ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ލޮޖިސްޓިކްސް އޮފިސަރ

މަޤާމް :ލޮޖިސްޓިކްސް އޮފިސަރ
ބޭނުންވާ އަދަދު :1

ވަޒީފާގެ ފުރުޞަތު

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަށުން އުފައްދާފައިވާ ސަބްސިޑަރީ ކުންފުނި 'ޔުނިވިޔަ ހޯލްޑިންގސް' އަށް، މަސައްކަތަށް ޤާބިލް އަދި ހީވާގި މުވައްޒަފުން ހިމެނޭ ޓީމެއް ހޯދުމަށް ބޭނުންވެއެވެ.

މަޤާމު:

ލޮޖިސްޓިކްސް އޮފިސަރ

މުސާރައާއި އެލަވަންސް:

މުސާރ އަދި އެލަވަންސް: 7,500 ރުފިޔާ

ހިޔުމަން ރިސޯސް ޕޮލިސީއާއި އެއްގޮތަށް އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. 

 

މަޤާމުގެ މަސްއޫލިއްޔަތުތައް:

 

  • ކުންފުނިން އެކި ފަރާތްތަކަށް ރައްދުކުރަންޖެހޭ ލިޔެކިޔުންތަކާއި އެހެނިހެން ތަކެތި ރައްދުކުރުމުގެ މަސައްކަތްކުރުން
  • ބޭންކުތަކާއި އެކު ކުރަންޖެހޭ އެކި އެކި މުޢާމަލާތްތައް ކުރުން
  • ލޮޖިސްޓިކްސް އޮޕަރޭޝަންސްގެ އެންމެހާ އިދާރީ މަސައްކަތްތައް ކުރުމާއި މިކަންކަމުގެ ލިޔެކިޔުންތައް ބެލެހެއްޓުން
  • ކުންފުނީގެ އެކި އިވެންޓްތަކަށް ވެނިއު ތައްޔާރުކުރުމާއި ކަމާއި ގުޅޭ އެންމެހާ ލޮޖިސްޓިކްސް މަސައްކަތްތައް ކުރުން
  • ކުންފުންޏަށް ގަނެވޭ މުދަލާއި ތަކެތި ގަތުމުގައާއި ސްޓޯރކުރުމުގައި ޕްރޮކިއުމެންޓް ޑިޕާރޓްމެންޓަށް އެހީތެރިވެދިނުން
  • އޮފީހުގެ މެއިންޓަނެންސްގެ މަސައްކަތްތައް ބެލެހެއްޓުން

 

މަޤާމުގެ ޝަރުތުތައް:

 

ތަޢުލީމު:

  • މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއިއެކު، ސާނަވީ އިމްތިހާން ފުރިހަމަ ކޮށްފައިވުން، ނުވަތަ

ތަޖުރިބާ:

  • މަސައްކަތުގެ ތަޖުރިބާގެ މަދުވެގެން 5 އަހަރު ހުރުމާއި އެކު، އަސާސީ ތައުލީމުގެ ފެންވަރު ހުރުން

މަޤާމަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ތަޢުލީމާއި ތަޖުރިބާ

އިންޓަރވިއު

 

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

 

  • ވަޒީފާއަށް އެދި ކުރިމަތިލާ ފަރާތުގެ ސިޓީ އަދި ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
  • ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރެއްވި މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް އެނގޭނެފަދަ ލިޔުމެއް
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. 

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

 

5 ސެޕްޓެމްބަރ 2019 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 14:00 ގެ ކުރިން [email protected] އީމެއިލް މެދުވެރިކޮށް

 

ނޯޓު :

 

  • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް ސިޓީއާއި އެކު ފޮނުވަންޖެހޭނެއެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް އެންގޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
  • އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3345185 ނަމްބަރު ފޯނަށެވެ.
27 އޮގަސްޓް 2019
ހޯދާ