ހިރިޔާ ސްކޫލް
ދިވެހިރާއްޖެ
25 ނޮވެމްބަރ 2019 ން ފެށިގެން ހިރިޔާ ސްކޫލުގެ އެކްޓިވިޓީ ޔުނިފޯމް 05 (ފަހެއް) އަހަރު ދުވަހަށް ފަހައިދީ ވިއްކާނެ ފަރާތެއް ހޯދުން

އަންދާސީ ހިސާބު ބޭނުންވެއްޖެ

 

                މިސްކޫލުންދޭ މަޢުލުމާތާ އެއްގޮތަށް، 25 ނޮވެމްބަރ 2019 ން ފެށިގެން ދަރިވަރުންގެ އެކްޓިވިޓީ ޔުނީފޯމް 05(ފަހެއް) އަހަރު ދުވަހަށް އަމިއްލަ ޚަރަދުގައި ފަހައި ވިއްކާނެ އިންތިޒާމް ހަމަޖައްސައިދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

މަތީގައި ދެންނެވިފައިވާ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 25 ޖުލައި 2019 ވާ ބުރާސްފަތި ދުވަހުގެ 11:00 ށް ސްކޫލަށް ދުރުވެ މައުލޫމާތު ސާފުކުރެއްވުމަށްފަހު، 04 އޮގަސްޓް 2019 ވާ އާދިއްތަ ދުވަހުގެ 11:00 ށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މައުލޫމާތު ސާފު ކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެއެވެ. އަދި މަޢުލޫމާތު ޝީޓް މި އިޢުލާނާއި އެޓޭޗް ކުރެވިފައިވާނެކަން މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

ވީމާ، މިކަން އާންމުކޮށް އަންގާ އިއުލާން ކުރީމެވެ.

 

23 ޖުލައި 2019
ހޯދާ