ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ހިއުމަން ރައިޓްސް ކޮމިޝަނުގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުރުސަތު

ކޯޕަރޭޓް އެފެއާޒް ޑިޕާޓްމަންޓް

މަޤާމު:            

އެސިސްޓެންޓް އައިސީޓީ އޮފިސަރ

ބޭނުންވާ ޢަދަދު:       

01 (އެކެއް)

މަސައްކަތް ކުރަންޖެހޭ ތަން:

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް / ކ. މާލެ

މުސާރައާއި ޢިނާޔަތްތައް:  

- މުސާރަ: މަހަކު -/9,550 ރުފިޔާ

- ލިވިންގ އެލަވަންސް -/3000 ރުފިޔާ

- ސާރވިސް އެލަވަންސް -/3500 ރުފިޔާ

 މީގެ އިތުރުން ބަންދު ދުވަސްތަކާއި ނުރަސްމީގަޑީގައި މަސައްކަތްކޮށްފިނަމަ ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ރަސްމީ ގަޑި:         

ހެނދުނު 8:00 އިން  މެންދުރުފަހު 15:00 އަށް                            

ޝަރުތު:            

  1. މަސައްކަތާ ގުޅޭ ދާއިރާއަކުން ޑިޕްލޮމާ (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ގެންގުޅޭ މިންގަޑުގެ 5 ވަނަ  ސަނަދު) ޙާސިލް ކޮށްފައިވުމާއެކު މަޤާމާގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ 
  1. މަސައްކަތާ ގުޅޭ ދާއިރާއަކުން އެޑްވާންސް ސެޓްފިކެޓް (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ގެންގުޅޭ މިންގަނޑުގެ 4 ވަނަ ސަނަދު) ޙާސިލްކޮށްފައި ވުމާއެކު މަސައްކަތާ ގުޅޭ  ދާއިރާއެއްގައި 5 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން

މަޤާމުގެ މަސްޢޫލިއްޔަތު:   

  1. ކޮމިޝަނުގެ ސަރވަރ ބެލެހެއްޓުމާއި ސަރވަރއަށް ދިމާވާ މައްސަލަތައް ޙައްލުކޮށް ސަރވަރގެ ސެކިއުރިޓީ ބެލެހެއްޓުން.
  2. ކޮމިޝަނުގެ ނެޓްވާރކް ބެލެހެއްޓުމާއި ނެޓްވަރކަށް ދިމާވާ މައްސަލަތައް ޙައްލުކޮށް ނެޓްވަރކްގެ ސެކިއުރިޓީ ބެލެހެއްޓުން.
  3. ކޮމިޝަނުގެ ކޮމްޕިއުޓަރުތައް ބެލެހެއްޓުމާއި މަރާމާތުކުރަންޖެހޭ ކޮމްޕިއުޓަރުތައް މަރާމާތުކުރުމާއި ކޮމްޕިއުޓަރުތަކަށް އެންޓި-ވައިރަސް އަޅައި ބެލެހެއްޓުން.
  4. އޮފީހުގެ ޕްރިންޓަރު، ސްކޭނަރ ފަދަ ތަކެއްޗަށް ދިމާވާ މައްސަލަތައް ޙައްލުކުރުން.
  5. ކޮމިޝަނުގެ ވެބްސައިޓު ދުވަހުން ދުވަހަށް އަޕްޑޭޓްކޮށް ބެލެހެއްޓުން.
  6. ކޮމިޝަނުގައި ބޭނުންކުރާ ޑޭޓާބޭސްތައް މެނޭޖްކޮށް ގެންނަންޖެހޭ ބަދަލުތައް ގެނައުން.
  7. އެން.ސީ.އައި.ޓީއާއި ގުޅިގެން ބަލަހައްޓަންޖެހޭ އީ-ގަވަމަންޓް ނެޓްވޯރކްގެ އެންމެހާ މަސައްކަތެއް ބެލެހެއްޓުން.
  8. ކޮމިޝަނުގެ ޕީ.އޭ.ބީ.އެކްސް ސިސްޓަމް ބެލެހެއްޓުން.
  9. ކޮމިޝަނުގައި ބޭނުންކުރާ ޚާއްޞަ ސޮފްޓްވެއަރތަކާއި ޕްރޮގްރާމްތަކަށް ދިމާވާ މައްސަލަތައް ޙައްލުކުރުން.
  10. ކޮމިޝަނުގެ އޮޓޮމޭޝަނާ ގުޅުންހުރި ކަންކަމުގައި ޑިރެކްޓަރަށް ލަފާދީ އެ ކަންތައްތައް ޙައްލުކުރުމަށް ކުރެވެންހުރި މަސައްކަތް ކުރުން.  
  11. ކޮމިޝަނަށް ބޭނުންވާ އައި.ޓީއާ ގުޅުންހުރި ތަކެތި ފާހަގަކޮށް، އެތަކެތި ލިބެންހުރި ތަންތައް ފާހަގަކޮށް ޑިރެކްޓަރާ ޙިއްޞާކުރުން.
  12. ކޮމިޝަނުން މާލޭގައި ބާއްވާ ވާރކްޝޮޕްތަކާއި ސެމިނާ ފަދަ ބައްދަލުވުންތައް ފެށުމުގެކުރިން އެތަނުގައި ހަދަންޖެހޭ ކޮމްޕިއުޓަރާއި / ލެޕްޓޮޕާއި ޕްރޮޖެކްޓަރާއި ސައުންޑް ސެޓްއަޕް ހެދުން.
  1. މަސައްކަތާ ގުޅޭ ގޮތުން މީޑިޔާ ޕްރޮގްރާމްތަކުގައި ކޮމިޝަން ތަމްސީލުކޮށް މައުލޫމާތުދޭން ޖެހިއްޖެނަމަ އެފަދަ ޕްރޮގްރާމްތަކުގައި ބައިވެރިވެ މައުލޫމާތު ދިނުން. 
  2. ކޮމިޝަނުން ބޭނުންވެއްޖެ ހާލަތެއްގައި ކޮމިޝަނުން ރާވާ ދަތުރުތަކުގައި ބައިވެރިވުން.
  3. އަދި މިނޫންވެސް ކޮމިޝަނުން ކުރާ އެހެނިހެން މަސައްކަތްތަކާއި ހިންގާ ޙަރަކާތްތަކުގައި ބައިވެރިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:  

