މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
ހަކަތަ ބޭނުންކުރާ ސާމާނު ހޯދުމުގައި "ލައިފް ސައިކަލް ކޯސްޓިންގ" އަށް ރިޔާއަތްކޮށް ޕްރޮކިޔުމަންޓް އުސޫލެއް ތައްޔާރުކުރުމާއި ބެހޭ (ދެވަނަ އިއުލާން)

 

ހަކަތަ ބޭނުންކުރާ ސާމާނު ހޯދުމުގައި "ލައިފް ސައިކަލް ކޯސްޓިންގ" އަށް ރިޔާއަތްކޮށް ޕްރޮކިޔުމަންޓް އުސޫލެއް ތައްޔާރުކުރުމާއި ބެހޭ (ދެވަނަ އިއުލާން) 

އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ދަޢުވަތު

"ސްޓްރެންތެނިންގ ލޯ ކާބަން އެނަރޖީ އައިލެންޑް ސްޓްރެޓެޖީސް" މަޝްރޫޢުއަކީ މި މިނިސްޓްރީއާއި އ.ދ ގެ ތިމާވެއްޓާއިބެހޭ ޖަމްޢިއްޔާ ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔޫ އެން އެންވަޔަރަންމަންޓް) ގުޅިގެން ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖީ.އީ.އެފް) ގެ އެހީގެ ދަށުން، ކުރިއަށް ގެންދާ މަޝްރޫޢުއެކެވެ. މި މަޝްރޫޢުގެ މައިގަނޑު ބޭނުމަކީ، އިމާރާތްތަކުން ޖައްވަށްބޭރުކުރެވޭ ވިހަގޭސް (ގްރީންހައުސް ގޭސް) މަދުކޮށް މި ދާއިރާއިން ހަކަތަ އިސްރާފުކުރުން މަދުކުރުމާއި އަދި ތިމާވެއްޓައި ރައްޓެހިގޮތުގައި ހަކަތަ ބޭނުންކުރުން އިތުރުކުރުމެވެ. މިގޮތުން މިކަމާގުޅުންހުރި ސިޔާސަތުތަކާއި މިންގަނޑުތައް އެކުލަވާލުން ވެސް މި މަޝްރޫޢުގެ މަޤްސަދުތަކުގެ ތެރޭގައި ހިމެނެއެވެ. 

މި މަޝްރޫއުގެ ތެރެއިން ހަކަތަ ބޭނުންކުރާ ސާމާނު ހޯދުމުގައި "ލައިފް ސައިކަލް ކޯސްޓިންގ" އަށް ރިޔާއަތްކޮށް ޕްރޮކިޔުމަންޓް އުސޫލެއް ތައްޔާރުކޮށްދީ އެކަމާއި ގުޅޭ ތަމްރީން ޕްރޮގްރާމެއް ހިންގައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

މިގޮތުން މިމަސައްކަތަށް ޝައުޤުވެރިވާ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު  IUL)438-CCD/438/2019/178) އިއުލާނާއި ގުޅިގެން އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ، އެއިއުލާން ބާތިލްކޮށް އަލުން މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

މި މަސައްކަތުގެ " ޓާރމްސް އޮފް ރިފަރެންސް " މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް އެޓޭޗް ކޮށްފައި ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.

މަޢުލޫމާތު ސާފުކުރުން

މި މަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީ-މެއިލް ކުރައްވާނީ 27  އޮގަސްޓް 2019 ވާ އަންގާރަ ދުވަހުގެ 00:00 ގެ ކުރިން، ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ. އަދި އިސްވެދެންނެވުނު ސުންގަޑި ހަމަވުމުގެ ކުރިން ހުށަހެޅޭ ސުވާލުތަކުގެ ޖަވާބުތައް މިނިސްޓްރީގެ ވެބްސައިޓް (www.environment.gov.mv) މެދުވެރިކޮށް 29 އޮގަސްޓް 2019 ވާ ބުރާސްފަތި ދުވަހު އެރުވޭނެއެވެ.

ބީލަން ހުށަހެޅުން

ބީލަން ހުށަހަޅުއްވާނީ 08 ސެޕްޓެމްބަރު 2019 ވާ (އާދިއްތަ) ދުވަހުގެ 11:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތަކާއި ކުރިންދެންނެވުނު ކަންތައްތައް ފުރިހަމަނުވާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ

ބީލަން ވެލިޑިޓީ އަދި ބީލަން ހުޅުވުން

ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 08 ސެޕްޓެމްބަރު 2019 ވާ (އާދިއްތަ) ދުވަހުގެ 11:15 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގައި މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. ބީލަމުގެ މުއްދަތަކީ ބިޑް ހުށަހަޅާ ތާރީޚުން ފެށިގެން 60 ދުވަސް އޮންނަންވާނެއެވެ.

 

އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

 

“Do not Open Before 08th September 2019 at 1115 – Development of procurement process based on life cycle costing” and the submitting party’s name and address

Procurement Section                                                                                              

Ministry of Environment

Green Building, Handhuvaree Hingun, Maafannu

Male’, 20392, Republic of Maldives

Email: [email protected]

Website: www.environment.gov.mv

Project name: Strengthening Low Carbon Energy Island Strategies (LCEI)

Announcement number: (IUL)438-CCD/438/2019/223 

 ނޯޓް:

މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓަށް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާތިލުކުރުމުގެ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްއަށް ލިބިގެންވެއެވެ.

21 އޮގަސްޓް 2019
ހޯދާ