ނޭޝަނަލް ޑްރަގް އޭޖެންސީ
ދިވެހިރާއްޖެ
އާފްޓަރކެއަރ ކޯރޑިނޭޓަރ (ކޮންޓްރެކްޓް) މަޤާމު

މަޤާމް :އާފްޓަރކެއަރ ކޯރޑިނޭޓަރ (ކޮންޓްރެކްޓް)
ބޭނުންވާ އަދަދު :1

މަގާމު

އާފްޓަރކެއަރ ކޯރޑިނޭޓަރ (ކޮންޓްރެކްޓް – 1 އަހަރު)

ބޭނުންވާ އަދަދު

01 (އެކެއް)

ވަޒީފާ އަދާކުރަން ޖެހޭ ތަން

ނޭޝަނަލް ޑްރަގް އޭޖެންސީ، ކ. މާލެ (ޓްރީޓްމަންޓް ސެންޓަރސް މެނޭޖްމަންޓް ސެކްޝަން)

މުސާރަ

މަހަކު -/10,000ރުފިޔާ

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބްތައް:

  1. ކުންފުނިތަކާއި ގުޅައިގެން ވަޒީފާގެ ފުރުޞަތުތައް ހޯދުމާއި އަދި ހޯދުމަށް  ކުރަންޖެހޭ އެންމެހައި މުޢާމަލާތުކުރުން.

2. މިއެޖެންސީގެ ދަށުން ފަރުވާ ހޯދަމުންދާ ހުރިހާ ފަރާތްތަކުގެ ވަނަވަރު ރިކޯޑްކޮށް އެންޓަރކޮށް ބެލެހެއްޓުމާއި އަދި ފަރުވާ ހޯދަމުންދާ ފަރާތްތަކުގެ ދަފްތަރެއް ތައްޔާރުކޮށް ގަވާއިދުން އަޕްޑޭޓްކޮށް ބެލެހެއްޓުން.

3. ވަޒީފާ އަދާ ކުރަމުންދާ ފަރާތްތަކުގެ ވަނަވަރާއި ރިކޯޑް އަޕްޑޭޓް ކުރުމާއި ބެލެހެއްޓުމުގެ މަސައްކަތް ކުރިއަށް ގެންދިއުން.

4. ވަޒީފާގެ ފުރުޞަތުތައް ލިބެން ހުރި ދާއިރާތައް ފާހަގަކޮށް އެކަން ކުލައިންޓުންނާއި ހިއްސާކުރުމާއި ވަޒިފާ ހޯދުމަށް އެދޭ ދާއިރާތައް ފާހަގަކޮށް އެދާއިރާތަކުން ލިބެން ހުރި ފުރުޞަތުތައް ކަނޑައަޅައި ކުލައިންޓުންނަށް އެމަޢުލޫމާތު ދިނުން.

5. ފަރުވާ ހޯދާ މީހުންގެ ވަނަވަރުތަކުން މަޢުލޫމާތު އެއްކޮށް، ކުލައިންޓުންގެ ތެރޭގައި ތަޢުލީމާއި ތަޖުރިބާ ލިބިފައިވާ ދާއިރާތައް ފާހަގަކޮށް އެދާއިރާތަކަށް ޤާބިލް ފަރާތްތައް ހޯދައި އެފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހޯދައިދިނުމަށް ކުރަން ޖެހޭ އެންމެހައި މަސައްކަތް ކުރުން.

6. ވަޒީފާއަށް އެދޭ ފޯމާއި، ވަޒީފާދޭ ފަރާތުން މިއެޖެންސީއަށް ހުށަހަޅާ ފީޑްބެކް ފޯމާއި އަދި މިމަސައްކަތަށް ބޭނުންވާ އެންމެހާ ފޯމެޓްތައް ތައްޔާރުކޮށް ހުއްދަ ހޯދަން ޖެހޭ ފަރާތްތަކުން ހުއްދަ ހޯދުމުގެ މަސައްކަތް ކުރުން.

