މާލެއަތޮޅު ދިއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަމިއްލަތަކެތީގައި ރަށްވެހިގޭގެ ބައެއް މަރާމާތުކޮށްދޭނޭ ފަރާތެއް ހޯދުން

ބާވަތް: މަސައްކަތް

ނަމްބަރ: (IUL)332-ADHR/332/2019/38 

 

އަމިއްލަތަކެތީގައި ރަށްވެހިގޭގެ ބައެއް މަރާމާތުކޮށްދޭނޭ ފަރާތެއް ހޯދުން

މިކައުންސިލުން ފޯރުކޮށްދޭ މަޢުލޫމާތާއިއެއްގޮތަށް، ކ. ދިއްފުށީ ރަށްވެހިގެ މަރާމާތުކުރާނޭ ފަރާތެއް ހޯދަންބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، މާލެއަތޮޅު ދިއްފުށީ ކައުންސިލް އިދާރާގައި ނަންނޯޓުކުރެއްވުމަށްފަހު، ތިރީގައިވާ ތާރީޚުތަކަށް، އިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުންއެދެމެވެ. މިއިޢުލާނާއި ގުޅިގެންބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޟިރުވުމަކީ އިޚްތިޔާރީކަމެކެވެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތަކުގެތެރޭގައި؛ ރޭނުން، ސިމެންތިޖެހުން، ފެންވައިރިންގް، ކަރަންޓުގެ މަސައްކަތްތައް އައު ބަދިގެއަކާއި ކޮޓަރިއެއް އެޓޭޗް ފާހާނާއަކާއިއެކު ފައްކާކުރުން ފަދަ މަސައްކަތްތައް ހިމެނެއެވެ. ތަފުސީލު ބީލަންފޮތުގައި ހިމަނާފައިވާނެއެވެ.

މިއިޢުލާނާއި ގުޅިގެން ތައްޔާރުކުރެވިފައިވާ ބީލަންފޮތް، ނަންނޯޓުކުރައްވާ ފަރާތްތަކަށް ސޮފްޓްކޮޕީ ފޯމެޓުގައި އީމެއިލް މެދުވެރިކޮށް ލިބިލައްވާނެއެވެ. ބީލަން ސެކިއުރިޓީގެ ގޮތުގައި ބީލަން ހުށަހަޅާއިރު -/500ރ (ފައްސަތޭކަ ރުފިޔާ) ހުށަހަޅަންވާނެއެވެ.

 

ނަންނޯޓު ކުރުން

މަޢުލޫމާތު ސާފުކުރުން

ޕްރީބިޑްމީޓިންގް

ބީލަން ހުށަހެޅުމާއި،

ހުޅުވުން

29 ޖުލައި 2019 އިން ފެށިގެން 01 އޮގަސްޓ 2019 ވަނަ ދުވަހުގެ މެންދުރު 12:00ގެ ނިޔަލަށް،

ތާރީޚް: 01 އޮގަސްޓް 2019، ބުދަދުވަހުގެ 13:00 ގައި

ތާރީޚް: 05 އޮގަސްޓް 2019، ހޯމަދުވަހުގެ 13:00 ގައި

 

25 ޛުލްޤައިދާ 1440

29 ޖުލައި 2019

29 ޖުލައި 2019
ހޯދާ