ހުވަދުއަތޮޅު އުތުރުބުރީ މާމެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބޯހިޔާވަހިކަމުގެ ވަޢުދުގެ ދަށުން މި ރަށުގައި އެޅުމަށް ހަމަޖެހިފައިވާ ހައުސިންގ ޔުނިޓް އިމާރާތް ކުރުމާބެހޭ

            ސަރުކާރުގެ ބޯހިޔާވަހިކަމުގެ ވަޢުދުގައި ހިމެނޭ ހައުސިންގ ޔުނިޓް އަޅައިދިނުމުގެ މަޝްރޫޢުގެ ދަށުން މި ރަށުގައި ހައުސިންގ ޔުނިޓްތައް އެޅުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ދިރިއުޅުމަށް ގޯތި ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ގޯތީގައި ގެދޮރު އެޅުމަށް ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތުވަނީ ހުޅުވާލެވިފައެވެ.

            ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތިތަކުގެ ތެރެއިން ގެދޮރު އިމާރާތް ނުކުރެވި ހުރުމުގެ ސަބަބުން ފަޅުވެފައިވާ ގިނަ ގޯތިތަކެއްގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރިއަށް ގެންދަން ރާވާފައިވާ މި މަޝްރޫޢުގެ ދަށުން 20 އަހަރު ދުވަހުން ކުލިދައްކާ ޚަލާޞްކުރާގޮތަށް 3 ކޮޓަރީގެ ޔުނިޓް އިމާރާތްކުރުމަށް ހަމަޖެހިފައިވެއެވެ. މި މަޝްރޫޢުގެ ދަށުން އަޅާދޭ ހައުސިންގ ޔުނިޓްތަކަށް ޑައުން ޕޭމަންޓެއް ދައްކާކަށް ނުޖެހޭނެއެވެ. ލިބިފައިވާ ގޯތީގެ ބޮޑުމިން 900 އަކަފޫޓަށްވުރެ ބޮޑުނަމަ މިއިން ގެއެއް ގޯތީގައި އެޅުމަށް އެދެވިދާނެވެ.

            ވީމާ، ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތީގައި މި މަޝްރޫޢުގެ ދަށުން ގެ އެޅުމަށް ޝައުޤުވެރިވާ ފަރާތްތަކުން މި އިދާރާއަށް ދުރުވެ "ސަރަކާރުގެ ބޯހިޔާވަހިކަމުގެ ވަޢުދުގައި ހިމެނޭ ހައުސިންގ ޔުނިޓް އަޅައިދިނުމުގެ މަޝްރޫޢުގެ ދަށުން ގޯތީގައި ގެ އެޅުމަށް އެދޭ ފޯމް" ނަންގަވާ އެ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު 17 ސެޕްޓެންބަރު 2019 ވާ އަންގާރަދުވަހުގެ 13:00 ކުރިން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ރަސްމީ ބަންދުނޫން ކޮންމެދުވަހެއްގެ 9:00 އިން 12:00 އާއި ދެމެދު ފޯމު ދޫކުރުމާއި ބަލައިގަތުމުގެ އިންތިޒާމް މި އިދާރާގައި ވަނީ ހަމަޖެހިފައެވެ.

            އަދި މި މަޝްރޫޢުގެ ދަށުން އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ހައުސިންގ ޔުނިޓް އިމާރާތް ކުރުމާބެހޭ އުސޫލް މި އިދާރާގެ ނޯޓިސް ބޯޑުގައި ބެހެއްޓިފައި ހުންނާނެއެވެ.

            މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކާ އިޢުލާން ކުރީމެވެ.

26 އޮގަސްޓް 2019
ހޯދާ