މިލަދުންމަޑުލު އުތުރުބުރީ ޅައިމަގު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިފަރާތުގެ ސަކުވާއެއްވޭތޯ ބެލުން

     ކައުންސިލުން ކުނިކަހާ ބަލަހައްޓަމުންގެންދާ ސަރަހައްދު (ރޭނިގެ އިރުމަތި) ގައި ހުރި ރުއްގަހުގެ ވެރިފަރާތާމެދު އެއްވެސް ޝަކުވާއެއް ވޭތޯ ބެލުމަށް ބޭނުންވެއެވެ.

     ވީމާ، މިސަރަހައްދުގައި މިއިދާރާއިން 1 ން 8 ށް ރަތްކުލައިން ނަންބަރު ޖަހާ، ރަތްބަންދު އަޅާފައިވާ ރުއްގަހުގެ ވެރިފަރާތާމެދު އެއްވެސް ސަކުވާއެއްވާނަމަ އެކަން 27 އޮގަސްޓް 2019 ވާ އަންގާރަ ދުވަހުގެ 14:00 ކުރިން މިއިދާރާއަށް ލިޔުމުން އެންގެވުމަށް ދަންނަވަމެވެ. މިގޮތަށް އަންގަވާއިރު އެތަކެތީގެ ލިސްޓެއް މިއިދާރާއިން ޖަހާފައިވާ ކަނޑާނަންބަރު އިގޭނެގޮތަށް ހުށަހެޅުމަށްވެސް ދަންނަވަމެވެ. އަދި މިމުއްދަތުގެ ތެރޭގައި އެއްވެސް ސަކުވާއެއް ހުށަނާޅާނަމަ ބެލެވޭނީ އެތަކެތީގެ ވެރިފަރާތާމެދު ސަކުވާއެއް ނެތީކަމުގައެވެ.

     މިހެންވެމިކަން ޢާންމުކޮށް އެންގުމަށްޓަކާ އިޢުލާންކުރީމެވެ.

20 އޮގަސްޓް 2019
ހޯދާ