ހައްދުންމަތީ ފޮނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އައި.ޔޫ.އެމް ލަރނިންގ ސެންޓަރ ފޮޅާސާފުކޮށް ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

ލ. ފޮނަދޫގައި ހުންނަ އައި.ޔޫ.އެމް ލަރނިންގ ސެންޓަރުގެ ޢިމާރާތާއި ގޯތިތެރެ ކުނިކަހައި ފޮޅާސާފުކޮށް ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، 01 އަހަރު ދުވަހުގެ މުއްދަތަށް މިމަސައްކަތް ކޮށްދިނުމަށް ސައުގުވެރިވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

 

 

މަޢުލޫމާތު ސާފުކުރުން

30 ޖުލައި 2019 (އަންގާރަ) ދުވަހުގެ 13:00 ގައި ލ. ފޮނަދޫ ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައި މި ބީލަމާގުޅޭ މަޢޫލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނެއެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރި ނުވިޔަސް މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު އޮންނާނެއެވެ. ބީލަންކަރުދާސް މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވާ ގަޑީގެ ފަހުން ލ. ފޮނަދޫ ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ.

 

ބީލަން ހުށަހެޅުން

ބީލަން ހުށަހަޅާނީ 05 އޯގަސްޓް 2019 (ހޯމަ) ދުވަހުގެ 13:00 ގައި ލ. ފޮނަދޫ ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައި އޮންނަ ބީލަން ބައްދަލުވުމުގައެވެ.

ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.

 

އިތުރު މަޢުލޫމާތު

މިބީލަމާގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް ގުޅުއްވާނީ:

ފޯނު: 6800082

އީމެއިލް: [email protected]

23 ޖުލައި 2019
ހޯދާ