  1. ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. މަޤާމުގެ ޝަރުޠުތަކުގެ ތެރޭގައި ބަޔާންކޮށްފައިވާފަދަ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ އެޓެސްޓްކޮށްފައިވާ ކޮޕީ. (ހުށަހަޅާ ސެޓްފިކެޓަކީ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ހަދާފައިވާ ކޯހެއްގެ ސެޓްފިކެޓެއްނަމަ، ހުށަހަޅަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށް، އެޓެސްޓް ކޮށްފައިވާ ކޮޕީއެކެވެ).
  3. ސެޓްފިކެޓް ނުލިބި ވާނަމަ ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމެންޓް ރިޕޯޓްގެ އަސްލާއެއްގޮތް ކަމުގެ ތައްގަނޑު ޖަހާފައިވާ ކޮޕީ.
  4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  5. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  6. ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ މިހާރުވެސް ވަޒީފާއެއް އަދާކުރަމުންދާ ފަރާތެއްނަމަ އެ ވަޒީފާތަކުގައި ހޭދަވީ މުއްދަތާއި އެ ވަޒީފާތަކުގެ މަސްއޫލިއްޔަތުތައް އެނގޭނެ ފަދަ އެޓެސްޓްކޮށްފައިވާ ލިޔުން

ސުންގަޑި:          

 2019 ސެޕްޓެންބަރު 02 ވަނަ ދުވަހުގެ 13:30 ގެ ކުރިން                    

އެހެނިހެން:          

