މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް
ދިވެހިރާއްޖެ
އެކައުންޓްސް އޮފިސަރ

                                އިޢުލާން   

 

                                               ނަންބަރު:

 MMS-A/2019/23

 

 

ތިރީގައި  މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.

މަޤާމު

އެކައުންޓްސް އޮފިސަރ

މަގާމުގެ ނަންބަރު:

J-230560

ބޭނުންވާ އަދަދު:

1

މަގާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެމް. އެސް 1

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ސެކްޝަން:

ފައިނޭންސް ޔުނިޓް

މަގާމު އޮތް އޮފީސް

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް

ވަޒީފާ އަދާކުރަންޖެހޭ ތަން:

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް / ހުޅުލެ

މުސާރަ:

5,610/- ރުފިޔާ

ސަރވިސް އެލަވަންސް:

2,000/- ރުފިޔާ

ސްޕެޝަލް ޑިއުޓީ އެލަވަންސް:

1,963/50 ރުފިޔާ

ޓެކްނިކަލް ކޯ އެލަވަންސް

700/-ރުފިޔާ

މަގާމުގެ ޝަރުތު

  1. އެކައުންޓިންގ ނުވަތަ ފައިނޭންސް މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.

މަގާމުގެ މައިގަޑު މަސްއޫލިއްޔަތު ތަކާއި ވާޖިބުތައް:

  • ބަޖެޓްގެ އައިޓަމްތަކުންކުރާ  ޚަރަދުތައް ދުވަހުން ދުވަހަށް ބާކީކޮށް، ދައުލަތުގެ މާލިއްޔަތު ޤަވާޢިދާ އެއްގޮތަށް ބެލެހެއްޓުމާއި، ޚަރަދުކުރެވޭ ކޯޑުތަކުގައި ފައިސާ ރިލީޒް ކުރެވިފައިހުރިވަރެއް ބެލުމަށްފަހު، މަދުވާ ކޯޑުތަކަށް ފައިސާ ރިލީޒްކުރުމަށް ފިނޭންސް މިނިސްޓްރީއަށް ފޮނުވާ، ޚަރަދުކުރެވޭނެ އިންތިޒާމު ހަަމަޖެއްސުން.

 

  • ފައިނޭންސް ޔުނިޓުން އެކި ފަރާތްތަކަށް ފޮނުވަންޖެހޭ ލިޔުންތައް ލިޔެ ދީފައިވާ މުއްދަތުގެ ތެރޭގައި ފޮނުވުމާއި، އެކިފަރާތްތަކުން އަންނަ ލިޔުންތަކަށް 3 ދުވަހުގެ ތެރޭގައި ޖަވާބުދީ ލިޔުންތައް ފަސޭހައިން ފެންނާނެ ގޮތަށް ދުވަހުން ދުވަހަށް ފައިލްކޮށް ބެލެހެއްޓުން.
  • ފައިސާ އާއި ބެހޭ ކަންތައް ތަކުގައި ބޭންކް ތަކަށް ދިއުމާއި، ފައިސާ ނެގުުމާއި ޖަމާކުރުން.
  • ކުރިއަށްއޮތް އަހަރަށް ލަފާކުރާ ބަޖެޓް ތައްޔާރު ކުރުމަށް ބޭނުންވާ މަޢުލޫމާތު އެއްކޮށް އެކަމަށް ތައްޔާރުވުމާއި ކުރިޔަށް އޮންނަ 3 އަހަރަށް ލަފާކުރާ ބަޖެޓް ތައްޔާރުކުރުމަށްފަހު މިނިސްޓްރީ އޮފް ފިނޭންސް އިން ދޭ މުއްދަތުގެ ތެރޭގައި އެ މަސައްކަތްކޮށް ނިންމާ ފޮނުވުމަށް ކުރަންޖެހޭ މަސައްކަތް ކުރުން.
  • މި ސަރވިސް އިން ފައިސާ ދައްކަންޖެހޭ ބިލްތަކަށް ދައުލަތުގެ މާލިއްޔަތު ޤަވާޢިދާއި އެއްގޮތަށް ޕޭމަންޓް ވައުޗަރ ތައްޔާރުކޮށް 3 ދުވަސްތެރޭގައި ނުވަތަ ބިލްގެ މުއްދަތު ހަމަވުމުގެ ކުރިން ފައިސާ ދެއްކުމަށްޓަކައި މިނިސްޓްރީ އޮފް ފިނޭންސްގެ ސެޕް ސިސްޓަމަށް އެޅުމަށްފަހު ޕޯސްޓް ކުރުމަށް ޙަވާލުކުރުމާއި، ބާކީ ޖެހުމަށްފަހު ބިލް ނުލިބޭ ފޯމުތަކުގެ މަޢުލޫމާތު ޕްރޮކިއުމެންޓަށް ފޮނުވުން.

