މަދްރަސަތުލް އިފްތިތާޙް
ދިވެހިރާއްޖެ
ވަޒީފާ (ރިލީފް ޓީޗަރ)

މަޤާމް :ރިލީފް ޓީޗަރ ( ޕްރައިމަރީ )
ބޭނުންވާ އަދަދު :1

މަޤާމުގެ ބާވަތް: ކޮންޓްރެކްޓް (ވަޒީފާ ހަމަޖެހޭ ތާރީޚުން ފެށިގެން ދިރާސީ އަހަރު ނިމެންދެން)

ޝަރުތު:  ކިޔަވާ ދިނުމުގެ ރޮނގުން ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން ނުވަތަ  މަތީ ޘާނަވީ ނުވަތަ ޘާނަވީ ތަޢުލީމް ޙާޞިލްކޮށްފައިވުން.

މުސާރަ އާއި އެލަވަންސް:

ފެންވަރު

މުސާރަ

ސާރވިސް އެލަވަންސް

ޘާނަވީ ތަޢުލީމް ޙާޞިލްކޮށްފައިވާ ރިލީފް ޓީޗަރުންނަށް

-/4500ރ

-/1500ރ

މަތީ ޘާނަވީ ތަޢުލީމް ޙާޞިލްކޮށްފައިވާ ރިލީފް ޓީޗަރުންނަށް

-/5500ރ

-/1500ރ

ކިޔަވާ ދިނުމުގެ ރޮނގުން ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4ގެ ސަނަދެއް ހާސިލްކޮށްފައިވުން

-/6090ރ

-/2500ރ

 މީގެ އިތުރުން އިތުރު ގަޑީގެ ފައިސާ ހަމަޖެހިފައިވާ އުޞޫލެއްގެ މަތިން ލިބިލައްވާނެއެވެ.

މަޤާމުގެ މަސްއޫލިއްޔަތާއި ޒިންމާ: ޓީޗަރަކީ، ދަރިވަރުން ކުރިއަރުވައި ތަރުބިއްޔަތު ކުރުމަށް މަދްރަސާގައި ކަނޑައަޅާފައިވާ ލަނޑުދަނޑިޔަށް ދަރިވަރުން ވާޞިލް ކުރުމަށް ކުރަންޖެހޭ އެންމެހައި ކަންތައްތައް ރާވައި ތައްޔާރުކޮށް ކިޔަވައިދީ ވަޒަންކޮށް ބެލެހެއްޓުމުގެ ޒިންމާ އުފުލަންޖެހޭ ފަރާތެވެ. މިގޮތުން މަދްރަސާގެ އިސްވެރިޔާ ރާވައި ކަނޑައަޅުއްވާފައިވާ ގޮތުގެ މަތީން ތިރީގައިވާ ކަންތައްތައް ކުރަންޖެހޭނެއެވެ.

