މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
މާލެ ސަރަހައްދުގެ ޓެކްސީ އަގުތައް

އިޢުލާން

 

މާލެ ސަރަހައްދުގައި ޓެކްސީ ފެއަރ ބޮޑުކަމަށް އާއްމު ރައްޔިތުން ޝަކުވާ ކުރަމުންދިއުމާ ގުޅިގެން ޓެކްސީ ސެންޓަރުތަކާއި ޓެކްސީ ޑުރައިވަރުން އަދި އާއްމު ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށްފަހު ޓެކްސީ ދަތުރުގެ ޚިދުމަތް މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށްގެން ފޯރުކޮށްދިނުމަށް ކަނޑައަޅައިފީމެވެ.

ވީމާ، 07 އޮގަސްޓް 2019 ވާ ބުދަ ދުވަހުން ފެށިގެން މާލެ ސަރަހައްދުގައި ކުރާ ޓެކްސީ ދަތުރުތަކަށް ނަގާނެ ރޭޓުތައް ތިރީގައި މިދަންނަވަނީއެވެ. މި އަގުގެ އިތުރަށް ޓެކްސީގެ ޑިކީއަށް އަރުވާ ދާގީނާއަކަށްވެސް އިތުރު އަގެއް ނެގުމަކީ މަނާކަމެއްކަމުގައި ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

މާލެ ސަރަހައްދުގެ ޓެކްސީ އަގުތައް؛

-          މާލެ އަދި ހުޅުމާލޭގެ އެތެރޭގެ ދަތުރުތަކުގެ އަގު މިހާރުވެސް ދަތުރު ކުރާ އަގުކަމަށްވާ -/25 ރުފިޔާ

-          މާލެ- ހުޅުލެ ދަތުރެއްގެ އަގު -/60 ރުފިޔާ

-          ހުޅުލެ – މާލެ ދަތުރެއްގެ އަގު -/60 ރުފިޔާ

-          ހުޅުމާލެ – ހުޅުލެ ދަތުރެއްގެ އަގު -/60 ރުފިޔާ

-          ހުޅުލެ - ހުޅުމާލެ ދަތުރެއްގެ އަގު -/60 ރުފިޔާ

-          މާލެ- ހުޅުމާލެ ދަތުރެއްގެ އަގު -/75 ރުފިޔާ

-          ހުޅުމާލެ – މާލެ ދަތުރެއްގެ އަގު -/75 ރުފިޔާ

     28 ޛުލްގައިދާ    1440

     31 ޖުލައި   2019

01 އޮގަސްޓް 2019
ހޯދާ