ފ.އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ސީނިޔަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

ފ. އަތޮޅު ތަޢުލީމީ މަރުކަޒު

     ނިލަންދޫ

    ދިވެހިރާއްޖެ

                                            ނަންބަރު: IUL)GS-37-HR/GS-37/2019/38)

އިޢުލާން

މިމަރުކަޒުގެ ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު ހޯދުމަށް ބޭނުންވެއެވެ.

 

މަޤާމް

ސީނިޔަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ނަންބަރު

J-112004

ބޭނުންވާ ޢަދަދު

01

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކު

އެމް.އެސް 01

މަޤާމުގެ ކްލެސިފިކޭޝަން

ސީނިޔަރ އޮފިސަރ ގްރޭޑް 1

މަޤާމް އޮތް އޮފީސް

ފ.އަތޮޅު ތަޢުލީމީ މަރުކަޒު

ވަޒީފާ އަދާކުރަންޖެހޭ ތަން

ފ.އަތޮޅު ތަޢުލީމީ މަރުކަޒު / ފ.ނިލަންދޫ

މުސާރަ

މަހަކު 5610.00 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު 2000.00 ރުފިޔާ

ސަޕޯޓިންގ ކޯ އެލަވަންސް 2

މަހަކު 700.00 ރުފިޔާ

އެހެނިހެން އެލަވަންސް

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް
  2. ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

އިތުރު ޢިނާޔަތްތައް

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. މަރުކަޒުގެ މުވައްޒަފުންނަށް މުސާރަ ދިނުމާއި، ރެކޯޑުތައް ބެލެހެއްޓުން.
  2. ބަޖެޓުން ޚަރަދުކުރަންޖެހޭ ފައިސާގެ ވައުޗަރު ތައްޔާރުކޮށް ފައިސާ ޙަވާލުކުރަންޖެހޭ ފަރާތްތަކާއި އެފައިސާ ޙަވާލުކޮށް ނިންމުމާއި، ރެކޯޑުތައް ބެލެހެއްޓުން.
  3. އެމަހަކު ބަޖެޓުން ޚަރަދުކުރި ފައިސާގެ ރިޕޯޓް ތައްޔާރުކޮށް ޖެހިގެން އަންނަ މީލާދީ މަހުގެ 10 ވަނަ ދުވަހުގެ ކުރިން މިނިސްޓްރީ އޮފް އެޑިއުކޭޝަނަށް ފޮނުވުން.
  4. މަރުކަޒުގެ ބަޖެޓުން ޚަރަދުކުރަންޖެހޭ ފައިސާ އެޑްވާންސްކޮށް ނެގުމަށް ޕޭމަންޓް ވައުޗަރ ހަދާ، މިނިސްޓްރީ އޮފް އެޑިއުކޭޝަނަށް ފޮނުވުމާއި ރެކޯޑުތައް ބެލެހެއްޓުން.
  5. މަރުކަޒުގެ މުވައްޒަފުން ބައިވެރިވެފައިވާ އެކިއެކި ކްރެޑިޓް ސްކީމްތަކަށް ދައްކަންޖެހޭ ފައިސާ، އެމުވައްޒަފުންގެ މުސާރައިން އުނިކޮށް، މަހުންމަހަށް ދެއްކުން.
  6. ކެޕިޓަލް ތަކެތި ހޯދުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ހޯދަންޖެހޭ ހުއްދަ ހޯދުމާއި، އެސެޓް ފޯމާއި ޕޭމަންޓު ވައުޗަރ ތައްޔާރުކޮށް މިނިސްޓްރީ އޮފް އެޑިއުކޭޝަނަށް ފޮނުވުން.
  7. ޗެކް ރަޖިސްޓްރީ ފުރިހަމަކުރުމާއި ޗެކް ފޮތާއި ކައުންޓަރ ފޮއިލްތައް ރައްކާތެރިކަމާއެކު ބެލެހެއްޓުން.
  8. ބަޖެޓް ކޮންޓްރޯލް ތައްޔާރުކޮށް މިނިސްޓްރީ އޮފް އެޑިއުކޭޝަނަށް ފޮނުވުމާއި، އަންނަ ބަދަލުތައް ބަޖެޓް ރިޕޯޓަށް އެރުވުން.
  9. ކުރިއަށް އޮންނަ އަހަރަށް ލަފާކުރާ މަރުކަޒުގެ ބަޖެޓް ތައްޔާރުކުރުން.
  10. ފައިސާއާއި ގުޅޭ ސިޓީ، މެސެޖްތަކަށް ޖަވާބު ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި ރެކޯޑު ބެލެހެއްޓުން.
  11. ހަމަޖެހިފައިވާ އުޞޫލުން އޮފީސް ހުޅުވާ ލެއްޕުން.
  12. ފައިސާއާއި ގުޅިގެން އަންނަ ފޯން ކޯލްތަކަށް ޖަވާބުދިނުން.
  13. ސްކޫލުން ކުރިއަށްގެންދާ ޚާއްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި ސްކޫލުގެ މަސައްކަތުގެ ދާއިރާގެތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

މަޤާމުގެ ޝަރުތުތައް

މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

މަޤާމުގެ ދާއިރާތައް

އެޑްމިނިސްޓްރޭޝަން

މަޤާމުގެ ދާއިރާއާއި ގުޅޭ ތަޢުލީމީ ރޮނގުތައް

  1. ބިޒްނަސް އެޑްމިނިސްޓްރޭޝަން
  2. ބިޒްނަސް މެނޭޖްމަންޓު
  3. ޕަބްލިކް އެޑްމިނިސްޓްރޭޝަން

ހުށައަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މިމަރުކަޒުގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއްއޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

    (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ.

    (ށ) މަތީ ތަޢުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާއި ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ.

8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ

   (ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން.

   (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

ދާއިރާ

ބެލޭނެ ބައިތަށް

މާކްސް

އިންސައްތަ (%)

ކެޓެގަރީގެ ޖުމްލަ އިންސައްތަ

ތަޢުލީމާއި ތަމްރީން

ލިބިފައިވާ ތަޢުލީމު

65

35

40

މަސައްކަތުގެ ދާއިރާއާއި ގުޅޭ ކުރުމުއްދަތުގެ ތަމްރީން

30

5

އިމްތިހާން

ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިހާން

12

5

5

މަސައްކަތުގެ ތަޖުރިބާ

މަޤާމުގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ތަޖުރިބާ

23

15

15

ލިބިފައިވާ ހުނަރު

އިންޓަރވިއު/ޕްރެޒެންޓޭޝަން

100

40

40

ޖުމްލަ

230

100

100

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 03 ސެޕްޓެމްބަރ 2019 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން، ފ.އަތޮޅު ތަޢުލީމީ މަރުކަޒުގެ އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް[email protected]  މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.

އިންޓަރވިއު އާއި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި މުއްދަތު

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އާއި ޕްރެޒެންޓޭޝަން އޮންނާނީ، 04 ސެޕްޓެމްބަރ 2019 އިން 08 ސެޕްޓެމްބަރ 2019 އާއި ދެމެދު ފ.އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ.

ޝޯޓް ލިސްޓުކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ، ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 7952909 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

                                21 ޛުލްޙިއްޖާ 1440

22 އޮގަސްޓު 2019 

22 އޮގަސްޓް 2019
ހޯދާ