މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ލ.ގަން ރީޖަނަލް ހޮސްޕިޓަލް ނިއު ވިންގް އިމާރާތް ޑިޒައިންކޮށް ބީ.އޯ.ކިޔު ހަދާދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

 

        ލ.ގަން ރީޖަނަލް ހޮސްޕިޓަލް ނިއު ވިންގް އިމާރާތް ޑިޒައިންކޮށް ބީ.އޯ.ކިޔު ހަދާދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ފުރަތަމަ ނަމްބަރ: (IUL)23-AP/23/2019/266 ( 29 ޖުލައި 2019) އިއުލާނާއި ގުޅިގެން ވާދަކުރާނެ ތިން ފަރާތެއް ނެތުމުން އެ އިއުލާނު ބާތިލްކޮށް އަލުން ފުރުސަތު ހުޅުވާލަމެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 26 އޯގަސްޓް 2019 ވާ ހޯމަ ދުވަހުން ފެށިގެން 27 އޯގަސްޓް 2019 ވާ އަންގާރަ ދުވަހުގެ ނިޔަލަށް ހެނދުނު 09:00 އިން 13:00 އާއި ދޭތެރޭ މި މިނިސްޓްރީގެ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ރިސެޕްޝަން އަށް ވަޑައިގެން ރެޖިސްޓަރ ކުރެއްވުން އެދެމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ރެޖިސްޓަރ ވުމުން ސޮފްޓްކޮޕީ ފޯމެޓްގައި (ސީޑީ) ލިބިވަޑައިގަންނަވާނެއެވެ. އަދި 28 އޯގަސްޓް 2019 ވާ ބުދަ ދުވަހު މެންދުރު 12:30 ގައި ޕްރީބިޑް ސެޝަންއެއް މި މިނިސްޓްރީި (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައި އޮންނާނެއެވެ.  

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 02 ސެޕްޓެމްބަރ 2019 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު)  ގައެވެ.

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 28 އޯގަސްޓް 2019 ވާ ބުދަ ދުވަހު މެންދުރު 12:30 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރަން ވަޑައި ނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހަޅަންވަޑައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމަވެ.

24 ޛުލްޤައިދާ 1440

25 އޮގަސްޓް 2019
ހޯދާ