އަރިއަތޮޅު ދެކުނުބުރީ ދިގުރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތެލުގެ ވިޔަފާރި ކުރުމަށް 3 ބިން ކުއްޔަށްދިނުން

އަރިއަތޮޅު ދެކުނުބުރީ ދިގުރަށު ކައުންސިލްގެ އިދާރާ

ދިގުރަށް،ދިވެހިރާއްޖެ.

 

  ނަންބަރު:353/2019/23

އިޢުލާން

ތެލުގެ ވިޔަފާރިކުރުމަށް 3 ބިން ކުއްޔަށް ދިނުން

 

      އދ. ދިގުރަށު ބަނދަރާދިމާލުން ( އޮއިކޮޅުން  ) ތެލުގެ ވިޔަފާރި ކުރުމަށް ޖެހިޖެހިގެން 1000 އަކަފޫޓްގެ 3 ބިން 10 އަހަރުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ބޭނުންވެއެވެ.

      ވީމާ، މި ބިންތައް ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކުން 16 ސެޕްޓެމްބަރ 2019 ވާ ހޯމަ ދުވަހުގެ 13:00 އަށް ފުރިހަމަކޮށްފައިވާ "ތެޔޮބިން ކުއްޔަށް ހިފުމަށް އެދޭ ފޯމް" ހިފައިގެން ކައުންސިލް އިދާރާއަށް ދުރުވެދެއްވުން އެދެމެވެ. ހުށަހަޅާ ފޯމުތައް އިވެލުއޭޓްކުރުމަށްފަހު ބިން ކުއްޔަށް ދޫކުރާނެ ފަރާތެއް ކަނޑައެޅުމުގައި ބެލެވޭނީ، ބިން ކުއްޔަށް ހިފާފަރާތުން ކުރުމަށް ކަނޑައަޅާފައިވާ ކަންކަން ކުރުމާއެކު އެންމެ ބޮޑު ކުއްޔެއް ހުށަހަޅާފަރާތެކެވެ. މި ބިމަށް ހުށަހެޅޭނެ އެންމެ ކުޑަ ކުއްޔަކީ، ސަރުކާރުން ކަނޑައަޅާފައިވާ ގޮތުގެމަތިން އަކަފޫޓަކަށް 80 ލާރިއެވެ.

މި ބިންތަކަކީ، ތެލުގެ ބާވަތްތައް ވިއްކުމާއި ސްޓޯރ ކުރުމަށް ކަނޑައެޅިފައިވާ ބިންތަކަކަށްވާތީ، މި ބިންތަކުގައި ތެލުގެ ވިޔަފާރި ކުރުން ފިޔަވައި އިތުރު ކަމެއް ނުކުރެވޭނެއެވެ.

" ތެޔޮބިން ކުއްޔަށް ހިފުމަށް އެދޭ ފޯމް" ރަސްމީގަޑީގައި -/200 ރުފިޔާއަށް ގަންނަން ކައުންސިލް އިދާރާއިން ލިބެންހުންނާނެއެވެ.

      ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

      21 ޛުލްޙިއްޖާ 1440

      22 އޮގަސްޓް 2019

 

މުޙައްމަދު ޝިރުޚާން

ކައުންސިލްގެ ނާއިބުރައީސް

 

22 އޮގަސްޓް 2019
ހޯދާ