މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ދިވެހިރާއްޖެ
250 ބޭފުޅުންނަށް ފަރިއްކޮޅެއް ތައްޔާރު ކުރުން

`

 

މިނިސްޓްރީ އޮފް ހޯމްއެފެއާޒް

     މާލެ، ދިވެހިރާއްޖެ.                                           

                                         ނަމްބަރ: IUL 10-F/10/2019/96

އިޢުލާން

  މިއަހަރުގެ މިނިވަން ދުވަހުގެ ރަސްމިއްޔާތުގެ އެކިއެކި ކަންތައްތަކުގައި ބައިވެރިވެ ވަޑައިގެންނެވި ފަރާތްތަކާއި މިނިސްޓަރ އޮފް ހޯމްއެފެއާޒް 03 ސެޕްޓެންބަރު 2019 (އަންގާރަ) ދުވަހުގެ ރޭ ދަރުބާރުގޭގައި ބައްދަލުކޮށްލެއްވުމަށް ބާއްވާ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަންނަވާ 250 ބޭފުޅުންނަށް ރޭގަނޑުގެ ފަރިއްކޮޅެއް ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މިމަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 26  އޮގަސްޓް 2019 ވާ ހޯމަ ދުވަހުގެ 13:30 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 29 އޮގަސްޓް 2019 ވާ  ބުރާސްފަތި ދުވަހުގެ 13:30 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި،ގަޑިއަށް ވަޑައި ނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެކަމުގައި ދެންނެވީމެވެ.

20 ޒުލްޙިއްޖާ 1440

‏21  އޮގަސްޓް  2019 

 

21 އޮގަސްޓް 2019
ހޯދާ