ކޮޅުމަޑުލު ބުރުނީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޖްތިމާއީމަރުކަޒުގައި ޓިއުޝަން ދިނުމަށް ޝައުގުވެރިވާ ފަރާތެއް ހޯދުން

އިޖްތިމާއީމަރުކަޒުގައި ޓިއުޝަން ދިނުމަށްޓަކައި އެ ޢިމާރާތް ބޭނުންކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން މިކަމަށް އެދި ޕްރޮޕޯޝަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. ޢިމާރާތް ބޭނުން ކުރުމަށް ކައުންސިލުން ކަނޑައަޅާ އެންމެ ދަށް އަގަކީ މަހަކަށް -/400 (ހަތަރުސަތޭކަ) ރުފިޔާގެ ރޭޓުންނެވެ. މިގޮތުން ޢިމާރާތް ކުއްޔަށް ދޫކުރެވޭނީ މަހަކަށް -/400  ( ހަތަރުސަތޭކަ ) ރުފިޔާ އަށްވުރެ މަތިން ކުލި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާ ފަރާތަކަށެވެ.

  • މަޢުލޫމާތު ހިއްސާކުރުމަށް ބާއްވާ ބައްދަލުވުން އޮންނާނީ 01 އޮގަސްޓް 2019 ވާ ބުރާސްފަތި ދުވަހުގެ 10:30 ގައި މިއިދާރާގައެވެ.
  • ޕްރޮޕޯޝަލް ބަލައިގަތުން އޮންނާނީ 6 އޮގަސްޓް 2019 ވާ އަންގާރަ ދުވަހުގެ 10:30 ގައި މިއިދާރާގައެވެ.

                   މަޢުލޫމާތު ހިއްސާކުރުމަށް ބާއްވާ ބައްދަލުވުމުގައި ބައިވެރިނުވާ ފަރާތްތަކުންވެސް މިކަމަށް ޝައުގުވެރިވެލައްވާނަމަ ޕްރޮޕޯޝަލް ހުށަހެޅުމުގެ ފުރުޝަތު އޮތް ވާހަކަ ދަންނަވަމެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމާއި ޕްރޮޕޯޝަލް ހުށަހެޅުމަށް، ޕްރޮޕޯސަލް ހުށަހަޅާފަރާތް ބައިވެރިވެވެން ނެތް ހާލަތްތަކުގައި ބަދަލުގައި އެހެން ފަރާތެއް ފޮނުވާނަމަ އެފަރާތެއް އައްޔަންކޮށްފައިވާކަން އެނގޭނެ ރަސްމީ ލިޔުމެއް، އައިޑީކާޑުގެ ކޮޕީއާއެކު ހުށަހަޅަންވާނެއެވެ.

29 ޖުލައި 2019
ހޯދާ