ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޅުދުއްފުށީ ލޯކަލްމާރުކޭޓް ގޮޅިތަކަށް ކުރިމަތިލުމާބެހޭ

ކުޅުދުއްފުށީ ލޯކަލްމާރުކޭޓުގެ މިހާރު ބާކީ ހުރި 19 ގޮޅި ކުއްޔަށް ހިފަން އެދޭފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ.

ވީމާ ލޯކަލްމާރުކޭޓް ގޮޅިތައް ކުއްޔަށް ހިފުމަށް ޝައުގުވެރިވާ ފަރާތްތަކުން 31 ޖުލައި 2019 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ފޯމް ހުށަހެޅުއްވުން އެދެމެވެ. ކަމާގުޅޭފޯމް ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

ލޯކަލްމާރުކޭޓް ގޮޅިތަކާބެހޭ

ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ތަނުގެ މަޢުލޫމާތު

ރާއްޖޭގައި އުފައްދާ ތަކެތި ވިއްކުމަށް ޚާއްސަކުރެވިފައިވާ މާރުކޭޓްގެ 19 ގޮޅި

ކުއްޔަށް ދޫކުރާ ތަނުގެ ކުލީގެ ޢަދަދު

67 އަކަފޫޓުގެ 19 ގޮޅި: ގޮޅިއެއް މަހަކު -/1000 ރުފިޔާ

ކުއްޔަށް ދޫކުރާ މުއްދަތު

މީލާދީ 01 (އެކެއް) އަހަރުދުވަހުގެ މުއްދަތަށް

ބަޔަކު ހޮވުމުގައި ޢަމަލުކުރާނެ އުޞޫލް

ކުރިމަތިލާ ފަރާތްތަކުގެ ޙާޟިރުގައި ނަގާ ގުރުއަތުން ހޮވޭ ފަރާތްތަކަށް.

ތަން ކުއްޔަށް ހިފާފަރާތުގެ ކިބައިގައި ހުންނަންޖެހޭ ޚާއްސަ ޝަރުތު

  • ގަވައިދާ ޚިލާފްވެގެން ކުޅުދުއްފުށި ކައުންސިލް އިދާރާއިން ކުރެވިފައިވާ ޖުރުމަނާއެއް ނުދައްކާވާ ފަރާތެއްކަމުގައި ނުވުން
  • ކޯޓުއަމުރެއްގެ ދަށުން ކައުންސިލް އިދާރާއަށް ދައްކަންޖެހޭ ފައިސާއެއް އޮތް މީހަކުކަމުގައި ނުވުން
  • ކޯޓު އަމުރެއްގެ ދަށުން ކައުންސިލް އިދާރާއަށް ދައްކަންޖެހޭ ފައިސާއެއް ދެއްކިތާ އެއްއަހަރު ދުވަސްވެފައިވާ މީހަކުކަމުގައި ވުން.
  • ޖިނާއީ ޙުކުމެއް ތަންފީޒުކުރަމުންދާ މީހެއްކަމުގައި ނުވުން އަދި އެފަދަ ހުކުމެއް ތަންފީޒުކުރިތާ 01 އަހަރު ވެފައިވާ މީހަކުކަމުގައި ވުން.

 

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ނަމްބަރ 6527174 ފޯނަށް ގުޅުއްވުން އެދެމެވެ.

21 ޖުލައި 2019
ހޯދާ