ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

މަޤާމް:               އެސިސްޓަންޓް ބަޖެޓް އޮފިސަރ (ގްރޭޑް 1)

ބޭނުންވާ ޢަދަދު:         1 (އެކެއް)

މުސާރަ:              -/6,185 ރުފިޔާ

ލިވިންގ އެލަވަންސް:      -/3,000 ރުފިޔާ

ރިސްކް އެލަވަންސް:       -/1,000 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން:  މާލެ

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:   ބަޖެޓްގެ މަސައްކަތްތަކާއި ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުން

 

ފެންވަރު ނުވަތަ ޝަރްޠު:  ލަންޑަން ޖީ.ސީ.އީ. އޭ ލެވެލް ނުވަތަ އެފެންވަރުގެ އިމްތިޙާނަކުން 3 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު، އެސް.އެސް.ސީ އިމްތިޙާނުން "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

 

އިތުރު އެލަވަންސް: މި މަޤާމަށް ލީގަލް ސަޕޯޓް އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ 20 އިންސައްތަ އާއި، ޙާޟިރީ އެލަވަންސްގެ ގޮތުގައި އޮފީހަށް ޙާޟިރުވާ ކޮންމެ ދުވަހަކަށް -/100 ރުފިޔާގެ ރޭޓުން އެލަވަންސް ލިބޭނެއެވެ. އަދި އިތުރުގަޑީގައި މަސައްކަތްކުރައްވާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ  ލިބޭނެއެވެ.

 

ވީމާ، މި މަޤާމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 28 އޮގަސްޓު 2019 ވަނަ ދުވަހުގެ 14:00 ގެ ކުރިން ވަޒީފާއަށްއެދޭ ފޯމް ފުރިހަމަކުރެއްވުމަށްފަހު، މި އޮފީހަށް ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު: 3003289 ފޯނާ ގުޅުއްވުން އެދެމެވެ.

 

ނޯޓް: މަޢުލޫމާތު ފުރިހަމަނުވާ ފޯމްތަކާއި މަޤާމުގެ ޝަރުޠު ފުރިހަމަނުވާ ފޯމްތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. ފޯމް ބަލައިގަންނާނީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު 12:00 އިން 14:00 އަށެވެ.

 

ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:

1- ތަޢްލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު (ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއަކުންނަމަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން އެކްރެޑިޓް ކުރެވިފައިވާ ކޮޕީ)

2- ވަނަވަރު

3- ދރއ. ކާޑުގެ ކޮޕީ

4- ލިބިފައިވާ މަސައްކަތު ތަޖުރިބާ ދަލީލުކޮށްދޭ ލިއުން

 

20 ޛުލްޙިއްޖާ 1440

21 އޮގަސްޓް 2019
ހޯދާ