ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
ޔޫއައި ޔޫއެކްސް ޑިވެލޮޕަރ

މަޤާމް :ޔޫއައި ޔޫއެކްސް ޑިވެލޮޕަރ
ބޭނުންވާ އަދަދު :1

 

ވަޒީފާގެ ފުރުޞަތު                    

 

 

 

މަޤާމް

ޔޫއައި ޔޫއެކްސް ޑިވެލޮޕަރ

އަސާސީ މުސާރަ

-/8,800 ރުފިޔާ

ސަރވިސް އެލަވަންސް

-/3,000 ރުފިޔާ

މަޤާމުގެ ރޭންކް

ޓީ.ޕީ 2

ބޭނުންވާ ޢަދަދު:

01

މަސައްކަތް ކުރަންޖެހޭތަން

ޕަބްލިކް ސަރވިސް މީޑިއާ

ޑިޕާޓްމަންޓް

އިންޖިނިއަރިންގ ޑިޕާޓްމަންޓް

މަޤާމުގެ ބާވަތް

01 (އެކެއް) އަހަރު ދުވަހުގެ ކޮންޓްރެކްޓް

  • މަސައްކަތުގެ ފެންވަރުބަލާ ކުންފުނީގެ ސިޔާސަތާ އެއްގޮތްވާގޮތުގެ މަތިން އެއްބަސްވުން އާ ކުރެވޭނެއެވެ.

މަޤާމުގެ ޝަރުތު:

  • މަޤާމާ ގުޅޭދާއިރާއަކުން އަންޑަރގްރޭޖްއޭޓް ޑިގްރީއެއް އޮތުން ނުވަތަ މަޤާމާ ގުޅޭ ދާއިރާގެ ސެކްޝަންގެ އިސް މަޤާމެއްގައި 6 (ހައެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • ޕްރޮޑަކްޓް މެނޭޖަރުންނާއި، ޑިވެލޮޕަރުންނާއި އެކު މަސައްކަތްކޮށް ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ޝައުގުވެރިވާ ގޮތްތަކަށް ވެބްސައިޓް އަދި ސޮފްޓްވެޔާ ފަރުމާކޮށްދިނުމާއި،މަސައްކަތްފެށުމުގެ ކުރިން ތައްޔާރުކުރަންޖެހޭ ޕްރޮޓޯޓައިޕް ހެދުމާއި ސްޓޯރީބޯޑް ތައްޔާރުކުރުން
  • އެޑޯބްގެ އެޕްލިކޭޝަންތަކާއި ސްކެޗް ނުވަތަ އެހެނިހެންވެސް މިފަދަ ޑިޒައިން ކުރުމަށް ބޭނުންކުރާ ސޮފްޓްވެއަރ އަކުން ސާމްޕަލް ދެއްކުން
  • އެޗް.ޓީ.އެމް.އެލް އަދި ސީ.އެސް.އެސް ބޭނުންކޮށްގެން ފްރަންޓް އެންޑް ޑިޒައިންކުރުން.
  • ޑިޒައިންތައް އެސެސްކޮށް ޑިވެލޮޕްކުރުމަށް ފަސޭހަވާނެހެން ބަދަލުގެނެސްދިނުމާއި އަދި އެކަމަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް އެހީތެރިވުމާއި، ޑިވެލޮޕްކުރެވޭ  ޑިޒައިން އަކީ ކަސްޓަމުރުންނަށް ފަސޭހައިން ބޭނުންކުރެވޭ އެއްޗެއްތޯ ބެލުމަށް ރިސާޗް ހެދުން
  • ޑިޒައިނކުރެވޭ ހުރިހާ ވަސީލަތެއްގައިވެސް އެއް އެޕްލިކޭޝަން އަނެއް އެޕްލިކޭޝަނާއި ގުޅޭނެ ތީމްއަކަށް  ޑިޒައިންކުރުމާއި، އެކަމަށް ވިޒުއަލް ލޭންގުއޭޖް ތައްޔާރުކުރުމާއި އަދި ސްޓައިލް ގައިޑްލައިން ތައްޔާރުކުރުން
  • މޯބައިލް އެޕްލިކޭޝަނަށް ބޭނުންވާ އެޗްޓީއެމްއެލް، ޖާވާ، ޖާވާސްކްރިޕްޓް އަދި ސީއެސްއެސް ޑިވެލްޕްކުރުން.
  • ޖާވާ ސްކްރިޕްޓް ފްރޭމްވޯކްސް ބޭނުންކޮށްގެން ފްރަންއެންޑް ޑިވެލޮޕް ކުރުން

ވަޒީފާ އަށް އެންމެ ގާބިލް ފާރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ހާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީން.
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ.
  • މަސައްކަތާއި ގުޅޭ ގޮތުން އުފެއްދުންތެރި ޚިޔާލުތަކާއި އާވިސްނުންތައް ހުރި މިންވަރު.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭ ކަމުގެ ސިޓީއާއި، ތަޢުލީމީ އެކްރެޑިޓެޑް ސެޓްފިކެޓްތަކުގެ އެޓެސްޓް ކުރެވިފައިވާ ކޮޕީ.
  • ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ އާއި ޕާސްޕޯރޓް ސައިޒު ގެ 1 ފޮޓޯ
  • ވަޒީފާއެއްގައި އުޅޭނަމަ، ވަޒީފާގައި އުޅޭކަން ބަޔާންކޮށް ވަޒީފާ އަދާކުރާ ތަނުން ދޫކޮށްފައިވާ ލިޔުން.

އިންޓަވިއު ކުރުމާއި، ޕްރެޒެންޓޭޝަން ހުށަހެޅުން:

އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު  އެފަރާތްތަކަށް އެކަންޏެވެ.

ސުންގަޑި

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 2019 އޮގަސްޓް 8 ވަނަ ދުވަހުގެ 16:00 ގެ ކުރިން މި ކުންފުނީގެ ވެބްސައިޓް www.psm.mv/career އަށް ލިއުންތައް އަޕްލޯޑް ކުރެއްވުން އެދެމެވެ.

އިތުރު މަޢްލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް 3000207، 3000364 އާއި ގުޅުއްވުން އެދެމެވެ.

 

 

 

                        04 ޒުލްޙިއްޖާ 1440

 

05 އޮގަސްޓް 2019
ހޯދާ