ށ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ށ. އަތޮޅު ހޮސްޕިޓަލުގެ އެމަޖެންސީ ރޫމް އެހެންތަނަކަށް ބަދަލުކުރުމާއި ޕަބްލިކް ހެލްތު ޔުނިޓްގެ ބައެއް މަރާމާތުތައް ކުރުން

އިޢުލާން

މިހޮސްޕިޓަލުގެ އިމަރޖެންސީ ރޫމްގެ ޚިދުމަތް، ހޮސްޕިޓަލު ޢިމާރާތުގެ އެހެން ތަނަކަށް ބަދަލުކުރުމަށްޓަކައި ކުރަންޖެހޭ މަރާމާތާއި އަދި ހޮސްޕިޓަލުގެ ޕަބްލިކް ހެލްތު ޔުނިޓްގެ މަރާމާތުގެ މަސައްކަތްތަކެއް ކުރުމަށް ކުރި ނަންބަރ: (IUL)SH-FAH-RM/2019/16 ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް އެކަށީގެންވާ އަދަދަކަށް ބޭފުޅުން ހާޟިރު ނުވާތީ އެއިޢުލާން ބާތިލުކޮށް އަލުން އިޢުލާން ކުރަމެވެ.

ވީމާ މިކަމަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 19 އޯގަސްޓް 2019 ވާ ހޯމަ ދުވަހުގެ 10:30 އަށް ށ.އަތޮޅު ހޮސްޕިޓަލަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު، 25 އޯގަސްޓް 2019 ވާ އާދިއްތަ ދުވަހުގެ 10:30އަށް ށ. އަތޮޅު ހޮސްޕިޓަލަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައި ނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި، މަޢުލޫމާތު ފުރިހަމަނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބާތިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

                                 04 ޛުލްޙިއްޖާ 1440

05 އޮގަސްޓް 2019
ހޯދާ