  • ކިޔަވައިދިނުމަށްޓަކައި ކަންތައްތައް ރާވައި ކުރަންޖެހޭ އެންމެހައި ތައްޔާރީތައްކޮށް، ކިޔަވައިދިނުމާއި ދަރިވަރުން ކުރިއަރަމުންދާ މިންވަރު ވަޒަންކޮށް ބެލެހެއްޓުން.
  • އެއްވެސް ކުއްޖަކު ދޫކޮށްނުލައި ފަރުދީގޮތުން އެހީތެރިކަންދީގެން ކުރިއަށް ގެންދަންޖެހޭ ކުދިންނަށް އެހީތެރިކަން ދީގެން ދަރިވަރުން މުގައްރަރުގެ ފެންވަރަށް ގެނައުން.
  • ކިޔަވައިދިނުމުގައި ގެންނަންޖެހޭ ބަދަލުތައް މަދްރަސާއިން އަންގާވާ ގޮތުގެ މަތީން ގެނައުމާއި ކިޔަވައިދިނުމުގައި މަދްރަސާއިން ލިބެންހުރި ވަޞީލަތްތަކުގެ ބޭނުން އެންމެފުރިހަމަގޮތުގައި ހިފުން.
  • މަދްރަސާގެ ތަޢުލީމީ ފެންވަރު ކުރިއެރުވުމާއެކު ދަރިވަރުން ތަރުބިއްޔަތު ކުރުމަށް ކުރަންޖެހޭ ކަންތައްތައް ރާވައި ހިންގުން.
  • ދަރިވަރުންގެ އުޅުމާއި ކިޔެވުމަށް އަންނަ ބަދަލުތަކާ ބެހޭ މަޢުލޫމާތު ބެލެނިވެރިންނާއި މަދްރަސާގެ ކަމާބެހޭ ފަރާތްތަކަށް އަންގައި އަޅަންވާ ފިޔަވަޅުތައް އެޅުން.
  • މަދްރަސާއިން އަންގަވާ މުއްދަތެއްގެ ތެރޭގައި ސްކީމް އޮފް ވާރކާއި ފިލާވަޅުތަކާއި ޓެސްޓް ޕޭޕަރުތައް ތައްޔާރުކޮށް، އިމްތިހާންތައް ހިންގައި ޕޭޕަރުތައް މާރކްކޮށް، މާރކްސް ޝީޓްތަކާއި ރިޕޯރޓްފޮތްތައް ތައްޔާރުކުރުން.
  • ދަރިވަރުން ކުރިއަރަމުންދާ މިންވަރު ވަޒަންކޮށް މަދްރަސާއާއި ދަރިވަރުންނާއި ބެލެނިވެރިންނަށް މަޢުލޫމާތު ދިނުން.
  • މަދްރަސާއަކީ ސާފުތާހިރު، ހުރިހައިގޮތަކުން ދަރިވަރުންނަށް ހިމާޔަތްތެރިކަން ލިބިގެންވާ އުނގެނުމުގެ މާހައުލެއް ޤާއިމްކުރެވިފައިވާ ތަނެއްގެ ގޮތުގައި ދެމެހެއްޓުން.
  • ކިޔަވައިދިނުމަށް ކުރިމަތިވާ ހުރަސްތައް މަދްރަސާއަށް އަންގައި ކިޔަވައިދިނުމަށް ބޭނުންވާ އެހީތައް ހޯދައި ތައްޔާރުކޮށް މަދްރަސާގެ އުނގެނުމުގެ ވަސީލަތްތައް މުއްސަނދިކުރުން.
  • ދަރިވަރުންގެ ކުރިއެރުމަށް މަދްރަސާއިން ހިންގާ އެންމެހާ ކަންކަމުގައި ޢަމަލީ ގޮތުން ބައިވެރިވުން.
  • މަދްރަސާއަކީ ޓީޗަރުންނާއި އެހެނިހެން މުވައްޒަފުންނާއި ދަރިވަރުންނާއި ބެލެނިވެރިންގެ ހައްޤުތައް ރައްކާތެރިކޮށް އަބުރު ހިފަހައްޓާ ތަނެއްކަމަށް ހެދުން.
  • ކިޔަވައިދިނުމާއި ދަރިވަރުންގެ ކުރިއެރުމާގުޅޭގޮތުން މަދްރަސާއިން ކަނޑައަޅާފައިހުންނަ ލަނޑުދަނޑިތައް ޙާޞިލްކުރުމަށް ހަވާލުކުރެވިފައިވާ މަސައްކަތްކޮށް ކަނޑައަޅުއްވާ ސުންސިކުންތައް ނިންމުން.
  • އަމިއްލަ ސާފުތާހިރުކަމާއި ހެނދުން އެޅުމާއި ދިވެހި ސިވިލް ސަރވިސްގެ މިންގަނޑު ހިފެހެއްޓުން.
  • މިނިސްޓްރީއޮފް އެޑިއުކޭޝަންގެ ތަޢުލީމީ ސިޔާސަތު ދެމެހެއްޓުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި ބެލޭނެ ކަންތައްތައް

  • ޙާޞިލްކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  • ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން.

ހުށަހަޅަން ޖެހޭ ލިޔުންތައް

  • ރިލީފް ޓީޗަރެއްގެ ވަޒީފާއަށް އެދޭ ފޯމް (މިފޯމް ސުކޫލްގެ އިދާރާއިން ލިބެން ހުންނާނެއެވެ.)
  • ލިބިފައިވާ ތައުލީމީ ސަނަދު / ފާސްތަކުގެ ކޮޕީ
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)
  • ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ފޮޓޯކޮޕީ

ސުންގަޑި: މި މަޤާމަށް އެދިލައްވާ މަޤާމަށް ޝަރުތު ހަމަވާ ފަރާތްތަކުން 2019 އޮގަސްޓް 22 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން މަތީގައި ބަޔާން ކުރެވިފައިވާ ތަކެއްޗާއިއެކު މި މަދްރަސާގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމާއިއެކު ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ [email protected]   އެވެ.

އިންޓަރވިއު: މި މަޤާމުތަކަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 2019 އޮގަސްޓް 25 އާއި 2019 އޮގަސްޓް 29 އާއި ދެމެދުގެ ތާރީޚެއްގައި މަދްރަސަތުލް އިފްތިތާޙްގައެވެ. ވުމާއެކު، މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޙް ތަކުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

އިތުރު މައުލޫމާތު :އިތުރު މައުލޫމާތު ހޯއްދެވުމަށް 6620009 އާއި ގުޅުއްވުން އެދެމެވެ.

06 އޮގަސްޓް 2019
ހޯދާ