ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ
ދިވެހިރާއްޖެ
ޗީފް އިންފޮމޭޝަން އޮފިސަރ

އިޢުލާން

މަޤާމް:

ޗީފް އިންފޮމޭޝަން އޮފިސަރ

މަޤާމުގެ ނަންބަރ:

J-230752

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

ސީ.އެސް 13-2

މަޤާމުގެ ކްލެސިފިކޭޝަން:

އިންފޮމޭޝަން ޓެކްނޯލޮޖީ ސަރވިސް ޑިރެކްޓަރސް އެންޑް މެނޭޖަރސް

ވަޒީފާއަދާ ކުރަންޖެހޭ ތަން

ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ

މުސާރަ:

-/15,650 ރުފިޔާ

ސަރވިސް އެލަވަންސް:

-/2,500 ރުފިޔާ

އެހެނިހެން އެލަވަންސް:

ސްޕެޝަލް ޑިއުޓީ އެލަވަންސް: އަސާސީ މުސާރައިގެ %35

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ސަރުކާރައި ދައުލަތުގެ މުއައްސަސާތަކުގެ ޚިދުމަތްތައް އަދި އެއްއިދާރާއިން އަނެއް އިދާރާއަށް ފޯރުކޮށްދޭ ޚިދުމަތްތަކާއި، އިދާރާތަކުގެ ހިންގުން ހަރުދަނާކުރުމަށް ތައްޔާރުކޮށްފައިވާ ޚިދުމަތްތައް ސަރުކާރުގެ އައި.ސީ.ޓީ އިންފްރާސްރަކްޗަރ މެދުވެރިކޮށް އެއްފެންވަރެއްގައި ރައްކާތެރިކަމާއެކު ފޯރުކޮށްދީ، ޚިދުމަތް ފުޅާކޮށް ތަރައްޤީކޮށް، ބެލެހެއްޓުމަށް އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް ރާވައި ހިންގުން  
  2. އެންމެހާ މުއައްސަސާތައް ހިއްސާވާނޭހެން ތައްޔާރުކުރެވޭ ސިސްޓަމްތަކާއި އެއްއިދާރާއިން އަނެއް އިދާރާއަށް ހިއްސާކުރަން ބޭނުންވާ ޚިދުމަތްތައް ގާއިމުކޮށް، އީގަވަރމަންޓް ފްރޭމްވާރކްގެ ޚިދުމަތް އިތުރަށް ފުޅާކޮށް ތަރައްޤީކުރުމަށް ބޭނުންވާ މަސައްކަތްތައް ރާވައި ހިންގުން.
  3. އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ރާއްޖޭގެ އިޤްތިޞާދު އިތުރަށް ފުޅާކޮށް، އިޖުތިމާއި ކަންކަމުގައި  އިންފޮމޭޝަން ޓެކްނޮލޮޖީ ބޭނުން ކުރާ މިންވަރު އިތުރުކޮށް ކުރާމަސައްކަތްތަކާ ހެދޭ ތަކެތި އެއްހަމައެއްގައި ހިފަހެއްޓުމަށް ސްޓޭންޑަޑްތަކާއި ގައިޑްލައިންތަކާއި  އަދި އިންފޮމޭޝަން ކޮމިއުނިކޭޝަން ދާއިރާއަށް ބޭނުންވާ ގަވާޢިދުތައް ހަދައި ރާއްޖޭގައި އައި.ޓީ ދާއިރާ އިތުރަށް ތަރައްޤީކޮށް ކުރިއެރުވުމަށް ސްޓްރެޓެޖިކް އެކްޝަން ޕްލޭން ރާވައި ހިންގުން
  4. އެން.ސީ.އައި.ޓީގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމުގައި އެންމެހައި ކަންތައްތައް ރާވައި، ދުވަހުން ދުވަހަށް ހިންގައި ބެލެހެއްޓުމުގައި އިސްވެރިޔާއަށް އެހީތެރިވެދިނުމަށްޓަކައި ކުރަންޖެހޭ އެންމެހައި ކަންކަންކޮށް ރާވައި ބެލެހެއްޓުން
  5. މިދާއިރާއާއި ގުޅޭގޮތުން، ސަރުކާރާއި ދައުލަތުގެ މުއައްސަސާތަކުން ބޭނުންވާ ފަންނީ ލަފަޔާއި އިރުޝާދު ބައިނަލްއަގްވާމީ މިންގަނޑުތަކާއި ޤައުމީ މިންގަނޑުތަކާއި ބެސްޓް ޕްރެކްޓިސް ތަކުގެ މައްޗަށް ބިނާކޮށް ދިނުމާއި އެހީތެރިކަން ފޯރުކޮށްދިނުން. 
  6. އޮފީހުން ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުވާގޮތަށް މަސައްކަތްތައް ރާވާ، މުވައްޒަފުންނާއި މަސައްކަތްތައް ހަވާލުކޮށް، ދުރާލާއަޅަންޖެހޭ ފިޔަވަޅުތަކެއްވާނަމަ އެފިޔަވަޅެއް އަޅައި، މުވައްޒަފުންނާއި އެކު އެލަނޑުދަނޑިތައް ހާސިލުކުރުން. އަދި މަސައްކަތްތައް ކުރިއަށްދާ ގޮތާއި މިންވަރު އޮފީހުގެ އިސްވެރިންނަށް ރިޕޯޓުކުރެވޭނޭގޮތަށް ބެލެހެއްޓުން.
  7. އޮފީހުން ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް، އޮފީހުން ކަނޑައަޅާފައިވާ ކުއަލިޓީމެނުއަލްތަކާއި، ޕްރޮސީޖަރތައް އަދި ޗެކްލިސްޓްތަކާއި އެއްގޮތައް ކަނޑައަޅާފައިވާ ވަގުތައް ނިންމުން. 
  8. އޮފީހުގެ މެންޑޭޓް އަދި އެކްޝަން ޕްލޭން ދަށުން ކަނޑައަޅާ ލަނޑުދަނޑިތައް ހާސިލް ކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.

