މޯލްޑިވްސް މީޑިއާ ކައުންސިލް
ދިވެހިރާއްޖެ
ނޫސްވެރިކަމުގެ އިނާމު ދިނުމުގެ ހަފްލާއަށް ވަޑައިގަންނަވާ ބޭފުޅުންގެ ކޭޓަރިން މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

މިކައުންސިލްގެ ނަންބަރު: IUL)219-CS/1/2019/12) އިޢުލާން ގައިވާ ނޫސްވެރިކަމުގެ އިނާމު ދިނުމުގެ ހަޕްލާ ގެ މަސައްކަތްތަކާ ގުޅިގެން ކުރެވުނު އިޢުލާނުގެ 2 ވަނަ މާއްދާގައިވާ ހަފްލާއަށް ވަޑައިގަންނަވާ ބޭފުޅުންގެ ކޭޓަރިން މަސައްކަތުގެ މަޢުލޫމާތުޝީޓަށް ގެނެވުނު ބަދަލާ ގުޅިގެން އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިއުލާންކުރަމެވެ.

ވީމާ، މިމަސައްކަތްތަކަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 02 ސެޕްޓެމްބަރ 2019 ވާ ހޯމަ ދުވަހުގެ ހެނދުނު 10:30 އަށް މިކައުންސިލަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މި މަސައްތަކުގެ މައުލޫމާތު ޝީޓް މި އިޢުލާނާއެކު އެއްކަރުދާސް ކޮށްފައިވާނެއެވެ. އަދި މި މަޢުލޫމާތު ޝީޓް ކައުންސިލުގެ ވެބްސައިޓުންނާއި ކައުންސިލުގެ ރިސެޕްޝަސުންވެސް ލިބެން ހުންނާނެ ވާހަކަވެސް ދަންނަވަމެވެ. އަދި މަސައްތަކުގެ މައުލޫމާތު މިކަމާގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3003995 ނަންބަރު ފޯނަށެވެ.

28 އޮގަސްޓް 2019
ހޯދާ