ނޭޝަނަލް ޑްރަގް އޭޖެންސީ
ދިވެހިރާއްޖެ
މިއެޖެންސީން ޤަބޫލުކުރާ ދިވެހިރާއްޖެއިން ބޭރު ޤައުމުތަކުގެ ސެންޓަރުތަކާ ގުޅޭ

 

                                                                                          ނަންބަރު: IUL)434-PDER/434/2019/129)

 

މިއެޖެންސީން ޤަބޫލުކުރާ ދިވެހިރާއްޖެއިން ބޭރު ޤައުމުތަކުގެ ސެންޓަރުތަކާ ގުޅޭ


ޤާނޫނު ނަންބަރު 2011/17 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 100 ވަނަ މާއްދާގެ (ހ) ގައި މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ ދަށުން ރީހެބިލިޓޭޝަން އަމުރެއް ކޮށްފައިވާ މީހަކު، ރާއްޖެއިން ބޭރު ޤައުމެއްގެ ފަރުވާދޭ މަރުކަޒެއްގައި ހިންގަމުންގެންދާ ޕްރޮގުރާމެއްގައި ބައިވެރިވެ، ފަރުވާ ލިބިގަތުމަށް ނޭޝަނަލް ޑްރަގް އެޖެންސީއަށް ހުށަހެޅިދާނެކަމަށް ބަޔާންކޮށްފައިވާތީއާއި، ރާއްޖެއިން ބޭރު ޤައުމުތަކުގައި ހިންގާ ފަރުވާދޭ މަރުކަޒުތަކުގެ ތެރެއިން، ނޭޝަނަލް ޑްރަގް އެޖެންސީން ޤަބޫލުކުރާ ފަރުވާދޭ މަރުކަޒުތަކުގެ ލިސްޓެއް މި އެޖެންސީން ޢާންމުކޮށް ޝާއިޢުކުރަންވާނެކަމުގައި އެ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާތީ މިހާރު މި އެޖެންސީއިން ޤަބޫލުކުރާ 03 ސެންޓަރުގެ އިތުރުން ތިރީގައިވާ ފަރުވާދޭ މަރުކަޒަކީވެސް މިއެޖެންސީއިން ޤަބޫލުކުރާ ފަރުވާދޭ މަރުކަޒެއްގެ ގޮތުގައި ހަމަޖައްސައިފީމެވެ.  

  1. ކްރިޕާ ރިވައިވަލް ސެންޓަރ، ބެންގަލޫރު، އިންޑިޔާ

ވީމާ، މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 67 ވަނަ މާއްދާގެ ދަށުން ރީހެބިލިޓޭޝަން އަމުރެއް ކޮށްފައިވާ މީހަކު، މަތީގައިވާ ސެންޓަރުގައި ހިންގާ ޕުރޮގުރާމެއްގައި ބައިވެރިވެ، ފަރުވާ ލިބިގަތުމަށް ބޭނުންވާނަމަ، މި އެޖެންސީއަށް ހުށަހެޅުމުގެ ފުރުޞަތު މިހާރު ފަހިވެފައިވާކަމުގައި ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ، މި އެޖެންސީގެ ނަންބަރު 3312018 ފޯނަށް ގުޅުއްވުން އެދެމެވެ.

21 ޛުލްޙިއްޖާ 1440

22 އޮގަސްޓް 2019

22 އޮގަސްޓް 2019
ހޯދާ