މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
ޕްރައިވެޓް ހަޔަރ މިއޮތޯރިޓީން ހުއްދަ ނެގުމަށާއި މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ދަތުރުކުރުމާއި ބެހޭ

އިޢުލާން

މިއޮތޯރިޓީގެ ނަންބަރު(IUL)202-L/I/2019/70  (2019 އޯގަސްޓު 06) އިޢްލާނުން ޕްރައިވެޓް ހަޔަރގެ ގޮތުގައި ޓެކްސީ ކުރުމުގެ ހުއްދަ ދިނުމަށް ވާނީ ހަމަޖައްސާ އިޢްލާނުކޮށްފައެވެ. ވީމާ، ދަންނަވަމެވެ. މި އޮތޯރިޓީން ހުއްދަ ދީފައިވާ މޯބައިލް އެޕްލިކޭޝަން އެއްގައި ރަޖިސްޓަރީވެ، ނަގަންޖެހޭ އެންމެހާ ހުއްދަތައް ނެންގެވުމަށްފަހު ނޫނީ، ޕްރައިވެޓް ހަޔަރގެ ގޮތުގައި އެއްވެސް ފަރާތަކުން ޓެކްސީކުރުމަކީ މަނާކަމެއް ކަމުގައި ޢާއްމުކޮށް އަންގާ އިޢްލާން ކުރީމެވެ. އަދި މިއާޚިލާފަށް ދަތުރުކުރާ ފަރާތްތައް "އެއްގަމު ދަތުރުފަތުރުގެ ޤާނޫނު" 2009/5 ގެ 5 ވަނަ މާއްދާގެ (ރ) ގެ ދަށުން  -/750 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ވާހަކަ ދަންނަވަމެވެ.

06  ޛުލްޙިއްޖާ   1440

07   އޮގަސްޓް  2019

 

ދިވެހިސަރުކާރުގެ ގެޒެޓް

07 އޮގަސްޓް 2019
ހޯދާ