ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ދަށުކޯޓުގެ ފަނޑިޔާރަކު ހޮވުމަށް ބާއްވާ އިންތިޚާބު 2019 - ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުން

2019 އޮގަސްޓް 24 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޖުޑީޝަލް ސަރވިސް ކޮމިޝަނަށް، ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުތަކުން އިންތިޚާބުކުރާ ފަނޑިޔާރަކު ހޮވުމަށް ބާއްވާ އިންތިޚާބަށް ކުރިމަތިލުމަށް ޝަރުޠު ހަމަވެފައިވާ ފަރާތްތަކުގެ ނަންތައް ތަރުތީބުކުރުމަށްޓަކައި ބާއްވާ ގުރުއަތުނެގުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ތާރީޚާއި ގަޑިއާއި ތަން މި ދަންނަވަނީއެވެ.

ތާރީޚު

ގަޑި

ތަން

07 އޯގަސްޓް 2019 (ބުދަ)

16:30

އިލެކްޝަންސް ކޮމިޝަންގެ އިންތިޚާބާ ބެހޭ މަރުކަޒު (ބައު ޖަމާލުއްދީން)، ޓްރެއިނިންގ ހޯލު

06 ޛުލްޙިއްޖާ 1440

07 އޮގަސްޓް 2019
ހޯދާ