ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޯތިތަކުގައި ގެ އެޅުމަށް ބޭނުންވާ ފަރާތްތަކުގެ ޢަދަދު ކަނޑައެޅުމާއިބެހޭ؛

މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ތެރޭގައި ހިމެނޭ 20،000 ހައުސިންގ ޔުނިޓުގެ މަޝްރޫޢުގެ ދަށުން މިރަށުގައި އެޅުމަށް ހަމަޖެހިފައިވާ 81 ހައުސިންގ ޔުނިޓުގެ ތެރެއިން، މިރަށުން ދިރިއުޅުމަށްޓަކައި ދޫކުރެވިފައިވާ ގޯތިތަކުގައި ގެ ޢިމާރާތް ކުރުމަށް ބޭނުންވާ ފަރާތްތަކުގެ ޢަދަދު ހޯދުމަށް ބޭނުންވެއެވެ.

މި އިޢުލާނާއިއެކު ޢާއްމުކުރެވިފައިވާ ބޯހިޔާވަހިކަމުގެ ވަޢުދުގެ ދަށުން އަތޮޅުތަކުގައި ބިނާކުރަން ހަމަޖެހިފައިވާ ހައުސިންގ ޔުނިޓް ޢިމާރާތް ކުރުމާއިބެހޭ އުޞޫލަށް އެއްވެސް ބަދަލެއް ގެނެވިއްޖެނަމަ އެބަދަލެއް ޢާއްމުކޮށް އިޢުލާން ކުރެވޭނެ ވާހަކަ ދެންނެވީމެވެ.

ވީމާ، ބޯހިޔާވަހިކަމުގެ ވަޢުދުގެ ދަށުން އަތޮޅުތަކުގައި ބިނާކުރަން ހަމަޖެހިފައިވާ ހައުސިންގ ޔުނިޓް ޢިމާރާތް ކުރުމާއިބެހޭ އުޞޫލާއި އެއްގޮތަށް މިރަށުން ދިރިއުޅުމަށްޓަކައި ދޫކުރެވިފައިވާ ގޯތިތަކުގައި ގެ ޢިމާރާތް ކުރުމަށް އެދޭ ފަރާތްތަކުން 2019 ސެޕްޓެމްބަރ 12 ވަނަ ދުވަހުގެ 14:00 ގެ ކުރިން މިކައުންސިލް އިދާރާއަށް ގޯތީގައި ގެ ޢިމާރާތްކުރުމަށް ބޭނުންވާކަމުގެ ސިޓީއާއި އެފަރާތެއްގެ އައިޑީ ކާޑު ކޮޕީ އަދި ގޯތި ރަޖިސްޓްރީގެ ކޮޕީއެއް ހުށަހެޅުއްވުން އެދެމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

08 އޮގަސްޓް 2019
ހޯދާ