ބޮޑީބިލްޑިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ބޮޑީބިލްޑިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް – ޑިސިޕްލިނަރީ ކޮމިޓީ މެންބަރު ކަމަށް ކުރިމަތި ލުމަށް ހުޅުވާލުން

އިޢުލާން

ބޮޑީބިލްޑިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް – ޑިސިޕްލިނަރީ ކޮމިޓީ މެންބަރު ކަމަށް ކުރިމަތި ލުމަށް ހުޅުވާލުން

 

              ބޮޑީބިލްޑިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގާ ގަވާއިދުގައި ބަޔާން ކުރެވިފައިވާ، ސަބްކޮމިޓީ ތަކުގެ ތެރެއިން ޑިސިޕްލިނަރީ ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތި ލުމުގެ ފުރުސަތު މިއަދުން ފެށިގެން ވަނި ހުޅުވާލެވިފައެވެ. އަދި ޑިސިޕްލިނަރީ ކޮމިޓީ އަށް ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިން، ކޮމިޓީއަށް އައްޔަނު ކުރާނީ 3 (ތިނެއް) މެންބަރުން ނެވެ.

ވީމާ، 2019 އޯގަސްޓް 18 ވަނަ ދުވަހުން ފެށިގެން 2019 އޯގަސްޓް 25 ވަނަ ދުވަހުގެ 13:00 ގަޑިސުންމިނެޓް ގެ ކުރިން، ކުރިމަތިލެއްވުމަށް ބޭނުފުޅުވާ ފަރާތުގެ ވަނަވަރު ހިމެނޭގޮތަށް، މި އެސޯސިއޭޝަންގެ އިދާރާއަށް ލިޔުމަކުން ހުށަހެޅުއްވުން އެދެމެވެ. އަދި އީމެއިލް ކުރަށްވާނަމަ،[email protected]  ނުވަތަ [email protected]  އަށް އީމެއިލް ކުރެއްވުން އެދެމެވެ. އަދި މި އިޢުލާން ގައި ބުނެވިފައިވާ، ޝަރުތު އަދި ހުށަހަޅަންޖެހޭ ލިޔުންތަށް ހަމަނުވާނަމަ، ހުށަހެޅުންތަށް ބާތިލްވާނެ ވާހަކަދެންނެވީމެވެ.

 

ޝަރުތު:

1-    ދިވެހިރައްޔިތެއް ކަމުގައިވުން.

2-  ބޮޑީބިލްޑިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް ގެ ފަރުދީ މެންބަރެއް ކަމުގައި ނުވުން

 

ހުށަހަޅަންޖެހޭ ލިޔުންތަށް:

1-    ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑް ގެ ސާފު ކޮޕީއެއް

2-    ޕާސްޕޯޓް ސައިޒްގެ ފޮޓޯއެއް (ފޮޓޯ ނެގިފަހުން 3 މަސްހަމަނުވާ)

 

އިތުރު މަޢުލޫމާތު ހޯއްދުމަށް ގުޅާނީ 7812226 ނަންބަރު ފޯނާއެވެ.

18 އޮގަސްޓް 2019
ހޯދާ