ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
ރިސެޕްޝަނިސްޓް ، އެންރޯލްޑް ނާރސް

މަކުނުދޫ ޞިއްޙީ މަރުކަޒު

ހދ. މަކުނުދޫ    

ދިވެހިރާއްޖެ

ނަންބަރު:B-17/SM/2019/01

ވަޒީފާގެ ފުރުޞަތު

ތާރީޚް: 26  އޯގަސްޓް 2019

 

 

 

އިޢްލާން

ވަޒީފާގެ ފުރުޞަތު:މިމަރުކަޒުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މިވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހުންނެވެ.

މަގާމު:

ރިސެޕްޝަނިސްޓް

ބޭނުންވާ ޢަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ވަގުތީ

މާޤާމުގެ ރޭންކް:

GS3

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

ސެކްޝަން / ޔުނިޓް:

އެޑްމިނިސްޓްރޭޝަން

މަޤާމް އޮތް އޮފީސް:

ހދ. މަކުނުދޫ ޞިއްހީ މަރުކަޒު

ވަޒީފާ އަދާކުރަންޖެހޭ ތަން:

ހދ. މަކުނުދޫ ޞިއްހީ މަރުކަޒު

މުސާރަ:

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1500 ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ސަޕޯޓިން ކޯ އެލަވަންސް މަހަކު -/700 ރުފިޔާ
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސާރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި އެހެނިހެން އިނާޔަތްތައް.

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު ތަކާއި ވާޖިބްތައް:

  1. ޞިއްޙީ މަރުކަޒަށް ޚިދުމަތް ލިބިގަތުމަށް ނުވަތަ އެކި ކަންކަމުގައި އަންނަ ފަރާތްތަކަށް މަރުހަބާ ކިއުމާއި އެކު އެފަރާތްތަކުގެ ބޭނުން ރަނގަޅަށް އޮޅުންފިލުވައި ފިޔަވަޅު އެޅުމާއި، އަންނަ ފޯންކޯލްތަކަށް ޖަވާބްދާރީވެ، ޔަޤީން މަޢުލޫމާތު ފޯރުކޮށްދިނުން.
  2. ކޮންމެ ޑިއުޓީއެއް ފެށުމުގެ ކުރިން ކޮންސަލްޓޭޝަން ރޫމްތަކުގެ އިންވެންޓްރީ ޗެކްކޮށް މަދުވާ ތަކެތި ބަލިމީހުން ބަލަން ފެށުމުގެ ކުރިން ހަމަކުރުން.
  3. ބަލިމީހާގެ މަޢުލޫމާތުތައް ރަނގަޅަށް ޗެކްކޮށް ރެޖިސްޓަރ ކުރުން.
  4. ބަލިމީހުންގެ ސިއްރުތައް ހިފެހެއްޓުމާއި، ހަމަހަމަ ކަމާއެކު ޑޮކްޓަރަށް ދައްކަން އަންނަ ބަލި މީހުންނަށް ޚިދުމަތް ދިނުމަށް މަސައްކަތްކުރުން.
  5. އާސަންދަ ޕޭޝަންޓުންނަށް ހަމަޖެހިފައިވާ އުޞޫލުން ޚިދުމަތްދީ، މަޢުލޫމާތުތައް ޗެކްކުރުމާއި، އިންވޮއިސްތައް ތައްޔާރުކުރުން.
  6. ހާލުދެރަ ބަލިމީހަކު ޞިއްޙީމަރުކަޒަށް ގެންނަން ވެއްޖެނަމަ ނުވަތަ ބަލިމީހަކު އަންނަކަމުގެ މަޢުލޫމާތު ލިބުމުން ކުރަންޖެހޭ ކަންތައްތައް ކުރުމާއި،  ބަލި މީހާއަށް އަވަހަށް ފަރުވާ ދެވޭނޭ އިންތިޒާމް ހަމަޖެއްސުން.
  7. އާސަންދައިގެ ދަށުން އަދި އެހެނިހެން ގޮތްގޮތުން ޚިދުމަތް ހޯދާ ފަރާތްތަކަށް ޚިދުމަތް ދިނުމާއި، ނަގަންޖެހޭ ފައިސާ ނެގުމާއި، ބިލްތަކާއި ރިޕޯރޓްތައް ތައްޔާރުކުރުން.
  8. ބަލިމީހުން ރިފަރ ކުރުމަށްޓަކައި އޯ.ޕި.ޑީ އަދި އައި.ޕީ.ޑީ އިން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
  9. ރިސެޕްޝަނަށް ލިބޭ ފައިސާގެ ކަންތައްތައް ބަލަހައްޓައި ޤަވާޢިދުން ޙަވާލުކުރަންޖެހޭ ފަރާތްތަކަށް ޙަވާލްކުރުން.
  10. ޑޮކްޓަރުން ބަލިމީހުންނަށް ދޫކުރައްވާ މެޑިކަލް ސެޓްފިކެޓް، ސަލާމުގެ ސެޓްފިކެޓް ފަދަ ތަކެތި ޙަވާލުކުރަންޖެހޭ ފަރާތްތަކަށް ޙަވާލުކުރުމާއި، އޭގެ ކޮޕީތައް ރައްކާތެރިކަމާއެކު ބެލެހެއްޓުން.

