ކޮޅުމަޑުލު ވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިން ހޯދުމާއިގުޅޭ

ރުއްގަހުގެ ވެރިން ހޯދުމާއިގުޅޭ

                                    ވަންދޫ ފުޓްބޯޅަ ދަނޑުގެ ދެކުނުން ފުޓްސަލްދަނޑު އެޅުމަށް ހަމަޖެހިފައިވާ 95 ފޫޓް 140 ފޫޓްގެ ބިމުގައި ނަންބަރުޖެހިފައިވާ ރުއްގަހުގެވެރިންނާއި އަދި މިރުއްގަސް އަމިއްލަބޭނުމަށް ނެގުމަށް ބޭނުވާ ވެރިފަރާތައް ހޯދަންބޭނުންވެއެވެ. ވީމާ، ރުއް ނުވަތަ ގަހުގައި ޖެހިފައިވާ ނަންބަރާއި ވެރިފަރާތް އެނގޭނޭހެން 31 ޖުލައި 2019 ވަނަ ދުވަހުގެ 13:30 ގެ ކުރިން މިއިދާރާއަށް ލިޔުމުން ހުށަހެޅުއްވުންއެދެމެވެ. މިއިޢުލާނާއިއެކު ރުއްގަހުގެ ލިސްޓް އާއްމުކުރެވިފައިވާނޭކަމުގައި ދެންނެވީމެވެ.                                 

               މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ވަންދޫ ކައުންސިލް އިދާރާގެ ނަމްބަރު 7980047 ފޯނާގުޅުއްވުންއެދެމެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށް އިޢުލާނުކުރީމެވެ.

25 ޖުލައި 2019
ހޯދާ