މޯލްޑިވިއަން ބްލަޑް ސަރވިސަސް
ދިވެހިރާއްޖެ
02 ލެބޯޓްރީ ޓެކްނޮލޮޖިސްޓް

 

       
   
     
 

މޯލްޑިވިއަން ބްލަޑް ސަރވިސަސް

މިނިސްޓްރީ އޮފް ހެލްތް

މާލެ / ދިވެހިރާއްޖެ

  ނަންބަރު: (IUL)449/449/2019/02

އިޢުލާން

މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ ތިރީގައި މިދަންނަވާ މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ. މިވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހެކެވެ.

މަޤާމު

ލެބޯރެޓަރީ ޓެކްނޮލޮޖިސްޓް

މަޤާމުގެ ނަންބަރު

J-235152 ، J-235164

ބޭނުންވާ އަދަދު

02 (ދޭއް)

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

އެމް.އެސް 1

މަޤާމުގެ ކްލެސިފިކޭޝަން

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ޑިވިޝަން / ސެކްޝަން

ލެބޯރެޓަރީ އެންޑް ރިސަރޗް ސަރވިސަސް ޑިވިޜަން / ޓީ.ޓީ.އައި އެންޑް އެންޓިބޮޑީ ސްކްރީނިންގ ސެކްޝަން

މަޤާމު އޮތް އޮފީސް

މޯލްޑިވިއަން ބްލަޑް ސަރވިސަސް، ކ. މާލެ

ވަޒީފާ އަދާކުރަންޖެހޭ ތަން

މޯލްޑިވިއަން ބްލަޑް ސަރވިސަސް، ކ. މާލެ

މުސާރަ

-/5610 ރުފިޔާ

ސަރވިސް އެލަވަންސް

-/2500 ރުފިޔާ

އެހެނިހެން އެލަވަންސް

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް
  3. ސަޕޯރޓިންގ ކޯ އެލެވެންސް 2: 700/- ރުފިޔާ
  4. ހަމަޖެހިފައިވާ އުސޫލުން ރިސްކް އެލަވަންސް

