މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް
ދިވެހިރާއްޖެ
އިމާރާތް މަރާމާތު ކުރުމާއި ކުލަ ލުމަށް އަންދާސީ ހިސާބު ބޭނުންވެއްޖެ.

                                                                                           ނަންބަރ: MMS-A/2019/17

އިޢުލާން

އިމާރާތް މަރާމާތު ކުރުމާއި ކުލަ ލުމަށް އަންދާސީ ހިސާބު ބޭނުންވެއްޖެ.

މި ސަރވިސްގެ އެޑްމިނިސްޓްރޭޓިވް އިމާރާތުގެ ބައެއް ޔުނިޓުތަކުގައި ކުލަ ކަހާ ކުލަލުމާއި ތަޅުމުގެ ތަށިމުށި ނައްޓާ ސިމެންތި ކޮށާ ތަޅުންގަނޑު އެއްވަރުކޮށް ތަށިމުށި ޖެހުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

މިކަމާއި ގުޅިގެން ބާއްވާ މައުލޫމާތު ދިނުން 2019 ޖުލައި 29 ވަނަ ދުވަހުން 11:00 ގައި ހުޅުލޭ (ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު) ގައި ހުންނަ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގައި އޮންނާނެއެވެ. އިތުރު މަޢުލޫމާތު ބޭނުން ފުޅުވާ ފަރާތްތަކުން 2019 ޖުލައި 30 ވަނަ ދުވަހުގެ 11:00 ކުރިން މިސަރވިސްގެ އީމެއިލް [email protected] އަށް ފޮނުއްވުމުން 2019 އޮގަސްޓު 01 ގެ 2:00 ގެ ކުރިން މިސަރވިސް އިން ޖަވާބު ފޮނުވާނެކަން ދަންނަވަމެވެ.

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2019 އޮގަސްޓު 4 ވާ ބުރާސްފަތި ދުވަހުގެ11:00  އަށް ހުޅުލޭ  (ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް) ގައި ހުންނަ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. މިމަސައްކަތާއި ގުޅޭ މަސައްކަތުގެ މަޢުލޫމާތު ޝީޓު ތިރީގައި އެވަނީއެވެ.

 

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާރވިސް (ހުޅުލެ)ގެ އެޑްމިނިސްޓްރޭޓިވް ޢިމާރާތުގައި ހުންނަ ބައެއްޔުނިޓް ތަކުގެ ތަޅުމުގައި ޖަހާފައިވާ މުށިތައް ނެއްޓި، ހަލާކުވެފައިވާތީވެ، އެތަންތަނުގައި އަލުން މުށިޖެހުމާއި، ކުލަލުމުގެ މަސައްކަތް ކުރުމަށް ބޭނުންވާ މައުލޫމާތު.

       އިޢުލާން ނަންބަރ: MMS-A/2019/17

01- ޑައިރެކްޓަރ ޖެނަރަލް މީޓިއޮރޮލޮޖީ ކޮޓަރި:

 

01.1- "10 '15 ދިގު، "6 '12 ފުޅާ ތަޅުމުގެ ތަށިމުށި ނައްޓާ، ތަށިމުށިޖެހުމަށް ސިމެންތިކޮށާ، ތަޅުންގަނޑު އެއްވަރުކުރުން.

01.2- "10 '15 ދިގު، "6 '12 ފުޅާ ތަޅުމުގައި "24×"24 ގެ ތަށިމުށި ޖެހުން.

01.3- ("10 '15 ދިގު، "6 '12 ފުޅާ) ×2 ފާރުތަކުގެ ތިރީގައި ވަށައިގެން އަޅާފައިވާ "3 ފުޅާ  "2/1 ބޯ ލަކުޑި ބޯޑަރ ނައްޓާ، ތަށިމުށި ޖެހުމަށްފަހު އާ ބޯޑަރ ހަރުކުރުން. އާބޯޑަރ ހަރުކުރަންވާނީ މިހާރު ހުރި ގޮތަށް އެމިންތަކުގައި، ބޯޑަރ ރޫޓަރކޮށް އަންޑަރކޯޓު ލުމައްފަހު ދަވާދުލާފައެވެ.

