އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހިތަދޫ އަވަށު ފްލެޓްތަކަށް އެދުނު ފަރާތްތަކަށް ދެވުނު ޕޮއިންޓުގެ ތަފްޞީލު ލިސްޓު

އިޢުލާން

ސަރުކާރުގެ "ގެދޮރުވެރިކުރުން" ޕްރޮގްރާމްގެ ދަށުން، އައްޑޫ ސިޓީގެ ހިތަދޫ އަވަށުގައި ޢިމާރާތްކޮށްފައިވާ 264 ފްލެޓްގެ ތެރެއިން، ކެޓަގަރީ A ، B ،C ގެ ދަށުން ފްލެޓަށް އެދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން، ޝަރުތު ހަމަވުމުން ޕޮއިންޓް ދެވިފައިވާ ފަރާތްތަކުގެ ލިސްޓް މިއިދާރާގެ ނަންބަރު: (IUL)426-AB/426/2019/238 އިޢުލާނުން ޢާންމުކޮށް ޝަކުވާހުށަހަޅަން ހުޅުވާލިއިރު،  ޕޮއިންޓް ދެވިފައިވާ ގޮތުގެ ތަފްޞީލް ފެންނަން ނެތުމުން ޝަކުވާ ހުށަހެޅުމަށް އުނަދަގޫތަކެއް ކުރިމަތިވާކަމަށް ގިނަ ރައްޔިތުން ހުށަހަޅަމުން ދާތީ ޕޮއިންޓް ދެވިފައިވާ ގޮތުގެ ތަފްޞީލު ލިސްޓް މިއިޢުލާނާއިއެކު ޢާންމުކުރެވިފައި އެވަނީއެވެ.

ފްލެޓަށްއެދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވަނީ 2016 ވަނަ އަހަރު ފްލެޓަށް އެދި ހުށަހަޅަން ކުރެވުނު އިޢުލާނާއިއެކު ޢާންމުކޮށްފައިވާ "ގެދޮރުވެރިކުރުމުގެ ޕްރޮގްރާމްގެ ދަށުން އައްޑޫސިޓީ ހިތަދޫ އަވަށުގައި ޢިމާރާތްކުރެވޭ 264 ފްލެޓް ދޫކުރުމަށް ހަމަޖެހިފައިވާ އުޞޫލާއި ޝަރުޠު" ގައި ބަޔާންކުރެވިފައިވާ ގޮތުގެ މަތިން ކަން މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.  އަދި އެޢުސޫލު މިއިދާރާގެ ވެބްސައިޓް www.adducity.gov.mv ގައި ޝާއިޢުކުރެވި، އަވަށުއޮފީސްތަކާއި މިއިދާރާގެ ނޯޓިސް ބޯޑުގައިވެސް ބެހެއްޓިފައިހުންނާނެއެވެ. އަދި ޕޮއިންޓް ލިބިފައިވާގޮތާމެދު، އިތުރަށް ކަމެއް ސާފުކުރެއްވުމަށް ނުވަތަ ޝަކުވާ ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކަށް އިތުރުވަގުތު ދިނުމުގެގޮތުން ޝަކުވާ ހުށަހެޅުމުގެ މުއްދަތު 30 ޖުލައި 2019 ވާ އަންގާރަދުވަހުގެ 14:00 އަށް އިތުރުކުރެވިފައިވާކަމުގައި ވެސް ދަންނަވަމެވެ.

ވުމާއެކު، ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން، ލިޔުމުން ސިޓީއުރައެއްގައި (ސިޓީއުރައިގެ ބޭރުގައި " އައްޑޫ ސިޓީގެ A ކެޓަގަރީގެ ފޯމުތަކާއިގުޅޭ" ، " އައްޑޫ ސިޓީގެ B ކެޓަގަރީގެ ފޯމުތަކާއިގުޅޭ" ، "އައްޑޫ ސިޓީގެ C ކެޓަގަރީގެ ފޯމުތަކާއިގުޅޭ" ޖެއްސެވުމަށްފަހު) ހިތަދޫ އަވަށު އޮފީހަށް ނުވަތަ މަރަދޫ،މަރަދޫފޭދޫ،ފޭދޫ އަވަށުއޮފީހަށް ، 30 ޖުލައި 2019 ވާ އަންގާރަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ހުށަހެޅުއްވުން އެދެމެވެ.

ހައުސިންގ ޔުނިޓްތައް ލިބޭ ފަރާތްތަކުގެ ލިސްޓް އިޢުލާންކުރެވޭނީ، ހުށަހެޅޭ ޝަކުވާތަކާއި ގުޅިގެން، ނުވަތަ ސާފުކުރެވޭ އިތުރު މަޢުލޫމާތާއި ގުޅިގެން، މި ލިސްޓަށް ގެންނަންޖެހޭ އުނިއިތުރެއްވާނަމަ، އެ އުނިއިތުރެއް ގެނައުމަށްފަހުގައެވެ. 

19 ޛުލްޤަޢިދާ 1440

22 ޖުލައި 2019
ހޯދާ