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. ލެބޯޓްރީގައި ކުރަންޖެހޭ އަދި ކުރަމުންގެންދާ ހުރިހާ ޓެސްޓްތައް ކުރުމާއި ތެލެސީމިއާ ކުދިންނާއި، ޑޯނަރުންނާއި، ތެލެސީމިއާ ޓެސްޓްކުރަން އަންނަ މީހުންގެ ލޭނެގުން.
  2. ތެލެސީމިއާ ސްކްރީން ކުރުމަށް އަންނަ ފަރާތްތައް ރަޖިސްޓްރީކޮށް ބްލަޑް ސާމްޕަލްތައް ނަގައި ޑައިގްނޯސިސް ކުރުމުގެ ހުރިހާ މަސައްކަތެއްކޮށް ރިޕޯޓްތައް ތައްޔާރުކޮށް ނަތީޖާ ދޫކުރުން.
  3. ލޭ ޕްރޮސެސްކުރުމާއި ލޭގެ މާއްދާތައް ވަކިކުރުމާއި ރައްކާތެރި ލޭ ފޯރުކޮށްދިނުމަށްޓަކައި ކުރަންޖެހޭ ތަހުލީލުތައްކޮށް އޭގެ ރިޕޯޓް ތައްޔާރުކޮށް ފައިލްކޮށް ބެލެހެއްޓުން.
  4. ލެބޯޓްރީގައި ބޭނުންކުރަމުންދާ ހުރިހާ އިކުއިޕްމަންޓްސްތައް މެއިޓެނެންސްކޮށް ދުވަހުން ދުވަހަށް ސާފުކޮށް ބެލެހެއްޓުން.
  5. ލޭ ރައްކާކުރުމާއި، ލޭ ފޯރުކޮށްދިނުމާ ގުޅޭގޮތުންނާއި ތެލެސީމިއާ އެންޑް އަދަރ ހީމަގްލޯބިނޯޕަތީސްއާ ގުޅޭގޮތުން އާންމު ހޭލުންތެރިކަން އިތުރުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  6. ތެލެސީމިއާއަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކުގައި ބައިވެރިވެ އެހީތެރިވެދީ އައުޓްޑޯ ތެލެސީމިއާ ސްކްރީނިންގް ޕްރޮގްރާމްތަކުގައި ބައިވެރިވުން.
  7. ލޭ ހަދިޔާކުރުމާ ބެހޭގޮތުން އާންމު ހޭލުންތެރިކަން އިތުރުކުރުމާއި، އަލަށް ލޭ ހަދިޔާ ކުރުމަށް އެދޭ ފަރާތްތައް އިތުރުކޮށް ދާއިމީ ގޮތެއްގައި ލޭހަދިޔާ ކުރުމަށް ބާރުއެޅުމުގެ ގޮތުން ހިންގަންޖެހޭ ޕްރޮގްރާމްތަކުގައާއި ބްލަޑް ކޭމްޕްތަކުގައި ބައިވެރިވުން.
  8. ބްލަޑް ބޭންކް އަދި ލެބޯޓްރީއަށް އަލަށް ބޭނުންވާ ޕްރޮޓޮކޯލްސްތަކާ، އެސް.އޯ.ޕީ ތައް ލިޔުމަށް އެހީތެރިވެދިނުން.
  9. ބްލަޑްބޭންކް އަދި ލެބޯޓްރީއަށް ބޭނުންވާ ތަކެތީގެ ސްޓޮކް އަޕްޑޭޓްކޮށް ހުސްނުވާގޮތަކަށް ސްޓޮކް ބެލެހެއްޓުމަށް އެހީތެރިވުން.
  10. ބަލިމީހަކާއި ބެހޭ ގޮތުން ނުވަތަ އެހެން ގުޅުން ހުރި ފަރާތަކުން އާދަޔާޙިލާފު ކަމެއް ހިގައިފިނަމަ ލަސްނުކޮށް ސްޕަވައިޒަރަށް އެންގުން.
  11. ލެބޯޓްރީއިން ނައްތާލަންޖެހޭ މެޑިކަލް އަދި ނުރައްކާތެރި ތަކެތި ނައްތާލުމުގެ ކުރިން ޑިސްއިންފެކްޓް ކުރުމާއި އެތަކެތި ކަނޑައެޅުފައިވާ އުސޫލުގެ މަތިން ނައްތާލުން.
  12. ލެބޯޓްރީން ދޫކުރާ ނަތީޖާތަށް ދޫކުރުމުގެ ކުރީން ޗެކްކޮށް ބެލުމާއި، ލެބޯޓްރީ އިންވެންޓްރީ ބެލެހެއްޓުން.

މަޤާމުގެ ޝަރުތުތައް

  1. މެޑިކަލް ލެބޯޓްރީ ނުވަތަ މެޑިކަލް ސައިންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުވެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާޞިލްކޮށްފައިވުން.

ގުޅޭ ވަޒީފާގެ ދާއިރާތައް

ލެބޯޓްރީ ސަރވިސް

ތައުލީމީ ރޮނގުތައް

މެޑިކަލް ލެބޯޓްރީ، މެޑިކަލް ސައިންސް

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުންނާއި މިސަރވިސަސްގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެސެޓުފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއިން ޙާޞިލްކޮށްފައިވާ ތަޢުލީމާއި ތަމްރީން
  • މަސައްކަތުގެ ތަޖުރިބާ
  • މަޤާމްގެ މަސައްކަތައް ބޭނުންވާ ހުނަރާއި ފެންވަރާއި، ޤާބިލްކަމާއި އެހެނިހެން ސިފަތައް

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 29 އޮގަސްޓް 2019 ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން، މޯލްޑިވިއަން ބްލަޑް ސަރވިސަސްއަށެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު

މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ، 2019 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހު މޯލްޑިވިއަން ބްލަޑް ސަރވިސަސް ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތްތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.  

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނީ 3321085 ނަންބަރު ފޯނަށެވެ.

 19 އޮގަސްޓް 2019

19 އޮގަސްޓް 2019
ހޯދާ