01.4- ("10 '15 ދިގު،  "3 '8 އުސް × 2) އަދި ( "6 '12 ދިގު، "3 '8 އުސް) × 2,  ފާރުތަކުން ކުލަކަހާ ކުލަ ލުން. ("6 '12 ދިގު، "3 '8) ދެފާރުގެ ތެރެއިން އެއްފާރުގައި '12 ދިގު "5 '6 ފުޅާ ބިއްލޫރި ދޮރެއް އަނެއްފާރުގައި "5 '2 ގެ ދޮރަކާއި "7 '2 ގެ ދޮރެއް ހަރުކުރެވިފައި ވެއެވެ.

01.5- ދެކުނުފަރާތު "10 '15 ގެ ފާރުން ކޯނިސް ނައްޓާ މިހާރު ހުރިވައްތަރުގެ ކޯނިސް ހަރުުކުރުން.

 

02- ބަޖެޓް ސެކްޝަން:

 

02.1- '16 ދިގު، "7 '12 ފުޅާ ތަޅުމުގެ ތަށިމުށިނައްޓާ، ތަށިމުށި ޖެހުމަށް ސިމެންތިކޮށާ ތަޅުންގަނޑު އެއްވަރުކުރުން.

02.2- '16 ދިގު، "7 '12 ފުޅާ ތަޅުމުގައި "24×"24 ގެ ތަށިމުށި ޖެހުން.

02.3- ('16 ދިގު ،"7 '12 ފުޅާ )×2, ފާރުތަކުގެ ތިރީގައި ވަށައިގެން އަޅާފައިވާ "3 ފުޅާ  "2/1 ބޯ ލަކުޑި ބޯޑަރ ނައްޓާ، ތަށިމުށި ޖެހުމަށްފަހު އާ ބޯޑަރ ހަރުކުރުން. އާބޯޑަރ ހަރުކުރަންވާނީ މިހާރު ހުރި ގޮތަށް އެމިންތަކުގައި، ބޯޑަރ ރޫޓަރކޮށް ހަދާ އަންޑަރކޯޓު ލުމައްފަހު ދަވާދުލާފައެވެ.

02.4- ('16 ދިގު، "6 '8 އުސް) × 2 އަދި ("07 '12 ދިގު، "6 '8 އުސް) × 2 , ފާރުތަކުން ކުލަކަހާ ކުލަ ލުން.

02.5- ('16 ދިގު، "6 '8 އުސް) ދެފާރުގެ ތެރެއިން އެއްފާރުގައި ('5 ދިގު "2 '4 ފުޅާ) ބިއްލޫރި ދެދޮރު އަނެއްފާރުގައި "7 '2 ގެ ދޮރެއް ހަރުކުރެވިފައި ވެއެވެ.

 

03- ޑެޕިއުޓީ ޑައިރެކްޓަރ ޖެނަރަލް ކްލައިމެޓޮލޮޖީ ކޮޓަރި:

03.1- ("8 '12 ދިގު، "4 '8 އުސް) × 2 އަދި ("7 '9 ދިގު، "4 '8 އުސް) × 2 ފާރުތަކުން ކުލަކަހާ ފާރުތަކުގައި ކުލަ ލުން.

03.2- ("8 '12 ދިގު × 2 ) އަދި ("7 '9 ފުޅާ × 2 ) ފާރުތަކުގެ ތިރީގައި ވަށައިގެން އަޅާފައިވާ "3 ފުޅާ "2/1 ބޯ ލަކުޑި ބޯޑަރ ގައި ދަވާދުލުން.

03.3- ("8 '12 ދިގު، "4 '8 އުސް) ދެފާރުގެ ތެރެއިން އެއްފާރުގައި ('5 ދިގު '3 ފުޅާ) ބިއްލޫރި ދޮރެއް އަދި އަނެއްފާރުގައި "7 '2 ގެ ދޮރެއް ހަރުކުރެވިފައި ވެއެވެ.

 

04- އެޑްމިން ޔުނިޓް:

04.1- ("02 '19 ދިގު، "6 '8 އުސް)  × 2 އަދި ("08 '12 ދިގު، "6 '8 އުސް) × 2 , ފާރުތަކުން ކުލަކަހާ ކުލަލުން.

04.2- ("02 '19 ދިގު ،"08 '12 ފުޅާ) × 2 ، ފާރުތަކުގެ ތިރީގައި އަޅާފައިވާ "3 ފުޅާ "2/1 ބޯ ލަކުޑި ބޯޑަރ ގައި ދަވާދުލުން.

