މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ކޮމްޕިއުޓަރ ގަތުމަށް ބޭނުންވެއްޖެ

ބީލަން ހުށަހެޅުމުގެ ދަޢުވަތު

1 ސްކޫލްތަކަށް ބޭނުންވާ ތިރީގައި މިދަންނަވާ މެޝިނަރީ ވިއްކުމަށް ޝައުގުވެރިވާ ފަރާތެއް ހޯދުމަށް ކުރެވުނު މިމިނިސްޓްރީގެ ނަންބަރު: IUL)22-PU/22/2019/137) އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަގުތައް ބޮޑުކަމަށް ފެންނާތީ، އެއިޢުލާން ބާތިލް ކުރުމަށްފަހު މިތަކެތި ހޯދުމަށް 2 ވަނަ ފަހަރަށް އިޢުލާން ކުރީމެވެ. މިމަސައްކަތަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

  150 ކޮމްޕިއުޓަރ ސިސްޓަމް

  150 ޔޫ.ޕީ.އެސް

2 މިޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2019 އޯގަސްޓް 21 ން 2019 އޯގަސްޓް 27 ށް ބަންދުނޫން ދުވަސްތަކުގެ 8:00 އިން 14:00 އަށް މިމިނިސްޓްރީގެ ރިސެޕްޝަނަށް ވަޑައިގެން ނަންނޯޓް ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.

3 މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019 އޯގަސްޓް 29 ވަނަ ދުވަހުގެ 11:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

4 ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2019 ސެޕްޓެމްބަރު 04 ވަނަ ދުވަހުގެ 11:00 ގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ 09 ވަނަ ފަންގިފިލާ ޕްރޮކިއުމަންޓް ސެކްޝަންގައެވެ.

5 މިމަސައްކަތަށް ބިޑް ސެކިއުރިޓީގެ ގޮތުގައި -/10,000 ރުފިޔާ ހުށަހަޅަންވާނެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 30 ދުވަހެވެ.

6 މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

7 ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޕްރޮކިއުމަންޓް ސެކްޝަން

މިނިސްޓްރީ އޮފް އެޑިޔުކޭޝަން

އަމީރު އަޙްމަދު މަގު، މާލެ، ދިވެހިރާއްޖެ.

ފޯން:  3341403, 3341436

އީ-މެއިލް: [email protected]

ކޮޕީ-މެއިލް: [email protected]

20 އޮގަސްޓް 2019
ހޯދާ