ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް
ދިވެހިރާއްޖެ
ކ. ތިލަފުށި އަދި ކ.ގުޅިފަޅުގެ ބިމާއި ފަޅު ހިމެނޭގޮތަށް މިކުންފުނީގެ ހުއްދަނެތި ބަހައްޓާފައިވާ ތަކެތި ނެގުމާއި ގުޅޭ (އިތުރު މުއްދަތު ދެވިފައި)

  އިޢުލާން

 

ނަމްބަރު:GMIZL/IUL/LEGAL/2019/007

 

މިކުންފުނީގެ ބެލުމުގެ ދަށުގައިވާ ކ. ތިލަފުއްޓާއި ކ.ގުޅިފަޅުގެ ބިމާއި ފަޅުގެ ސަރަޙައްދުތަކުގައި މިކުންފުނީގެ ހުއްދަނެތި ބަހައްޓާފައިވާ އެއްގަމާއި ކަނޑުގެ އުޅަނދުތަކާއި، މިނޫން ވެސް މުދަލާއި ތަކެތީގެ ސަބަބުން މިކުންފުނީގެ އަދި  ތިލަފުއްޓާއި ގުޅިފަޅުން ބިން ކުއްޔަށް ނަންގަވާފައިވާ ފަރާތްތަކުގެ އޮޕަރޭޝަނަށް ދަތިވަމުންދާތީ، 19 ޖޫން 2019 އިން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި މިތަކެތި ނެގުމަށް ވާނީ މި ކުންފުނީގެ އިޢުލާން ނަމްބަރ (GMIZL/IUL/LEGAL/2019/006) އިން ފުރުޞަތު ދެވިފައެވެ. އެހެންނަމަވެސް ދެވިފައިވާ މުއްދަތުގައި ބަޔާންކުރެވުނު ތަކެތި ނަގާފައިވުނާތީ، އެތަކެތި ނެގުމަށް މިއަދުން ފެށިގެން އިތުރު 14 (ސާދަ) ދުވަހުގެ މުއްދަތެއް އަރުވަމެވެ. އަދި މިއީ މިތަކެތި ނެގުމަށް މިކުންފުނިން ދެވޭނެ އެންމެ ފަހު ފުރުޞަތުކަމުގައި ދަންނަވަމެވެ.

މިމުއްދަތުގައި މިސަރަހައްދުގައިވާ ތަކެތި ނުނަގައިފިނަމަ، މިތަކެތި ނަގައި ނައްތާލުމުގެ މަސައްކަތް މިކުންފުނިން ކުރާނެކަމުގައި ދަންނަވަމެވެ. އަދި މިކަމުގެ ސަބަބުން އެއްވެސް ފަރާތަކަށް ލިބިދާނެ ގެއްލުމަކަށް މިކުންފުނިން ޒިންމާނުވާނެކަމުގައި ދަންނަވަމެވެ.   

18 ޛުލްޤައިދާ 1440

21 ޖުލައި   2019

 

 

Fen Building/ 4th floor                   ފެން ބިލްޑިންގް/4 ވަނަ ފަންގިފިލާ

Ameenee Magu, Male’, Republic of Maldives           އަމީނީމަގު، މާލެ، ދިވެހިރާއްޖެ

Tel: 3307513, 3307515 Fax: 3307514        ފޯން: 3307513،3307515 ފެކްސް: 3307514

21 ޖުލައި 2019
ހޯދާ