4.3- ("2 '19 ދިގު، "6 '8 އުސް) އެއްފާރުގައި "7 '2 ގެ ދޮރަަކާއި ('5 ދިގު، '3 ފުޅާ) ބިއްލޫރި ދޮރެއް ހަރުކުރެވިފައި ވެއެވެ.

.....................................................

 

ހުށަހަޅުއްވާ އަންދާސީ ހިސާބުގައި ހުންނަން ޖެހޭ މަޢުލޫމާތު:

  1. މަޢުލޫމާތު ޝީޓުގައިވާ ކޮންމެ ބަޔަކަށް ވަކި ވަކިން އަންދާސީ ހިސާބު ހުށައެޅުއްވުން.  އަދި ކޮންމެ އަންދާސީ ހިސާބެއްގައި މަސައްކަތްނިންމޭނެ މުއްދަތު ހިމެނުން.
  2. ހުށަހަޅާ އަންދާސީ ހިސާބާއި އެކު ކަވަރިންގ ލެޓަރއެއް ހުށަހަޅަން ވާނެއެވެ. ކަވަރިން ލެޓަރގައި އަންދާސީ ހިސާބު ގައި ހުށަހަޅުއްވާ ފަރާތުގެ އަންދާސީ ހިސާބު ނަންބަރާއި އަދި ވަކިވަކިން އަންދާސީ ހިސާބު ހުށަހެޅި ބައިތަކުގެ ޖުމްލައަގު އެގެން އޮންނަން ވާނެއެވެ. އަދި ހުރިހާ މަސައްކަތެއް ނިންމޭނެ މުއްދަތު އެގެން އޮންނަން ވާނެއެވެ.
  3. ހުށަހަޅާ އެސްޓިމޭޓްގައިވާ ތަށިމުށި ވާންޖެހޭނީ ހޯމޯޖީނިއަސް މޮޅު ތަށިމުއްޓަށެވެ.
  4. ތަށިމުށި ޖަހަންވާނީ ކެމިކަލް ސިމެންތި ބޭނުންކޮށްގެންނެވެ.
  5. މުށި ޖެހުމުގެ ކުރިން މިސަރވިސް އިން ތަށިމުއްޓާއި ތަށިމުށީގެކުލަ އެޕްރޫވް ކުރަން ވާނެއެވެ.
  6. ފާރުގަލާ ކުލަ ލުމުގެ ކުރިން މިސަރވިސް އިން ކުލަ  އެޕްރޫވް ކުރަން ވާނެއެވެ.
  7. އަންދާސީ ހިސާބު ހުށައަޅުއްވާއިރު ވަކިވަކީން ތަށިމުށި ގަޑެއް ޖެހުމުގެ އަގު ވަކިން ހުށަހެޅުމާއި ތަފްސީލް އެގެން ހުރުން.
  8. އަންދާސީ ހިސާބު ހުށައަޅާއިރު މަސައްކަތުގެ ތަފްސީލް އަގާއި ޖުމްލަ އަގުގެ އިތުރުން މަސައްކަތް ނިންމޭނެ މުއްދަތު އަދި އަންދާސީ ހިސާބުގެ ވެލިޑިޓީ 60  ދުވަސް (ފަސްދޮޅަސް ދުވަސް) ހިމަނަންވާނެއެވެ.
  9. އެސްޓިމޭޓްއާއިއެކު ތިރީގައި މި ދަންނަވާ ލިޔެކިޔުން ހުށަހަޅުއްވަން ވާނެއެވެ.

9.1     ކުންފުނީގެ ޕްރޮފައިލް

9.2     ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީ

9.3     ޖީ.އެސް.ޓީ ރަޖިސްޓަރޭޝަން ކޮޕީ

9.4     ވޭތުވެދިޔަ 05 އަހަރު ތެރޭގައި ކޮށްފައިވާ މިބާވަތުގެ މަސައްކަތުގެ ތަފުސީލް ނުވަތަ އެންމެ ފަހުން ކޮށްފައިވާ މިބާވަތުގެ 10 މަސައްކަތުގެ ތަފުސީލު.

