މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
އަޟްޙާ ޢީދާއި ގުޅިގެން 2019 އޯގަސްޓު 11 ވާ އާދީއްތަ ދުވަހު ހަވީރު ހުޅުމާލޭގައި އެއްގަމު އުޅަނދު ދުއްވުން މަނާ ކުރުން

އިޢުލާން

1440 ވަނަ އަހަރުގެ އަޟްޙާ ޢީދު ދުވަހުގެ މުނާސަބަތުގައި 2019 އޯގަސްޓު 11 ވާ އާދީއްތަ ދުވަހުގެ ހަވީރު 16:00 އިން އިރުއޮއްސި 18:00 އަށް ހުޅުމާލޭގައި އިންޖީނުލީ އެއްގަމު އުޅަނދު ނުދުއްވާގޮތަށް ހަމަޖައްސައިފީމެވެ.

ވީމާ، 2019 އޯގަސްޓު 11 ވާ އާދީއްތަ ދުވަހުގެ ހަވީރު 16:00 އިން ފެށިގެން 18:00 އާއި ދެމެދު އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުތަކުގެ ތެރެއިން ތިރީގައި މިދަންނަވާ އުޅަނދުތައް ފިޔަވައި އެހެން އުޅަނދު ހުޅުމާލޭގައި ދުއްވުމަކީ "އެއްގަމު ދަތުރުފަތުރުގެ ޤާނޫނު" 2009/5 ގެ 5 ވަނަ މާއްދާގެ (ރ) ގެ ދަށުން މަނާކަމެއް ކަމުގައި ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

  1. ސަލާމަތީ ބާރުތަކުން ބޭނުންކުރާ އިންޖީނުލީ އެއްގަމު އުޅަނދު
  2. އެމްބިއުލެންސް
  3. ފުރާމީހުން ބޭނުންކުރުމަށް ހުއްދަދެވޭ އުޅަނދު
  4. ޚާއްޞަ އެހީއަށް ބޭނުންވާ މީހުން ދުއްވުމަށް ޚާއްޞަ ކުރެވިފައިވާ އުޅަނދު
  5. ޕަބްލިކް ޓްރާންސްޕޯޓްގެ ގޮތުގައި ދެމުންގެންދާ ބަހުގެ ޚިދުމަތް
  6. އެދުވަހުގެ އެގަޑީގައި ދުއްވުމުގެ ހުއްދަދެވޭ އުޅަނދު

މިއެންގުމާއި ޚިލާފްވާ ފަރާތްތައް "އެއްގަމު ދަތުރުފަތުރުގެ ޤާނޫނު" 2009/5 ގެ 67 އަދި 68 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އަޅާނެވާހަކަ އަންގާ އިޢުލާނު ކުރީމެވެ.

08  ޛުލްޙިއްޖާ   1440

09   އޮގަސްޓް  2019

 

ދިވެހިސަރުކާރުގެ ގެޒެޓް

09 އޮގަސްޓް 2019
ހޯދާ