މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ހެލްތަށް ފަޔަރވޯލް ހޯދަދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

 

          މިނިސްޓްރީ އޮފް ހެލްތަށް ފަޔަރވޯލް އަދި ފައިބަރ ޕެޗް ކޯޑް ހޯދަދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަމްބަރ: IUL)23-AP/23/2019/78) (މާރިޗު 14 2019) އިއުލާނާއި ގުޅިގެން ފަޔަރވޯލް ސަޕްލައިކޮށްދިނުމަށް ހުށަހަޅާފައިވާ ފަރާތްތަކުގެ އަގުތައް ބޮޑުކަމަށް ފެންނާތީ މި އިއުލާނުގައިވާ ފަޔަރވޯލް ސަޕްލައިކުރުން ބާތިލްކޮށް އަލުން ފުރުސަތު ހުޅުވާލެމެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 20 އޯގަސްޓް 2019 ވާ އަންގާރަ ދުވަހުން ފެށިގެން 22 އޯގަސްޓް 2019 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ހެނދުނު 09:00 އިން 13:00 އާއި ދޭތެރޭ މި މިނިސްޓްރީގެ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ރިސެޕްޝަން އަށް ވަޑައިގެން ރެޖިސްޓަރ ކުރެއްވުން އެދެމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް ރެޖިސްޓަރ ވުމަށްފަހު ލިބިވަޑައިގަންނަވާނެއެވެ. އަދި 25 އޯގަސްޓް 2019 ވާ އާދިއްތަ ދުވަހު ހެނދުނު 10:30 ގައި ޕްރީބިޑް ސެޝަންއެއް މި މިނިސްޓްރީި (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައި އޮންނާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 28 އޯގަސްޓް 2019 ވާ ބުދަަ ދުވަހުގެ މެންދުރު 12:00 ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ.

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 25 އޯގަސްޓް 2019 ވާ އާދިއްތަ ދުވަހު ހެނދުނު 10:30 ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރަން ވަޑައި ނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހަޅަންވަޑައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމަވެ.

18 ޒުލްހިއްޖާ 1440

19 އޮގަސްޓް 2019
ހޯދާ