 

  1. ބިޑް އިވަލުއޭޝަން ކްރައިޓީރިއާ

ތަފްސީލް

ޕޮއިންޓް

  1. ހުށަހަޅާފައިވާ އަގު:

ހުށަހެޅި އެންމެ ހެޔޮ އަގު

85

ހުށަހެޅި އަގު

 

85

  1. މުއްދަތު: 

ހުށަހެޅި އެންމެ ކުރު މުއްދަތު

× 10

ހުށަހެޅި  މުއްދަތު

 

10

  1. ތަޖުރިބާ:  (މިބަޔަށް މާރކްސް ދެވޭނީ މަސައްކަތު ތަޖުރިބާ ބަޔާންކޮށްދެން ހުށަހަޅާ ކޮންމެ ފުރިހަމަ ލިޔުމަަކަށް 1 ޕޮއިންޓެވެ.)

ފުރިހަމަ ލިޔުމެއްކަމަށްބެލެވޭނީ، ވޭތުވެދިޔަ 5 އަހަރުތެރޭގައި މި ކަމާއި ގުޅުންހުރި މަސައްކަތެއް ފުރިހަމަ ކުރުމަށްފަހު މަސައްކަތް ކޮށްފައިވާ އަގާއި، މުއަދަތު އަދި ތާރީޙް އެންގޭނޭ ގޮތަށް ހުށަހަޅާފައިވާ ލިޔުމަށް އެކަންޏެވެ. މިފަދަ 5 ލިޔުން ނުވަތަ އެއަށްވުރެ އިތުރުވާނަމަވެސް ލިބޭނީ 5 ޕޮއިންޓެވެ.

05

 

 

އެހެނިހެން މަޢުލޫމާތު:

  1. މަސައްކަތް ކުރަމުންދާ ވަގުތުތަކުގައި އޮފީހުގެ މުވައްޒަފުންނަން ދަތި ނުވާގޮތަށް މަސައްކަތް ކުރުން.
  2. މަސައްކަތް ކުރަން ބޭނުންވާ ތަކެއްޗާއި މަސައްކަތް ކުރުމަށް ބޭނުންވާ އާލާތްތައް ހޯއްދަވާނީ މަސައްކަތް ކުރާ ފަރާތުންނެވެ.
  3. މަސައްކަތް ޙަވާލުވާ ފަރާތުން މަސައްކަތް ކުރުމަށް ބޭނުންވާ އާލަތްތައް ހުޅުލެ އަށް އެރުވުމާއި ހުޅުލެއިން ބޭރުކުރުމުގެ ހުއްދަ އެއަރޕޯޓްސް ކޮމްޕެނީ އާއި ގުޅައިގެން ހޯދުމަކީ މަސައްކަތާ ޙަވާލުވާފަރާތުގެ ޒިންމާއެކެވެ.
  4. މަސައްކަތް ކުރުމަށް އަންނަ މީހުން ހުޅުލެ އަށް އެރުމުގެ ކަންތައް ހަމަޖައްސަން ޖެހޭނީ މަސައްކަތާ ޙަވާލުވާ ފަރާތުންނެވެ.
  5. މަސައްކަތް ކޮށް ނިންމުމަށްފަހު ނައްޓާ ތަށިމުށި އާއިއެކު ކުނީގެ ގޮތުގައި އުކާލަންޖެހޭ ތަކެތި ހުރިނަމަ އުކާލާ، ތަން ސާފުކުރުމަކީ މަސައްކަތާއި ހަވާލުވާ ފަރާތުގެ ޒިންމާއެކެވެ.
  6. މިމަސައްކަތް ކުރުމަށް ބޭނުންވާ ކަރަންޓާއި، ފެނުގެ ޚިދުމަތް، މަސައްކަތް ހަވާލުވާ ފަރާތަކަށް މިސަރވިސް  އިން ފޯރުކޮށްދެވޭނެއެވެ.
  7. ދެވިފައިވާ މަޢުލޫމާތާއި ބެހޭގޮތުން އިތުރަށް ސާފުކުރައްވަން ބޭނުންފުޅުވާ މަޢުލޫމާތެއް ވާނަމަ [email protected] އީމެއިލް ކުރެއްވުން އެދެމެވެ.

21 ޛުލްޤައިދާ 1440

 

24 ޖުލައި 2019
ހޯދާ