 

  • ދައުލަތުގެ މާލިއްޔަތު ޤަވާޢިދާއި އެއްގޮތަށް ކޮންމެ މަހެއްގެ މުސާރަ ދިނުމަށްޓަކައި، ފިނޭންސް މިނިސްޓްރީން އަންގާ މުއްދަތުގައި، ސެޕްސިސްޓަމަށް އެޅުމާއި، ޕޯސްޓް ކުރުވުމާއި، މިނިސްޓްރީ އޮފް ފިނޭންސްއިން އެމަހަކަށް ކަނޑައަޅާ އެންމެ ފަހު ދުވަހުގެ ކުރިން މުވައްޒަފުންގެ މުސާރައިގެ އެންމެހާ ކަންކަން ފުރިހަމަކޮށް ނިންމުން.
  • ފައިނޭންސް ޔުނިޓްގެ އީމެއިލް ކޮންމެ މަސައްކަތު ދުވަހަކު މަދުވެގެން 2 ފަހަރު ޗެކް ކުރުމާއި، މިނިސްޓްރީ އޮފް ފިނޭންސްގެ ވެބްސައިޓް ކޮންމެ ރަސްމީދުވަހަކު 1 ފަހަރު ޗެކްކޮށް އައު ސަރކިއުލަރ ތައް ޗެކްކޮށް ފައިނޭންސާގުޅޭ ސަރކިއުލަރތައް ޕްރިންޓްކޮށް ވަގުތުން އެންޓްރީއަށް ފޮނުވާ އެހެނިހެން މުވައްޒަފުންގެ ސަމާލުކަމަށް ގެނައުން.
  • ދައުލަތުގެ މާލިއްޔަތު ޤާވާޢިދާއި އެެއްގޮތަށް ޕޭމަންޓް ވައުޗަރ ރަޖިސްޓްރީ ބެލެހެއްޓުމާއި، މަހަކު އެއްފަހަރު ޚަރަދު ރިޕޯރޓް ތައްޔާރުކޮށް މިނިސްޓްރީ އޮފް ފިނޭންސްއަށް ޤަވާޢިިދުން ފޮނުވުން.
  • އީ ގަވަރމަންޓް މެދުވެރިކޮށް ފޮނުވަންޖެހޭ ލިޔެކިޔުންތައް ދުވަހުން ދުވަހަށް ފޮނުވުމާއި، އަދި މިނޫންވެސް އީ ގަވަރމެންޓް މެދުވެރިކޮށް ކުރުމަށް އޮފީހުން ޙަވާލުކުރެވޭ މަސައްކަތްތައް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

 

  1. ފައިނޭންސް އެންޑް އެކައުންޓިންގ މަސައްކަތަގުޅޭ ދާއިރާގައި އުޅެ ތަޖުރިބާ ލިބިފައިވުން.
  2. މައިކްރޯސޮފްޓް އޮފީސް ޕެކެޖަށް އަހުލުވެރިވެފައިވާ މިންވަރު.
  3. ވަޒީފާއާ ބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދު އަދި މާލިއްޔަތާ ބެހޭ ޤަވާއިދަށް އަހުލުވެރި ވެފައިވާ މިންވަރު.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލްސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ) މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން، އަދި މިސަރވިސްގެ ވެބްސައިޓުންނާއި، މިސަރވިސް އިން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު. ( ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް )
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓުތަކާއި ޓްރާސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒުކުން ދޫކޮށްފައިވާ ތައުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުއްޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުއްޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

މަގާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަށްޖެހޭ ތަކެތި ހުށަހަޅާނީ 2019 ސެޕްޓެމްބަރ 15 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެވެ.  އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަރވިއު ( އިމްޠިޙާނާއި ޕްރެޒެންޓޭޝަން ) އޮންނާނެ ތަނާއި މުއްތަދު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއުއާއި އިމްތިޙާން ކުރުން 22 ސެޕްޓެމްބަރ 2019 އާއި 30 ސެޕްޓެމްބަރ 2019 އާ ދޭތެރޭގެ ތާރީޚެއްގައި މި ސަރވިސް ގައި އޮންނާނެއެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚު ތަކުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ (10 ) ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުމަށް:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް މި ސަރވިސް ގެ ނަންބަރު 3332612 އަށް ގުޅުއްވުން އެދެމެވެ.

                       24 ޛުލްޙިއްޖާ 1440  

                       25 އޯގަސްޓް  2019     

 

25 އޮގަސްޓް 2019
ހޯދާ