ދިވެހިރާއްޖޭގެ ބާ ކައުންސިލު
ދިވެހިރާއްޖެ
ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ޤާނޫނީ ވަކީލަކު ހޮވުމަށް ބާއްވާ އިންތިޚާބު 2019 - މާލެ ފިޔަވައި އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް ހުށަހަޅާ ފޯމު ބަލައިގަތުން

ދިވެހިރާއްޖޭގެ ބާ ކައުންސިލް

މާލެ، ދިވެހިރާއްޖެ.      

އިޢުލާން

ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ޤާނޫނީ ވަކީލަކު ހޮވުމަށް ބާއްވާ އިންތިޚާބު 2019

މާލެ ފިޔަވައި އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް ހުށަހަޅާ ފޯމު ބަލައިގަތުން

 

2019  ޖުލައި 27  ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ޤާނޫނީ ވަކީލަކު ހޮވުމަށް ބާއްވާ އިންތިޚާބަށް ރަޖިސްޓަރީވުމުގެ ފުރުޞަތު 2019 ޖުލައި 23 ވާ އަންގާރަ ދުވަހުގެ ނިޔަލަށް ހުޅުވާލައިފީމެވެ. މިމުއްދަތުގެ ތެރޭގައި ރަޖިސްޓަރީވުމަށް އެދި ހުށަހަޅާނީ މާލެ ފިޔަވައި އެހެން ތަނަކަށް ވޯޓުލުމަށްޓަކައި ރަޖިސްޓަރީވާން އެދޭ ފަރާތްތައް އެކަންޏެވެ. މިހާރު ރަޖިސްޓަރީ ވެފައިވާ ތަނަކީ މާލެއެވެ.

ރަޖިސްޓަރީ ވުމަށް އެދި ހުށަހަޅާނީ " ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ޤާނޫނީ ވަކީލަކު ހޮވުމަށް ބާއްވާ އިންތިޚާބު 2019 ގައި މާލެ ފިޔަވައި އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް އެދޭ ފޯމު" އިންނެވެ. މި ފޯމު ދޫކުރުމާއި ބަލައިގަތުމުގެ އިންތިޒާމު ހަމަޖެހިފައިވަނީ، ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ޤާނޫނީ ވަކީލަކު ހޮވުމަށް ބާއްވާ އިންތިޚާބުގެ ކަންތައް ބެލެހެއްޓުމަށް ޤާއިމުކޮށްފައިވާ މަރުކަޒު (ބައު ޖަމާލުއްދީން، ނިކަގަސްމަގު، މާލެ) އިންނެވެ. މިފޯމު އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓް (www.elections.gov.mv)  އިން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ. އަދި މި ފޯމު ވައިބަރ (7470028) މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ.

ރަޖިސްޓަރީ ކުރުން އޮންނާނީ 2019 ޖުލައި 23 ވާ އަންގާރަ ދުވަހުގެ ނިޔަލަށް، ކޮންމެ ދުވަހަކު ހެނދުނު 09:00 އިން ހަވީރު 05:00 އަށެވެ.

މިހެންވެ، މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

17  ޛުލްގައިދާ 1440

 20  ޖުލައި  2019 

20 ޖުލައި 2019
ހޯދާ