުގެ ފުރުޞަތެއް ނޯންނާނެ އެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ނަންނޯޓުކުރެވިފައިވާ ފަރާތަށް އަންދާސީހިސާބު ހުށައެޅުމުގެ ބައްދަލުވުމަށް ޙާޟިރުނުވެވޭނަމަ ބަދަލުގައި އެހެންފަރާތެއް ފޮނުވިދާނެ އެވެ. އެގޮތުން ބަދަލުގައި ފޮނުވާފަރާތުގެ އައިޑީކާޑުގެ ކޮޕީއަކާއިއެކު އަންދާސީހިސާބު ހުށައެޅުމުގެ ފުރުޞަތު އޮންނާނެ ވާހަކަވެސް ދަންނަވަމެވެ. އަދި ކޮމްޕެނީތަކުން ހުށައަޅުއްވާ އަންދާސީ ހިސާބުތަކަށް އިސްކަންދެވޭނެ އެވެ.

      މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ .    

28 އޮގަސްޓް 2019
ހޯދާ