  1. މިމަޤާމަށް ހޮވޭ ފަރާތްތަކުން 3 މަސްދުވަހުގެ ޕްރޮބޭޝަން މުއްދަތު ފުރިހަމަ ކުރަންވާނެއެވެ. 3 މަސް ހަމަވުމަށްފަހު އިތުރަށް ވަޒީފާގައި ބެހެއްޓުމާމެދު ގޮތެއް ނިންމާނީ ޕްރޮބޭޝަން މުއްދަތުގެ  މަސައްކަތު ފެންވަރަށް ބަލައި ކޮމިޝަނުންނެވެ.
  2. ސާރވިސް އެލަވަންސްއާއި ލިވިންގ އެލަވަންސް ލިބޭނީ ޕްރޮބޭޝަން މުއްދަތު ހަމަވުމަށްފަހު އިތުރަށް ވަޒީފާގައި ބެހެއްޓުމަށް ކޮމިޝަނުން ނިންމައިފިނަމަ ވަޒީފާ ދާއިމީ ކުރާ ތާރީޚުން ފެށިގެންނެވެ.
  3. މި މަޤާމަށް ކޮމިޝަނުގެ މުވައްޒަފަކު ހޮވުނުކަމުގައި ވީނަމަވެސް 3 މަސްދުވަހުގެ ޕްރޮބޭޝަން މުއްދަތު ގުނޭނެއެވެ. އެހެންނަމަވެސް އެހެނިހެން އެލަވަންސްތައް މެދުނުކެނޑި ލިބޭނެއެވެ.
  4. މި މަޤާމުގެ އިންޓަވިއުއަށް ދެންނެވޭނީ ގިނަވެގެން 10 ކެނޑިޑޭޓުންނަށެވެ. މިމަޤާމަށް 10 ފަރާތަށް ވުރެން އިތުރަށް ކުރިމަތިލައްވައިފިނަމަ ޝޯޓް ލިސްޓް ކުރުމަށް ފުރަތަމަ ދެވޭނީ ތިއަރީ ޓެސްޓެކެވެ. އިންޓަވިއުއަށް ދެންނެވޭނީ ތިއަރީ ޓެސްޓްގެ ނަތީޖާއާއި ތަޢުލީމީ ފެންވަރަށް ބަލައި، އެންމެ މަތިން މާކްސް ލިބޭ 10 ފަރާތަށެވެ.
  5. މި މަޤާމަށް 10 ފަރާތަށްވުރެ މަދުން ކުރިމަތިލައިފިނަމަ، ތިއަރީ ޓެސްޓް ދޭނީ އިންޓަރވިއު އޮންނަ ދުވަހު، އިންޓަވިއުގެ ފަހުންނެވެ.
  6. މި މަޤާމަށް ކުރިމަތިލާ ފަރާތްތަކަށް ދެވޭ ތިޔަރީ ޓެސްޓާއި އިންޓަވިއު އޮންނާނީ  ކޮމިޝަނުގެ މައި އިދާރާ (މއ. އުތުރު ވެހި، 5 ވަނަ ފަންގިފިލާ) ގައެވެ. ތިޔަރީ ޓެސްޓަށް ނުވަތަ އިންޓަވިއުއަށް ވަޑައިގަތުމަށް ކޮމިޝަނުން އަންގާ ދުވަހަށް އެއްވެސް ސަބަބަކާހުރެ ކެނޑިޑޭޓަކަށް ޙާޒިރު ނުވެވިއްޖެނަމަ، ފަހުން ޓެސްޓް ނުވަތަ އިންޓަވިއު ނުދެވޭނެ އެވެ.
  7. ކޮމިޝަނުގެ ވަޒީފާތަކަށް ކުރިމަތިލެވޭނީ ހަގުވެގެން މީލާދީ ގޮތުން ޢުމުރުން 18 (އަށާރަ) އަހަރު ފުރި 55 (ފަންސާސް ފަހެއް) އަހަރު ނުފުރޭ ދިވެހިންނަށެވެ.
  8. ކޮމިޝަނުގެ ވަޒީފާއަކަށް ކޮމިޝަނުގެ މެމްބަރެއްގެ ނުވަތަ ކޮމިޝަނުގެ މުވައްޒަފެއްގެ މަންމަ، ބައްޕަ، ދަރި، ފިރިމީހާ، އަނބިމީހާ، އެއްބަނޑު އެއްބަފާމީހެއް، އެއްބަފާމީހެއް، ނުވަތަ އެއްބަނޑު މީހަކަށް ކުރިމަތި ނުލެވޭނެއެވެ.
  9. މި މަޤާމަށް ހޮވޭ ފަރާތަކީ ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތެއްނަމަ މަޤާމަށް ހޮވުމުން ޕާޓީގެ ރަޖިސްޓްރީއިން ވަކިވާންވާނެއެވެ.
  10. އެޕްލިކޭޝަން ފޯމު ކޮމިޝަންގެ ވެބްސައިޓް އަދި ކައުންޓަރުން ލިބެން ހުންނާނެއެވެ.
  11. އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3003143 ނުވަތަ 3003149 އަށެވެ. އީމެއިލް ކުރައްވާނީ [email protected] އަށެވެ.

                  

 

 

19 އޮގަސްޓް 2019
ހޯދާ