މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
ފާރގޯ ޕްރިންޓަރގެ ފިލްމާއި ރިބަން ގަތުން

 ނަންބަރު:  IUL)202-A/1/2019/69)

އިޢުލާން

އަންދާސީ ހިސާބު ބޭނުންވެއްޖެ

މިއޮތޯރިޓީގައި ބޭނުންކުރާ ފާރގޯ HDP8500 ޕްރިންޓަރުގައި ބޭނުންކުރުމަށް ފުލް ކަލަރރިބަން (FARGO HDP8500-084814) ގަންނަން ބޭނުން ވެގެން 2019 ޖުލައި 10 ވަނަ ދުވަހު ކުރެވުނު އިޢުލާން ނަމްބަރ 57 (IUL)202-A/1/2019/އާއިގުޅިގެން އެކަށީގެންވާ ތަރްހީބެއް ލިބިފައިނުވާތީވެ، މިއިޢުލާން ބާޠިލުކޮށް އަލުން އިޢުލާންކުރަމެވެ.

ވީމާ، ފާރގޯ HDP8500 ޕްރިންޓަރުގައި ބޭނުންކުރުމަށް ފުލް ކަލަރރިބަން (FARGO HDP8500-084814) އާއި ފިލްމް  (FARGO HDP8500-084800) މިތަކެތި ވިއްކެވުމަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތައް 6 އޮގަސްޓް 2019 ވާ އަންގާރަ ދުވަހުން ފެށިގެން މައުލޫމާތު ހޯއްދެވުންއެދެމެވެ. މަޢުލޫމާތު ޝީޓް މިއޮތޯރިޓީގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބެންހުންނާނެއެވެ. ޕްރީބިޑްމީޓިން އޮންނާނީ 19 އޮގަސްޓް 2019 ވާ ހޯމަ ދުވަހު 10:00 ގައި އެވެ. އަންދާސީ ހިސާބު ބަލައިގަތުމަށް ހަމަޖެހިފައި ވަނީ 25 އޮގަސްޓް 2019 ވާ އާދީއްތަ ދުވަހުގެ 10:00 ގައި މިއޮތޯރިޓީގައެވެ.

ވީމާ، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިދަތުމަށް ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ކަމުގައި ދެންނެވީމެވެ.

04 ޛުލްޙިއްޖާ 1440

05  އޮގަސްޓް 2019

06 އޮގަސްޓް 2019
ހޯދާ