މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ހެލްތަށް ބޭނުންވާ މެޝިނަރީޒް އާއި އިކްވިޕްމެންޓް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

 

          މިނިސްޓްރީ އޮފް ހެލްތަށް ބޭނުންވާ މެޝިނަރީޒް އާއި އިކްވިޕްމެންޓް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 25 އޯގަސްޓް 2019 ވާ އާދިއްތަ ދުވަހުން ފެށިގެން 29 އޯގަސްޓް 2019 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ހެނދުނު 09:00 އިން 13:00 އާއި ދޭތެރޭ މި މިނިސްޓްރީގެ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ރިސެޕްޝަން އަށް ވަޑައިގެން ރެޖިސްޓަރ ކުރެއްވުން އެދެމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް ރެޖިސްޓަރ ވުމަށްފަހު ލިބިވަޑައިގަންނަވާނެއެވެ. އަދި 01 ސެޕްޓެމްބަރ 2019 ވާ އާދިއްތަ ދުވަހު ހެނދުނު 09:00 ގައި ޕްރީބިޑް ސެޝަންއެއް މި މިނިސްޓްރީި (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައި އޮންނާނެއެވެ.

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 04 ސެޕްޓެމްބަރ 2019 ވާ ބުދަަ ދުވަހުގެ ހެނދުނު 09:00 ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ.

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 01 ސެޕްޓެމްބަރ 2019 ވާ އާދިއްތަ ދުވަހު ހެނދުނު 09:00  ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރަން ވަޑައި ނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހަޅަންވަޑައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމަވެ.

20 ޒުލްހިއްޖާ 1440

21 އޮގަސްޓް 2019
ހޯދާ