މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު މެޖިސްޓްރޭޓްކޯޓް
ދިވެހިރާއްޖެ
ރ.މަޑުއްވަރީ މެޖިސްޓްރޭޓް ކޯޓު ޢިމާރާތް މަރާމާތުކުރުމާއި އެކޯޓަށް ބައެއް އިތުރުކުރުމާއި އަދި ޕޯޓިކޯއެއް ހެދުން.

             މިކޯޓުގެ ނަންބަރ E7C-A/2019/04 އިޢުލާނައި ގުޅިގެން އަންދާސީ ހިސާބު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ބިޑް ކޮމެޓީން މަސައްކަތް ހަވާލުކުރުމަށް ނިންމި ފަރާތުން މަސައްކަތާއި ހަވާލުވާން ބޭނުންނުވާތީ މި އިޢުލާން ބާތިލްކޮށް އަލުން އިޢުލާންކުރަމެވެ.

              ރ.މަޑުއްވަރީ މެޖިސްޓްރޭޓު ކޯޓަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމުގެ ގޮތުން އެކޯޓަށް 33 ފޫޓު 20 ފޫޓުގެ ބައެއް އިތުރުކުރުމާއި ޕޯޓިކޯއެއް ހެދުމުގެ އިތުރުން ކުރިން ހުރި ޢިމާރާތް އެއްކޮށް ސީލިންގކޮށް މިހާރުތަޅުމުގައިހުރި ތަށިމުށިތައް ނައްޓުވާ އަލުން ތަށިމުށިޖެހުމާއި މިހާރު ވަށައިގެންހުރި ލަކުޑިދޮރުތައް ނައްޓުވާ އަލުން އެލްމެނިއަމް ދޮރު އަޅުވާ ކޯޓު މަރާމާތުކުރަން ބޭނުންވާތީ އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދިނުމުގެ ޝަވްޤްވެރިކަން ހުރިފަރާތްތަކުން މަޢުލޫމާތު ސާފުކުރުމަށް ފަހު އަންދާސީ ހިސާބު ހުށައެޅުމަށް ފުރުޞަތު ހުޅުވާލަމެވެ. މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވަނީ 29 ޖުލައި 2019 ވާ ހޯމަ ދުވަހުގެ 11:00 ގައި އުނގޫފާރު މެޖިސްޓްރޭޓު ކޯޓާއި ރ.މަޑުއްވަރީ މެޖިސްޓްރޭޓު ކޯޓުންނެވެ. އަދި އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ 07 އޮގަސްޓް 2019 ވާ ބުދަ ދުވަހު އުނގޫފާރު މެޖިސްޓްރޭޓު ކޯޓާއި ރ.މަޑުއްވަރީ މެޖިސްޓްރޭޓުންނެވެ.

               މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތަކާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބަލައިނުގަންނާނެ ވާހަކަވެސް މިފުރުޞަތުގައި ދަންނަވަމެވެ.

     ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

21 ޖުލައި 2019
ހޯދާ