ހުރަވީ ސްކޫލް، ހުޅުމާލެ
ދިވެހިރާއްޖެ
ކުޅިވަރު ޕޫލްތައް ހިންގައިދޭނެ ފަރާތްތައް ހޯދުމަށް

ކުޅިވަރު ޕޫލްތައް ހިންގާނެ ފަރާތްތަކެއް ހޯދަން ބޭނުންވެއްޖެ

ހުރަވީ ސުކޫލުގެ ތިރީގައި މިދަންނަވާ ކުޅިވަރުޕޫލްތައް ހިންގައިދޭނެ ފަރާތްތަކެއް ހޯދަންބޭނުންވެއްޖެއެވެ.

  1. ހޭންޑްބޯލް ޕޫލް
  2. ފުޓްބޯލް ޕޫލް
  3. ސްވިމިންގ ޕޫލް

 ވީމާ މަތީގައިވާ ކުޅިވަރު ޕޫލްތައް ހިންގުމަށް ޝައުޤުވެރިވާ ތިރީގައި މިދަންނަވާ ޝަރުތުތައް ހަމަވާ ފަރާތްތަކުން  31 ޖުލައި 2019 ވާ ބުދަ ދުވަހުގެ 10:00 އަށް ސުކޫލަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު 5 އޮގަސްޓް 2019 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 އަށް ސުކޫލަށް ވަޑައިގެން ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. 

  • ޕްރޮޕޯސަލް ހުށަހަޅާ ކުޅިވަރު ކުރިއަރުވާ މުބާރަތްތައް ރާވާ ހިންގާ ކުލަބު ޖަމުޢިއްޔާ އަކަށްވުން.
  • ކުލަބު ޖަމުޢިއްޔާ އަކީ ދިވެހިރާއްޖޭގެ ސްޕޯޓްސް ކައުންސިލް ގައި ރެޖިސްޓްރީ ވެފައިވާ ޖަމުޢިއްޔާ އަކަށްވުން
  • ފްރޮޕޯސަލް ހުށަހަޅާ ކުޅިވަރުގެ ޕޫލްތައް ރާވާ ހިންގާ ބަޔަކަށްވުން.
  • ޖަމިއްޔާގައި ދަށްވެގެން 'ސީ' ލައިސަންސް ކޯޗަކު ހުރުން.
22 ޖުލައި 2019
ހޯދާ