މިލަދުންމަޑުލު އުތުރުބުރީ ޅައިމަގު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގެދޮރު އިމާރާތްކުރުން ފަދަ ޢާއްމު ޒަރޫރީ ބޭނުންތަކަށް ނަގަންޖެހޭ ވެލި ނެގުން

ގެދޮރު އިމާރާތްކުރުން ފަދަ ޢާއްމު ޒަރޫރީ ބޭނުންތަކަށް ނަގަންޖެހޭ ވެލި މެޝިނަރީގެ ގޮތުގައި ހިމެނޭ އާލާތްތައް ކަމަށްވާ ހައިމާކު، ސޭންޑް ޕަންޕް ފަދަ ތަކެތި ބޭނުންނުކޮށް އުދެލި، ފަކީރާ ފަދަ އާލާތްތައް ބޭނުންކޮށްގެން ޒަރޫރީ ބޭނުންތަކަށްވާ ވެލިނެގުމަށް އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ އިން ކަނޑައަޅާފައިވާ ސަރަހައްދު ތިރީގައި އެވަނީއެވެ.

     ށ. ފަރުކޮޅު-ފުނަދޫ ފަޅުގެ ސަރަހައްދު: ޅައިމަގު އަދި ފުނަދޫ ރައްޔިތުން ވެލި ނެގުމަށް.

އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ އިން މިސަރަހައްދު ކަނޑައަޅާފައިވަނީ މިލަދުންމަޑުލު އުތުރުބުރީ މީހުން ދިރިއުޅެމުންދާ ގިނަ ރަށްރަށަކީ ގެދޮރު އިމާރާތްކުރުން ފަދަ ޒަރޫރީ ބޭނުންތަކަށް ވެލި ނަގާނެ ސަރަހައްދުތައް އެރަށްރަށުގެ ފަޅުގެ ސަރަހައްދުގައި އެކަށީގެންވާ ޖާގަ ނެތުމުގެ ސަބަބުން، އެރަށަކާ އެންމެ ކައިރީގައިވާ ފަޅެއްގައި އެފަޅެއްގެ ހުރި ދިރޭ މުރަކައަށް ގެއްލުން ނުވާނެ ގޮތުގެ މަތިން ފަރުގެ މައިތޮށިން ފެށިގެން 150 (ސަތޭކަ ފަންސާސް) މީޓަރުގެ ސަރަހައްދެއް ދޫކޮށް އެރަށެއްގެ ނުވަތަ އެފަޅެއްގައި ރަށެއް ނުވަތަ ވެލި އުފެދި ޖަމާވާ ފިނޮޅެއް ނުވަތަ ދިޔަވަރު ހިކޭ ވަގުތުތަކުގައި ލޮނުގަނޑުގެ މައްޗަށް ހިކިފައި އޮންނަ ފިނޮޅު/ހުރާގަނޑު ފަދަ ތަންތަނުގެ ގޮނޑުދޮށުގެ ވެލިގަނޑު ދެމިފައިވާ ސަރަހައްދުގެ ބުޑުން ފެށިގެން 50 (ފަންސާސް) މީޓަރުގެ ދުރުމިން ހުންނާނެގޮތަށް ބަލައިގެންނެވެ. އަދި، އެފަދަ ސަރަހައްދުތަކަކީ ތިމާވެށީގެ ގޮތުން ނާޒުކު ސަރަހައްދެއްގެ ފަޅުގެތެރޭގައި ނުވަތަ ހިމާޔަތްކޮށްފައިވާ ސަރަހައްދެއްގެ ފަޅުތެރޭގައި ވެލި ނެގުމަށް ކަނޑައަޅާ ސަރަހައްދެއްނަމަ. އެފަދަ ސަރަހައްދެއްގެ އިމުގެ ގޮތުގައި އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ އިން ކަނޑައަޅާފައިވާ އިމުގެ ބޭރުން 200 (ދުއިސައްތަ) މީޓަރު ދުރުމިން ހުންނަ ސަރަހައްދަކަށް ވާގޮތުގެ މަތިންނެވެ.

މިޢިއުލާނާއެކު އާންމު ކުރެވިފައިވާ ޗާޓްގައި އެސަރަހައްދު ފާހަގަ ކުރެވިފައި ވާނެއެވެ.

     ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކާ އިޢުލާންކުރީމެވެ.

06 އޮގަސްޓް 2019
ހޯދާ