7. ކުންފުނިތަކަށް ގުޅައި ވަޒީފާއަދާ ކުރާ ފަރާތްތަކުގެ މަޢުލޫމާތުތައް ހޯދުމާއި އަދި ވަޒީފާގައި ފަރުވާ ކުޑަކުރާ ނުވަތަ މައްސަލަ ޖެހޭ ފަރާތްތަކާއި މެދު ވެރިޔާގެ މަޝްވަރާގެ ދަށުން ފިޔަވަޅު އެޅުން.

8. ގަވާއިދުން ހުރިހާ ސެންޓަރުތަކަށް ގުޅައި އަދި ސެންޓަރުތަކަށް ޒިޔާރަތްކޮށް ފަރުވާ ހޯދަމުންދާ މީހުންގެ މަޢުލޫމާތު އެއްކޮށް ވަޒީފާ ހޯދަންޖެހޭ ދާއިރާތައް ފާހަގަކުރުން.

9. ވަޒީފާއަށް މީހުން ތައްޔާރުކުރުމުގެ ގޮތުން ދޭންޖެހޭ ތަމްރީނުތައް ފާހަގަކޮށް، އެފަދަ ތަމްރީނުތައް ދޭ ތަންތަން ފާހަގަކޮށް އެފަރާތްތަކާއި މުޢާމަލާތުކުރުން.

10. ލިބެން ހުރި ތަމްރީނުތައް މިއެޖެންސީގެ ފަރުވާ ފުރިހަމަ ކުރާ ފަރާތްތަކަށް ހޯދައި ދިނުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމުގައި އެހީތެރިވެދިނުން.

11. އެމްޕްލޯއިމަންޓް ޑެސްކުން ފަރުވާ ފުރިހަމަ ކުރާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހޯދައިދިނުމުގައި މިއެޖެންސީއިން ކުރެވިދާނެ އިތުރު ކަންތައްތައް ފާހަގަކޮށް އެފަދަ ކަންތައްތައް ކުރުން.  

12.  ކަނޑައެޅޭ އުސޫލެއްގެ ދަށުން އެން.އޭ މީޓިންގތައް އިންތިޒާމްކޮށް ކުރިއަށް ގެންދިއުން.

މަޤާމުގެ ޝަރުތު

  1. އެން.އޭ މީޓިންގ ކުރިއަށް ގެންދިއުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތެއް ކަމުގައިވުން.
  2. ހިއުމަން ރިސޯސް މެނޭޖްމަންޓް ދާއިރާއިން ތަމްރީނު ލިބިފައިވާ ފަރާތެއް ކަމުގައިވުން.
  3. އިނގިރޭސި ބަހުންނާއި ދިވެހި ބަހުން މުޢާމަލާތްކުރުމުގެ ގާބިލްކަން ހުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި ބެލޭނެ ކަންކަން:

1. ތަޢުލީމާއި ތަމްރީން.

2. މަސައްކަތުގެ ތަޖުރިބާ.

3. އިންޓަވިއު.

4. ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިވެފައިވާ މިންވަރު.

5. ގިނަވަގުތު އޮފީހުގައި މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން.

 

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ވަޒީފާއަށް އެދޭ ސިޓީ
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ

 ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

5. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

6. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

ވަޒީފާއަށް އެދި ސިޓީއާއި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 25 އޮގަސްޓް 2019 ވާ އާދީއްތަ ދުވަހުގެ 13:00ގެ ކުރިން، ނޭޝަނަލް ޑްރަގް އޭޖެންސީގެ ހެޑް އޮފީސް (ގ. ގްރީންގެ، ކ. މާލެ) އަށެވެ. ވަޒީފާއަށް އެދޭ ސިޓީއާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected] އެވެ. ފެކްސް ނަންބަރަކީ، 3328184އެވެ. ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.   

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު  އޮންނާނީ، 2019 އޮގަސްޓް 26 -29ގައި ނޭޝަނަލް ޑްރަގް އޭޖެންސީގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3343061 / 3334568 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 3328184 އެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

                                  06 ޛުލްޙިއްޖާ 1440

                                  07 އޮގަސްޓް 2019

08 އޮގަސްޓް 2019
ހޯދާ