 

މަޤާމުގެ ޝަރުތު:

  1. ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއި ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން   ސެކަންޑަރީ ސްކޫލް ހަޔަރ ސެކަންޑަރީ ސްކޫލް،ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

 

 

ގުޅޭ ވަޒީފާގެ ދާއިރާތައް:

އެޑްމިނިސްޓްރޭޝަން.

 

 

މަގާމު

 އެންރޯލްޑް ނަރސް

ބޭނުންވާ ޢަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ވަގުތީ

މާޤާމުގެ ރޭންކް:

GS4

މަޤާމުގެ ކްލެސިފިކޭޝަން:

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ސެކްޝަން / ޔުނިޓް:

ނާރސިންގ

މަޤާމް އޮތް އޮފީސް:

ހދ. މަކުނުދޫ ޞިއްހީ މަރުކަޒު

ވަޒީފާ އަދާކުރަންޖެހޭ ތަން:

ހދ. މަކުނުދޫ ޞިއްހީ މަރުކަޒު

މުސާރަ:

މަހަކު -/8280 ރުފިޔާ

ސަރވިސް އެލަވަންސް:

ޑިއުޓީއަށް ޙާޟިރުވާ ދުވަހަކަށް -/100 ރުފިޔާ

އެޖެސްޓްމަންޓް އެލަވަންސް:

މަހަކު: -/3000 ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ސިވިލް ސާރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި އެހެނިހެން އިނާޔަތްތައް.

 

މަގާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1) ނަރސިންގް ޑިޕާރޓްމަންޓްގެ އެންމެހާ މަސައްކަތްތައް އިސްކޮށް ހުންނަވާ ބޭފުޅެއްގެ އިރުޝާދުގެ ދަށުން ކުރުން.

2) ސިއްހީމަރުކަޒުން ފަރުވާ ހޯދުމަށްއަންނަ ފަރާތްތަކަށް ދޭންޖެހޭ ފަރުވާތަށް ދިނުމުގައި ހުރިހާ ޑިޕާޓްމަންތަކެއްގައި ( އޯޕީޑީ،އައި.ޕީ.ޑީ، ލޭބަރރޫމް، ޑްރެސިންގްރޫމް މަސައްކަތްކުރުން.

3) 5 އަހަރުން ދަށުގެ ކުދިން ހެދި ބޮޑުވުމާއި ، ވެކްސިންދިނުމާއި ، އާންމުން ހެލުންތެރިކުރުވުމުގެ ގޮތުން ހިންގޭ ޕްރޮގްރާމްތަކުގައި ކަންތައްތަކުގައި ޕަބްލިކް ހެލްތް ޔުނިޓުގައި މުވައްޒަފުންނަށް އެހީތެރިކަން ފޯރުކޮށްދީ އެކަމުގައި އަމަލީގޮތުން ބައިވެރިވުން.

4) އިންފެކްޝަން ކޮންޓްރޯލް ކުރުމުގެ މަސައްކަތްތަކުގައި އިސްކޮށް ހަރަކާތްތެރިވުން.

5) އާސަންދައިގެ ދަށުން ހަދަންޖެހޭ ބިލްތައްހެދުމާއި އިންވޮއިސް ހެދުމުގައި ޢަމަލީގޮތުން ބައިވެރިވުން.

6) މެޑިކަލް ކޮންޒިއުމަބަލްސް، މެޑިކަލް ސްޓޮކް ، މެޝިނަރީޒް ފަދަ ތަކެތި ސްޓޮކަށް ބޭނުންވާނޭހެން ލަސްނުކޮށް ކަމާބެހޭ ފަރާތްތަކާއި ގުޅިގެން ރިކުއެސްޓްކޮށް ތަކެތި ހޯދުން.

7) ތައްޔާރުކުރަންޖެހޭ ރިޕޯޓްތައް ތައްޔާރުކޮށް ޖަވާބުދޭންޖެހޭ ލިޔުންތަކަށް ޖަވާބުދީ ފައިލްކުރުން.

8) ސިއްހީ ގޮތުން ފާހަގަ ކުރެވޭ އެކިއެކި ދުވަސްތައް ފާހަގަ ކުރުމުގައި އަމަލީގޮތުން ބައިވެރިވުން.

9) އޯޕީޑީ، އައި.ޕީ.ޑީ އަދި އެހެނިހެން ޙިދުމަތްދޭ ފަރާތްތިކުގެ ރެކޯޑްސްތައް ފުރިހަމަކުރުމާއި ފައިލްކޮށް ބެލެހެއްޓުން.

10) ބަލިމީހާއާއި ޑޮކްޓަރާދެމެދު ހިތްހަމަޖެހޭ ރަނގަޅު މާހައުލެއް ގާއިމްކޮށްދިނުން.

11) ދިމާވާ ބައެއް ހާލަތްތަކުގައި ތަރުޖަމާކޮށްދިނުން.