މަޤާމުގެ ޝަރުތުތައް:

މަގާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 9 (މާސްޓަރސް ޑިގްރީ ނުވަތަ އެފެންވަރު)ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތާއި ސީދާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ މަސައްކަތު ތަޖްރިބާ އާއި ހިންގުމުގެ ދާއިރާގެ 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ

ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުމާއެކު މަގާމުގެ މަސައްކަތާއި ސީދާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ އާއި ހިންގުމުގެ ދާއިރާގެ 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މިއިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެނީ ތިރީގައި މިދަންނަވާ ބައިތަކަށް ޕޮއިންޓް ދިނުމަށްފަހު، އޭގެ ތެރެއިން އެންމެ ގިނަ ޕޮއިންޓް ލިބޭ ފަރާތަކީ ވަޒީފާއަށް އެންމެ ޤާބިލް ފަރާތްކަމުގައި ކަނޑައަޅާ ގޮތަށެވެ.
  2. ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނީ ސިވިލް ސަރވިސް ފާސްކޮށްފައިވާ، އިންފޮމޭޝަން ޓެކްނޯލޮޖީގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަން ކުރުމުގެ "ރިކްރޫޓްމަންޓް ޓޫލްކިޓް" ގައިވާ "އިންފޮމޭޝަން ޓެކްނޮލޮޖީ ޑައިރެކްޓަރސް، މެނޭޖަރސް، އެންޑް ސީނިއަރ އޮފިޝަލްސް"  ގައިވާ ގޮތުމުގެ މަތިންނެވެ. މިގޮތުން:

ތައުލީމީ ފެންވަރު: %30

ޕްރޮފެޝަނަލް ތަމްރީނު:    % 10

މަސައްކަތު ތަޖުރިބާ: %30

މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ގާބިލްކަމާއި ސިފަތައް މުޅި ޖުމްލަ ޕޮއިންޓް: %30

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 08 އޮގަސްޓް 2019 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން، ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިމްތިހާނު އަދި އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިހާނު  އޮންނާނީ، 18 އޮގަސްޓް 2019 އާއި 29 އޮގަސްޓް 2019 އާ ދެމެދު، ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީގައެވެ. 

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3344000އަށެވެ. އީ-މެއިލް ކުރާނީ [email protected]އަށެވެ.

 

28 ޛުލްޤައިދާ 1440

31 ޖުލައި 2019

31 ޖުލައި 2019
ހޯދާ