12) ކްލިނިކަލް އޭރިޔާ ތަކުގައި ބޭނުންކުރެވޭ އިކްއިޕްމަންޓްސް، މެޝިނަރީޒް އަދި ފަރުނީޗަރު ފަރުވާތެރިކަމާއެކު ބެލެހެއްޓުން.

13) ރިފާރކުރެވޭ ބަލިމީހުންނާއެކު ދާންޖެހޭ ޙާލަތްތަކުގައި ދިޔުން.

14) ނަރުހުންގެ ފަރާތުން ބަލިމީހާއަށްދޭ ފަރުވާއާއި، ޙިދުމަތްދެމުންދާނީ ހެދިފައިވާ ޕްރޮޓޮކޯލްތަކައި، ޤަވާއިދާ އެއްގޮތަށްތޯ ބަލައި އެގޮތްތަކަށް އަމަލުކުރަމުން ގެންދިޔުން.

15) ދިމާވާ އެމެޖެންސީ ހާލަތްތަކުގައި ޞިއްޙީ މަރުކަޒުގެ އިންޗާޖަށް އެހީތެރިވުން.

16) މަރުކަޒުގެ ފަރާތުން ހިންގޭ ތަފާތު ޚަރަކާތްތަކުގައި މަރުކަޒުގެ ފަރާތުން އަންގާގޮތެއްގެ މަތިން ބައިވެރިވުން.

މަގާމުގެ ޝަރުތުތައް:

ސަރުކާރު ގަބޫލުކުރާ އިންސްޓިޓިއުޓެއްގައި އެޑްވާންސް ސެޓްފިކެޓް އިން ނާރސިންގ ކޯސް ފުރިހަމަކޮށް، ސެޓްފިކެޓް ހާސިލްކޮށްފައިވުން. 

ހުށައަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (ވަޒީފާއަށް އެދޭ ފޯމް މި މަރުކަޒުގެ އޮފީހުން ރަސްމީ ދުވަސްތަކުގައި ރަސްމީގަޑީގައި ލިބެންހުންނާނެއެވެ. އަދި ސިވިލް ސަރވިސްގެ www.csc.gov.mv ވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެއެވެ. )
  2. ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިޢުތިރާޒެއްނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  3. ވަޒީފާއެއް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި، އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  4. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ އަދި ލިޔެފައިވާ ލިޔުންތައް ކިޔަން  އެނގޭ ފަދަ ކޮޕީއެއް.
  5. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވެލް ކަނޑަ އަޅާފައިވާ ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫކުކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތަޢުލީމުދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި،  ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ  ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ކޮސްތަކާއި، ތަމްރީން ސެޓްފިކެޓް ތަކުގެ ކޮޕީ.

2. ސިވިލް ސާރވިސް ވަޒީފާއަށް ވަނުމަށްއެދޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްތަކުގެ ކޮޕީ.

3. ވަޒީފާގެ މަސައްކަތުގެ ދާއިރާއާއި ގުޅޭ ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓް ތަކުގެ ކޮޕީ.

4. މަސައްކަތުގެ ތަޖްރިބާގެ ލިޔުންތަކުގެ ކޮޕީ.

(ހ) ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކިރު މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތް ކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފިހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

 

ވަޒީފާ އަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

  1. ތަޢުލީމާއި ތަމްރީން ( ލިބިފައިވާ ތަޢުލީމު، މަޤާމުގެ މަސައްކަތުގެ ދާއިރާއާއި، ގުޅޭ ކުރުމުއްދަތުގެ ތަމްރީން )
  2. "އިމްތިޙާން" ސިވިލް ސާރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާން
  3. މަސައްކަތުގެ ތަޖްރިބާ  ( މަޤާމުގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ތަޖްރިބާ )
  4. ލިބިފައިވާ ހުނަރު ( އިންޓަރވިއު / ޕްރެކްޓިކަލްސް )

 

ނޯޓް: މަޤާމް އައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ %45 ( ސާޅީސް ފަހެއް ) އިންސައްތައަށްވުރެ މަތިވާން ޖެހޭނެއެވެ.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 05 ސެޕްޓެމްބަރ 2019 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ހދ. މަކުނުދޫ ޞިއްޙީ މަރުކަޒުގެ އިދާރީ އޮފީހަށެވެ.  އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 08 ސެޕްޓެމްބަރ 2019 އާއި 10 ސެޕްޓެމްބަރ 2019 އާ ދެމެދު ހދ. މަކުނުދޫ ޞިއްޙީ މަރުކަޒުގައެވެ.

 

ޝޯޓް ލިސްޓް ކުރުން:

މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒިފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާރކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފްކުމަށް ގުޅާނީ ރަސްމީގަޑީގައި މިމަރުކަޒުގެ ނަންބަރު 6520094 އެވެ. އީ-މެއިލް ކުރާނީ  hdh.makunudoohchealth.gov.mv

 

 

 

 

Email

26 އޮގަސްޓް 2019
ހޯދާ